އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 9 ސިކުންތު
މާމުޔާއިބެހޭ ގޮތުން ވަރަށް ގިނަ ލިޔުންތަކެއް މިހާރުވެސް ވާނީ ޝާއިޢު ކުރެވިފައެވެ. އެއިގެ ބޭނުމަކީ ބަލިތަކުން ސަލާމަތްވެހުރުމަށާއި އަދި ޝިފާ ހޯދަން މަސައްކަތްކުރާއިރު މާމުއިން ލިބޭ ފައިދާތައް އަންގައިދިނުމެވެ. ސުންނަތުން ޘާބިތުވާން ހުރި ކަންކަމަށް ހޭލުންތެރިކުރުވުމެވެ.
ތިޜީގައިވާ ލިޔުމުގައިވެސް މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިމެނިފައިވާނެއެވެ. އިން ޝާ ﷲ
"ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްހާމު ކުރައްވައިއެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި، މީހުންހަދައިދޭ ބިނާތަކުގައި، ހަތާހަދައި އުޅޭށެވެ. ދެން ތިޔަ ކުޅަނދުރު، ހުރިހާމޭވާތަކުން ކައިއުޅޭށެވެ! ފަހެ، ތިޔަ ކުޅަނދުރުގެ ވެރިރަސްކަލާނގެ،ފަސޭހަކޮށް ދެއްވާފައިވާ މަގުތަކުން ހިނގާށެވެ! އެތަކެތީގެ ބަނޑުންކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެބަހީ: މާމުއީގައި) މީސްތަކުންނަށް ބަލިފަސޭހަވުން ވެއެވެ. ހަމަކަށަވަރުން،ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ".
މަތީގައި ބަޔާންކުރެވިފައިވާ ކީރިތި ޤުރްޢާނުގެ އާޔަތުގައިވާ ގޮތުންމާމުއީގައި “މީސްތަކުންނަށް ބަލިފަސޭހަވުންވެއެވެ.” މީގެ 1400 އަހަރުކުރިންބާވައިލެވުނު ކީރިތި ޤުރުޢާނުގައި އެވަނީ ޙަޤީޤަތެއްކަން ސައިންސްގެއަލީގައިވަނީ ސާބިތުވެފައެވެ. މާމުޔަކީ އެކިއެކި ބަލިތަކަށް ފަރުވާއެއްކަމަށް ހުޅަނގުގެ އެތަކެއް ޑޮކްޓަރުންނާއި ސައިންސްވެރިންނެއްއެއްބަސްވެއެވެ.
ތިރްމިޛީ ރިވާކުރެއްވި ރަސޫލާ ޞައްލަﷲ ޢަލައިހި ވަޞައްލަމްގެޙަދީޘްފުޅެއްގެ މާނައިގައިވެއެވެ."ދެ ފަރުވާއެއްގެ ބޭނުން ހިފާށެވެ. އެއީމާމުޔާއި ޤުރްޢާނެވެ."
މާމުއީގައި ގްލުކޯސްއާއި ފްރުކްޓޯސްފަދަ ހަކުރުގެ ބާވަތްތައްހިމެނެއެވެ. އަދި މެގްނީސިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ސޯޑިއަމްކްލޮރައިން، ސަލްފަރ، އަޔަން، އަދި ފޮސްފޭޓް ފަދަ މިނެރަލްސް އެކުލެވެއެވެ. އަދި ވިޓަމިންގެ އެކި ބާވަތްތައްވެސް ހިމެނެއެވެ.
ތިރީގައި މިވަނީ މާމުއިން ލިބިދޭ ބައެއް ފައިދާތަކެވެ.
- މާމުޔަކީ ފަސޭހައިން ހަޖަމްވާ އެއްޗެކެވެ.
- މާމުއިގައި އެކުލެވިގެންވާ ކެލޮރީގެ ޢަދަދު، ހަކުރުގައިއެކުލެވިގެންވާ ކެލޮރީގެ ޢަދަދަށްވުރެ 40% ދަށެވެ. ނަމަވެސް ހަށިގަނޑުގެބަރުދަން އިތުރުނުވި ކަމުގައި ވިޔަސް ފުރިހަމައަށް ހަކަތަ ލިއްބައިދެއެވެ.
- ލޭ އުފެދުމަށާއި ލޭ ސާފުވުމަށް މާމުއި އެހީވެދެއެވެ.
މާމުއިން ލިބިދޭ ފަރުވާތައް:
- ފެނަށް މާމުއި އަޅައިގެން ބުއިމަކީ ކުޅިވަރުކުޅޭ މީހުންނަށާއިގިނަވަގުތު މަސައްކަތުގައި ހޭދަކުރާ މީހުންނަށް ވަރަށް ރަނގަޅު ބުއިމެކެވެ. މިބުއިމުން ގެއްލިފައިވާ ހަކަތަ ވަރަށްއަވަހަށް އަނބުރާ ލިބިދެއެވެ.
- ލުނބޯ ހުތަށް މާމުއި އެއްކޮށް ކުޑަކޮށް ހޫނު ކޮށްގެން ބުއިމަކީ ކަރުގައި ރިއްސުމަށް ރަނގަޅު ފަރުވާއެކެވެ.
- ކޮންމެ ދުވަހަކު ހެނދުނު ސައި ބުއިމުގެ ކުރިން ލުނބޯހުތް އަޅާފައިވާމާމުއިގެ އެއް މޭޒުމަތީ ސަމުސާ ބުއިމުން ބަރުދަން ލުއިވުމަށް އެހީވެދެއެވެ.
- ހަށިގަނޑުގެ ތަނެއް ފިހިއްޖެނަމަ ވަގުތުން އެތަނެއްގައި މާމުއިއުނގުޅުމުން ފޮޅުލުމުން ދުރުކޮށްދެއެވެ. އަދި ދިލަނެގުން ކުޑަކޮށްދެއެވެ.
މިލިޔުމުގައި ބަޔާން ކޮށްފައި މިވަނީ މާމުއިން ލިބިދޭ ބައެއް ފައިދާތަކެވެ. މިނޫނަސް އެތަކެއް ފައިދާ ތަކެއް މާމުއިން ލިބިދެއެވެ.والله أعلم
(މިއީ މާމުއާއި އޭގެ ފައިދާ އާއި ބެހޭ ގޮތުން ދިއިސްލާމް އިން ނެގިފައިވާ ލިޔުމެކެވެ. )
Advertisement
4 މެއި 2025