އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު
ބައެއް ޙާލަތްތަކުގައި ކުރު މުއްދަތެއްގައި މަރުވާނެ ކަމަށް ޑޮކްޓަރުން ބަލިމީހުންގެ ގާތުގައި އެބަ ބުނެއެވެ. އެހާލަތުގައި އޮތީ ކައިވެނި ނުކޮށް ހުރުންތޯއެވެ؟
ޖަވާބަކީ: ފުރަތަމަ ކަމަކީ އެއްވެސް މީހަކު މަރުވާނެ ދުވަހެއް އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! ބަލިން ޝިފާ ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނާ އެތައް ބައަކަށް ﷲ ތަޢާލާ ޝިފާ ދެއްވަވައެވެ. އަދި ދާދިއަވަހަށް މަރުވާނެ ކަމަށް ބުނާ ޑޮކްޓަރު މާކުރިން އެބަމަރުވެއެވެ.
ތިބާގެ ކިބައިގައި ބައްޔެއް ހުރިނަމަވެސް ކައިވެނިކޮށްގެން ދިރިއުޅުމުގެ ކުޅަދާނަކަން ތިބާގެ ކިބައިގައި ހުރިނަމަ އަވަހަށް ކައިވެނިކުރާށެވެ! ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށް އެދި ދުޢާކުރާށެވެ! އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައިލުމެއް ނުވެއެވެ. ދެމަފިރިން އެކުގައިކުރާ ދުޢާއަކީވެސް ޝިފާ ދެއްވަވާ ސަބަބެއްކަމުގައިވުމަށް އެދޭށެވެ!
ނަމަވެސް އަނެކާއަށް ބަލި ސިއްރުނުކުރާށެވެ! ކައިވެނިކުރަންވާނީ ތިބާގެ ޙާލަތު ޤަބޫލުކޮށް ކައިވެނިކުރަން ބޭނުންވާ މީހަކު ލިބިއްޖެނަމައެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
4 މެއި 2025