އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު
ފުރިހަމަ މުސްލިމަކަށް ވެވޭނީ ނިޔަތާއި ޢަމަލުތައް ސީދާކޮށްގެންނެވެ. ދުލުން ބުނާ ބަސްތަކާއި ކުރާ ޢަމަލުތައް ދިމާކުރުވައިގެންނެވެ. ދެފުށް ދެގޮތްވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ މުނާފިޤުންގެ ސިފައެވެ.
އެއްވެސް މީހަކާއިމެދު ދެމޫނު ގެންގުޅުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. މިއީ ވަރަށް ބިރުހުރި ކަމެކެވެ. އަހަރެމްނެ ވާންޖެހޭނީ އެބާވަތުގެ ނުބައި ސިފަތަކުން ސަލާމަތްވެގެން ތިބޭ ބައަކަށެވެ.
ﷲ ތަޢާލާގެ ކޯފާއަކީ ހަމައެކަނި ލޮލަށް ފެންނަ ނުވަތަ އިޙްޞާޞްކުރެވޭ ބޮޑެތި މުޞީބާތްތަކެއް ނޫނެވެ. އެންމެ ބޮޑު ކޯފާއަކަށްވާނީ ޙައްޤު މަގު ފެނުމުން މަޙްރޫމްވެފައިވާ މީހަކު ކަމުގައި ލެއްވެވުމެވެ. އެހެނީ އެއިރުން ދުނިޔޭގައި އެމީހަކަށް އުފަލުގައި އުޅެވުނަސް އެމީހެއްގެ އާޚިރަތް ކގެއްލިގެންދިއައީއެވެ. އެއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ބޮޑު ހިތާމައެވެ.
ތިރީގައިވާ ޝައިޚް އަޙްމަދު ރިމާޒްގެ ބަސްފުޅަށް ވިސްނައިލާށެވެ!
"އެމީހެއްގެ އަޚާގެ މައްޗަށް ދުލުން ލޯތްބާއި އޯގާތެރިކަން ފާޅުކޮށް، ހިތުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން ފާޅުކުރާމީހަކަށް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނެއެވެ. އަދި އެމީހަކީ ބީރު އަނދިރި މީހެއްގެ ގޮތުގައި ލައްވާނެއެވެ"
(އެބަހީ ޙައްޤެއް އަޑެއްނީވޭ، ޙައްޤެއް ނުފެންނަ މީހެއްގެ ގޮތުގައި އެމީހަކު ލައްވާނެއެވެ)". (الفضيل بن عياض)
- ޝައިޚް އަޙްމަދު ރިމާޒް
Advertisement
4 މެއި 2025