އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިރުއަޢުނަށް ޖެހުނު ޙާލުން ޙާޞިލުކުރަންޖެހޭ ޢިބްރަތް-

ފިރުއަޢުނަށް ޖެހުނު ޙާލުން ޙާޞިލުކުރަންޖެހޭ ޢިބްރަތް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ﷲ ތަޢާލާ އިންސާނުންނަށް ދެއްވަވާފައިވާ އެންމެ ބޮޑު ނިޢުމަތަކީ ވިސްނައި ފިކުރުކުރުމުގެ ބާރެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަދެވެން އޮތީވެސް ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ހިފި މީހަކަށެވެ. ނަމަވެސް ބުއްދީގެ ބޭނުން ހިފޭމިންވަރާއިމެދު މިއަދު މިވަނީ ވިސްނާލަން ޖެހިފައެވެ.

ކަހީނުން ދިން ލަފައާއި ގުޅިގެން ފިރުއައުނަށް އޭނާގެ ވެރިކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދުމުން ބަނީ އިސްރާއީލު ވަންހައިން އުފަންވި 90000 ކުޑަކުދިން، އެކުދިން ދުނިޔޭގެ އަލިކަން ދެކޭ ވަގުތު މަރައިލި ކަމަށް ބުނެވެއެވެ. މީގެ އިތުރުން ޖަލުތަކުގައާއި އެހެންވެސް ގޮތްގޮތުން މަރާފައިވަނީ ކިތައް ހާސް މީހުންކަން އެނގޭނެ އެއްވެސް ގޮތެއްވެސް ނެތެވެ.

ފިރުއައުނަކީ އެތައް އަހަރެއް ވަންދެން ތިމާ ނޫން ކަލަކު ނުވާ ކަމަށް ބުނެ ތިމާއަކީ ކަލެއް ކަމަށް ދައުވާކުރަމުން އައި މީހެކެވެ. އެވަރުގެ ޖައްބާރު ފިރުއައުނުވެސް ދުނިޔެއަކީ އެއްވެސް އަގެއް ނެތް ތަނެއް ކަމާއި އެނބުރި ދާންޖެހޭނީ ﷲ ތައާލާގެ މަތިވެރި ހަޟްރަތަށް ކަމުގައި ޤަބޫލުކުރިއެވެ. ނަމަވެސް އެއްވެސް ނަތީޖާއެއް ނުނުކުމެ ކަނޑަށް ޣަރަޤުވެގެންދިއައީ އެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ ބުއްދީގެ ބޭނުންކުރަން ޖެހޭ ވަގުތު ފާއިތުވެގެން ދިއުމުންނެވެ. ﷲ ތައާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އެކަމަށް ހެކިވެ ﷲ ތަޢާލާއަށް އަޅުކަންކުރަން ދެއްވެވި ފުރުޞަތު ފާއިތުވެގެން ދިއުމުންނެވެ.

ޔަހޫދީންނަށްވެސް މިއަދު ޖެހިގެން މިއުޅެނީ ހަމަ ފިރުއަޢުނަށްވެސް ޖެހުނު ފަދަ މުޞީބާތެކެވެ! މުސްލިމުންނަށް މިއަދު ކުރަމުން އެގެންދާ އަނިޔާތަކުގެ ރަހަ އެމީހުން ދެކޭނެއެވެ. ނިކަމެތިކުރައްވަވާނެތެވެ! މުސްލިމުންނަށް ނަޞްރު ދެއްވަވާނެތެވެ! އިން ޝާ ﷲ

ޔަހޫދީން އެމީހުންގެ ވެރިކަން ދެމެހެއްޓުމަށާއި ބިންބޮޑުކުރަން މިހާރު ދެމުން ގެންދާ ހަމަލާތަކަށް ބަލައިފިނަމަ ޝަހީދުކުރާ ކޮންމެ 3 މީހަކުން އެކަކީ ކުޑަކުއްޖެކެވެ. މިއީ ނަސްލު ނައްތާލަން ދެމުން ގެންދާ ޙަމަލާތަކެއްކަން މިކަމުންވެސް ޔަޤީންކުރެވެއެވެ.

ޔަހޫދީންނަކީވެސް ފޮތުގެ އަހުލުވެރިންނެވެ. ފިރުއަޢުނު ކަންކަން ކުރިގޮތާއި އޭނާއަށް ޖެއްސެވި ޙާލު އެމީހުންނަށްވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. އެނގިތިބެވެސް އެކަން ޤަބޫލުނުކުރެވޭކަން އެއީ އެމީހުންގެ ޖާހިލުކަން ބޮޑުކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް