އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސާނުންނަށް އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ސިޔާސަތު އޮތީ އިސްލާމް ދީނުގަ-

އިންސާނުންނަށް އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ސިޔާސަތު އޮތީ އިސްލާމް ދީނުގަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 14 މިނެޓް, 28 ސިކުންތު

ސިޔާސަތުގެ މާނައަށް ބަލައިފިނަމަ އެއީ އިންސާނުން އުޅެން އޮތް ގޮތެވެ. ވީމާ ިންސާނުންނަށް އެންމެ ފައިދާކުރާނެ އެންމެ މަތިވެރި ސިޔާސަތު އޮތީ އިސްލާމް ދީނުގައެވެ. މިއީ މުސްލިމުން ނޫން މީހުންވެސް ޤަބޫލުކުރާ ކަމެކެވެ. މުސްލިމުން ހިފަހައްޓަންޖެހޭ ސިޔާސަތުތަކުގައި ހިފަހައްޓައިގެން މުސްލިމުން މުސްލިމުންގެ ގޮތުގައި ތިބިނަމަ މުސްލިމުން ބަލިނުކުރެވޭނެކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ.  

އެހެންވެ އިސްލާމް ދީނުގެ ސިޔާސަތުތައް ބަދަލުކުރަން އަބަދުވެސް އެގެންދަނީ މަސައްކަތްކުރަމުންނެވެ. ވީމާ ކަމުގެ ޙަޤީޤަތް އެނގުމަށްޓަކައި ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުން އެދެމެވެ.   

ޝައްކެތް ނެތް ގޮތުގައި އިސްލާމްދީނަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަލިއަޅުއްވާލައްވާފައިވާ ޝާމިލުމަންހަޖެކެވެ. ކީރިތި ގުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  

(وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ) ސޫރަތުލް މާއިދާ 48، 

މާނައަކީ: "އަދި ތިމަންރަސްކަލާނގެ حق ގޮތުގައި ކަލޭގެފާނަށް ފޮތްބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތިތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްކަމުގައެވެ."

އަދިވެސް ﷲ ވަޙީ ކުރައްވައެވެ. (ادْخُلُوا فِي السِّلْمِ كَافَّةً) ސޫރަތުލް ބަގަރާ 208، މާނައަކީ: "ތިޔަބައިމީހުންއެންމެން إسلام دينއަށް ކިޔަމަންވުމުގެ ތެރެއަށް ވަންނާށެވެ!" މި އާޔަތުގެމުރާދަކީ ތިޔަބައިމީހުން އިސްލާމްދީނުގެ ހުރިހާ ޙުކުމްތަކެއް ގަބޫލުކުރާށެވެ. ހަމައެކަނި އިޖްތިމާޢީ ކަންތައް ތަކުގައި ހިފާފައި، އެއީ ދީނީކަމެއްކަމަށް ބަލާފައި ސިޔާސީ ކަންތައް ދޫކޮށް ނުލާށެވެ. ނުވަތަ ސިޔާސީކަންތަކުގައި ހިފާފައި އިގްތިޞާދީ ކަންތައް ހަނދާންނައްތާ ނުލާށެވެ. ހުރިހާކަމެއްގައިވެސް އިސްލާމްދީނުގައި އައިސްފައިވާ ގޮތަށް ކަންތައް ކުރާށެވެ. ކީރިތި ގުރްއާނަށް ނަޡަރު ހިންގާލައިފިނަމަ ފެނިގެންދާނީ މިހުރިހާކަންތަކެއް ޝާމިލުވާ ފޮތެއްގެ ގޮތުގައެވެ. މިޘާލަކަށް ބުނާނަމަ: ގުރްއާނުގައި އިގްތިޞާދާއި ބެހޭ ވާހަކަވެސް އައިސްފައިވެއެވެ. (لَا تَأْكُلُوا الرِّ‌بَا أَضْعَافًا مُّضَاعَفَةً) ސޫރަތު އާލުޢިމްރާން: 130. މާނައަކީ: "ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން رِباނުކާށެވެ!"

އަދިވެސް އައިސްފައިވެއެވެ، (يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَذَرُ‌وا مَا بَقِيَ مِنَ الرِّ‌بَا إِن كُنتُم مُّؤْمِنِينَ ) ސޫރަތުލް ބަގަރާ: 278، މާނައަކީ: "އޭ إيمانވެއްޖެމީސްތަކުންނޭވެ! ﷲ އަށް ތިޔަބައިމީހުން تقوىވެރިވާށެވެ! އަދި،ތިޔަބައިމީހުން مؤمنން ކަމުގައިވާނަމަ، رِباގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!"

އަދިވެސް އައިސްފައިވެއެވެ، (وَأَحَلَّ اللَّـهُ الْبَيْعَ وَحَرَّ‌مَ الرِّ‌بَا)ސޫރަތުލް ބަގަރާ: 275. މާނައަކީ: "ވިޔަފާރި ކުރުންވަނީ، ﷲ ހުއްދަކުރައްވާފައެވެ. އަދި، رِباވަނީ حرامކުރައްވާފައެވެ."

އަދިވެސްއައިސްފައިވެއެވެ. (إِذَا تَدَايَنتُم بِدَيْنٍ إِلَىٰ أَجَلٍ مُّسَمًّى فَاكْتُبُوهُ) މާނައަކީ: "ކަނޑައެޅި އެނގިގެންވާ مدةއަކަށް،ތިޔަބައިމީހުން ދަރަންޏެއްގެ معاملة އެއް ކޮށްފިނަމަ، ފަހެ، އެ ދަރަންޏެއްތިޔަބައިމީހުން ލިޔާށެވެ!"

އިގްތިޞާދީ ކަންކަމުގައި ވަރަށްތަފްޞީލުކޮށް މިވަނީ ޙުކުމްތައް ބަޔާން ކުރައްވާފައެވެ. އިޖްތިމާޢީކަންތައްތަކަށް ބަލާއިރު އެކަމުގެ ޙުކުމްތައްވެސް މާތް ﷲ ކީރިތިގުރްއާނުގައި ވަނީ ބަޔާން ކުރައްވާފައެވެ. (فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَ‌هُ) ސޫރަތުލް ބަގަރާ: 230، މާނައަކީ: "ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ،އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކާވެނިކޮށްފުމަށް ދާނދެންއޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ حلالއެއްނުވާނެތެވެ."

އަދިވެސް އައިސްފައިވެއެވެ. (وَأَن تَجْمَعُوا بَيْنَ الْأُخْتَيْنِ إِلَّا مَا قَدْ سَلَفَ) ސޫރަތުއް ނިސާ: 23، މާނައަކީ: "އަދި، ވޭތުވެދިޔަ ޒަމާނުގައި މެނުވީ ދެ أختން ދެމެދު އެއްކުރުން (އެބަހީ: އެއްފަހަރާ ދެ أختންނާ އިނުން) ވެސް حرامކުރެއްވިއެވެ."

އަދިވެސް އައިސްފައިވެއެވެ. (فَانكِحُوا مَا طَابَ لَكُم مِّنَ النِّسَاءِ مَثْنَىٰ وَثُلَاثَ وَرُ‌بَاعَ) މާނައަކީ: "އަންހެނުންގެ ތެރެއިން، ތިޔަބައިމީހުންހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުންނާއެވެ."

ހަނގުރާމަ އާއި ޞުލްޙައިގެވަގުތުތަކުގެ ކަންތައް ކުރަންވީ ގޮތްވެސް ކީރިތި ގުރްއާނުގައި ބަޔާންކުރައްވާފައިވެއެވެ. (وَإِن جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّـهِ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ)ސޫރަތުލް އަންފާލް: 61، މާނައަކީ: "އަދި صلحއިގެ ފަރާތަށް އެއުރެންލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް قبولކުރައްވައި) އެފަރާތަށްލެނބިވަޑައިގަންނަވާށެވެ! އަދި ﷲ އަށް وكيلކުރައްވާށެވެ! ހަމަކަށަވަރުން،އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާރަސްކަލާނގެއެވެ."

އަދިވެސް އައިސްފައިވެއެވެ، (وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَانبِذْ إِلَيْهِمْ عَلَىٰ سَوَاءٍ ۚ إِنَّ اللَّـهَ لَا يُحِبُّ الْخَائِنِينَ) ސޫރަތުލް އަންފާލް: 58، މާނައަކީ: "ބަޔަކުމީހުންގެ ކިބައިން خيانة ތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނުބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ معاهدةއެއް) އެބަޔަކުގެމައްޗަށް އަނބުރާ ރައްދުކުރައްވާށެވެ! ހަމަހަމަވާގޮތުގެ މަތިންނެވެ. ހަމަކަށަވަރުން، خيانةތެރިންދެކެﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ."

މިއާޔަތްތަކުގައި މިވަނީ ސިޔާސީ ގޮތުން ހަނގުރާމައިގެ ޙާލަތްތަކުގައްޔާއިޞުލްޙައިގެ ވަގުތު ތަކުގައި ކަންތައް ކުރާނެ ގޮތް ބަޔާން ކުރައްވާފައެވެ.

ރަސޫލާصلى الله عليه وسلمގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ވެވަޑައިގެންފައިވަނީދީނީ ކަންތައްތަކާއި ސިޔާސީ ކަންތައްތަކާއި އިޖްތިމާޢީ ކަންތައްތައް އަދިއެނޫންވެސް ކަންތައްތަކުގައި އިސްކޮޅު އުޅުއްވި ބޭކަލަކަށެވެ. ސިޔާސީމައްސަލަ އެއްގައި ކީރިތި ރަސޫލާ صلى الله عليه وسلمއާއިސުވާލުވެވިއްޖެނަމަ ތިޔައީ ސިޔާސީ މައްސަލަ އެކޭ ކިޔާ ދޫކޮށެއްނުލައްވައެވެ. އަދިކިއެއްތަ، ސިޔާސީ ވާހަކަ ދައްކަވާ ހައްދަވައެވެ.

އަބޫބަކުރު، ޢުމަރު، ޢުޘްމާން، ޢަލީވެސް ހަމައެފަދަ އެވެ. އެބޭފުޅުންމިހުރިހާ ކަމެއްގައިވެސް އުޅުއްވިއެވެ. ސިޔާސީ މީހަކު ދީނާއި ގުޅޭ ގޮތުންރަގަޅު ވާހަކަ ދައްކައިފިނަމަ، އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. މެޑިކަލްޑޮކްޓަރަކު ދީނުގެ ވާހަކަ ދެއްކުމަކުން އެކަމާ އިންކާރެއް ނުކުރެވޭނެއެވެ. އޭނާ ދެއްކި ވާހަކަ ޞައްޙަ ހާ ހިނދަކުއެވެ. އިންޖިނޭރަކުވެސް ދީނުގެޞައްޙަ މަޢުލޫމާތު ލިބިގެން ދީނީ ވާހަކަ ދައްކައިފިނަމަ އެކަމަކާއިންކާރެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ދީނީ ޢިލްމުވެރިޔަކުވެސް ރަގަޅުމަޢުލޫމާތު ލިބިހުރެ މެޑިކަލް މައްސަލަ އެއްގައި ވާހަކަ ދައްކައިފިނަމައެކަމަކީ ގޯސް ކަމެކޭ ނުބުނެވޭނެއެވެ. އަދި އިންޖިނޭރިންގް ގެކަމެއްގައިވެސް، ޞައްޙަ މަޢްލޫމާތު ލިބިގެން ވާހަކަ ދެއްކުމުން އެކަމާއިންކާރެއް ނުކުރެވޭނެއެވެ. އަދި ސިޔާސީ ކަމެއްގައި ޞައްޙަ މަޢްލޫމާތުގެއަލީގައި ވާހަކަ ދެއްކުމުން އެކަމާ އިންކާރެއް ނުކުރެވޭނެއެވެ.والله أعلم.

މިއީ ސައޫދީގެ ޢިލްމުވެރިއެއްކަމަށްވާ އައްޝައިޚް މުޙައްމަދު ބިންޢަބްދުއްރަޙްމާން އަލްޢަރީފީ ދީނާއި ސިޔާސަތު ވަކި ކޮށްލުމުގެ ފިކުރުގެނުރައްކާތެރިކަން ހާމަކޮށްދެއްވުމުގެގޮތުން ދެއްވާފައިވާ ވަރަށް އަގުހުރިނަޞޭޙަތް ކޮޅެކެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް



 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް