އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާކުރުމުގެ އަދަބުތަކުގެ ތެރެއިން ޤިބްލައަށް ކުރިމަތިލުމާ ދުޢާކުރަން ދެ އަތް އުފުލަންވީގޮތް-

ދުޢާކުރުމުގެ އަދަބުތަކުގެ ތެރެއިން ޤިބްލައަށް ކުރިމަތިލުމާ ދުޢާކުރަން ދެ އަތް އުފުލަންވީގޮތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 0 ސިކުންތު

ގިބްލަ އަށް ކުރިމަތިލުން:  

عن عُمَرَ بْنِ الْخَطَّابِ رضي الله عنه قَالَ : لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاثُ مِائَةٍ وَتِسْعَةَ عَشَرَ رَجُلا ، فَاسْتَقْبَلَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ : ( اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي ، اللَّهُمَّ آتِ مَا وَعَدْتَنِي ، اللَّهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الإِسْلامِ لا تُعْبَدْ فِي الأَرْضِ ) فَمَا زَالَ يَهْتِفُ بِرَبِّهِ مَادًّا يَدَيْهِ مُسْتَقْبِلَ الْقِبْلَةِ حَتَّى سَقَطَ رِدَاؤُهُ عَنْ مَنْكِبَيْهِ)،  

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަލްޚައްޠާބް ގެ ފަރާތުން ރިވާވެގެންވެއެވެ. "ބަދުރު ހަނގުރާމައިގެ ދުވަހު މުޝްރިކުންގެ ލަޝްކަރު އެއްހާހެވެ. އަދި އަޞްޙާބުންގެ ޢަދަދު ތިންސަތޭކަ ނަވާރައެވެ. މިތަން ފެނިވަޑައިގެން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގިބްލަ އަށް ކުރިމަތިލައްވާ، ދެއަތް މައްޗަށް ނަންގަވާ ދުޢާ ކުރައްވަން ފެއްޓެވިއެވެ. " ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އިބަ ﷲ ވަޢުދުވެލެއްވި ކަންތައްތައް ފުރިހަމަ ކޮށް ދެއްވާފާންދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މުސްލިމުންގެ މި މަދު މީސްކޮޅު ހަލާކުވެގެން ހިނގައްޖެނަމަ މި ބިންމަތީގައި އިބަ ﷲ އަށް އަޅުކަމެއް ނުކުރެވޭނެއެވެ" ގިބްލަ އަށް ކުރިމަތިލައްވާ ދެއަތް މައްޗަށް ނަންގަވައިގެން ދުޢާ ކުރައްވަމުން ގޮސް އެކަލޭގެފާނުގެ ކޮނޑުކޮޅުގައި އޮތް ރިދާ ވެއްޓުނެވެ".

އިމާމް ނަވަވީ- ރަޙިމަހުﷲ ވިދާޅުވިއެވެ. "މިއިން ދޭހަވަނީ ދުޢާ ކުރުމުގައި ގިބްލައަށް ކުރިމަތިލާ، ދެއަތް މައްޗަށް ނެގުމަކީ އެދެވިގެންވާ ކަމެއް ކަމެވެ".  

ދެއަތް މައްޗަށް ނަގައިގެން ދުޢާ ކުރުން:  

عَنْ سَلْمَانَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا)

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހަކީ ލަދުވެތި ދީލަތިވަންތަ އިލާހެވެ. އެކަލާނގެ އަޅުތަކުން ދެއަތް އުފުލާ ދުޢާ ކޮށްފިނަމަ ސުމަކުން ފޮނުވާލެއްވުމަށް އެކަލާނގެ ލަދުވެތިވެގަންނަވައެވެ". 

އަތްއުފުލުމުގައި ކަމަކަށް އެދި، ދަންނަވާ މީހެއްގެ ގޮތަށް، އަތުގެ ބަނޑުފުށް އުޑާވީދިމާލަށް ބަހައްޓާށެވެ. މާތް ﷲ ރުއްސުންލެއްވި މާލިކް ބިން ޔަސާރު ގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا سَأَلْتُمْ اللَّهَ فَاسْأَلُوهُ بِبُطُونِ أَكُفِّكُمْ وَلا تَسْأَلُوهُ بِظُهُورِهَا) 

މާނައަކީ: "ތިޔަބައިމީހުން މާތް ﷲ އަށް ދަންނަވާނަމަ، އަތުގެ ބަނޑުފުށުން ދަންނަވާށެވެ. އަތުގެ ބޭރުފުށުން ނުދަންނަވާށެވެ". 

ދުޢާ ކުރުމުގައި ދެއަތް ބަހައްޓާނީ ކައިރި ކައިރީގައެވެ. ދެއަތް ދުރުގައި ބެހެއްޓުމަކީ ސުންނަތުން ޘާބިތުވާ ގޮތެއް ނޫނެވެ.

  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް