އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ކެތްތެރިނުވޭވަރަށް ކަންބޮޑުވެގެން އުޅެން ނުޖެހުމަށް ޤަބޫލުކުރަން ޙަދީޘްފުޅުން ޔަޤީން 3 ކަންތައް-

ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ކެތްތެރިނުވޭވަރަށް ކަންބޮޑުވެގެން އުޅެން ނުޖެހުމަށް ޤަބޫލުކުރަން ޙަދީޘްފުޅުން ޔަޤީން 3 ކަންތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ދުނިޔޭގައި އުޅޭހައި ދުވަހަކު ކަންބޮޑުވުންތައް ކުރިމަތިވާނެ ކަމަށާއި ވޭނުގައި އުޅެން ޖެހޭނެކަމަށާއި އަދި އަހަރެމެންނަށް އޮތީ އެކަންކަމާއިއެކުގައިވެސް ހިތްވަރުކޮށްފައި ދުނިޔޭގައި އުޅުމަށް ހިތްވަރު ލިބިގަތުން ކަމަށް އަބަދުވެސް ބުނަމެވެ. އެކަމަކުވެސް ކޮންމެ ދުވަހަކުހެން އަޑުއިވެނީ ކޮންމެވެސް މީހަކު ނުވަތަ ބައަކު ކޮންމެވެސް ކަމަކާއިހުރެ ހިތްދަތިވެ އެކަމަށް ކަންބޮޑުވުމުގެ ތެރެއިން އޭނާގެ އަތުންފައިން މިވެނި އެވެނި ގޯސްތަކެއް ހެދި ވާހަކައެވެ. 

ޙަދީޘްފުޅުގައިވަނީ މި 3 ކަންތައް މީހަކު ޤަބޫލުކޮށްފިނަމަ އެމީހަކަށް އީމާންކަމުގެ ރަހަ ލިބިގެންދާނެ ކަމަށެވެ. އެ ރަހަ ލިބުމުން އެމީހަކު ހުންނާނީ ބާއްޖަވެރި މީހެއްގެ ގޮތުގައެވެ. އެހިސާބުން އެމީހެއްގެ ޙަޔާތުގައި ދިމާވާ ދަތި އުނދަގޫތަކުގެ ސަބަބުން އެމީހަކަށް ހަމަޖެހުން ގެއްލިގެނެއް ނުދާނެއެވެ. މިޒަމާނުގައި މިކިޔާ ޓެންޝަނާ، ޑިޕްރެޝަނަކަށް ނުވެއްޓޭނެއެވެ. 

އީމާންކަމުގެ ރަހަ ލިބޭނެ 3 ކަމެއް ރަސޫލް () ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ޙަދީޘްފުޅުގައި ވަނީ: 

"3 ކަމެއް މީހަކު ޤަބޫލުކޮށްފިނަމަ އެމީހަކަށް އީމާންކަމުގެ ރަހަ ލިބޭނެއެވެ. 

1- ކާއިނާތުގެ މިލްކުވެރިފަރާތަކީ ހައްދަވައި ގެންގުޅުއްވަވާ އިލާހުކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށް ކަށަވަރުކުރުން. 

2- ދިރިއުޅުމަށް އެންމެ މަތިވެރި ނިޒާމަކީ 7 އުޑުމަތިން ﷲ ތަޢަލާ ބާވައިލައްވަވާފައިވާ ނިޒާމްކަން ހިތުގެ އަޑިން ޤަބޫލުކުރުން. 

3- ބާއްޖަވެރިކަން ލިބުން ވަނީ މިއުންމަތުގެ ނަބިއްޔާ މުޙައްމަދު () އަށް ތަބަޢަވުމުން ކަމަށް ހިތުގެ އަޑިން ޤަބޫލުކުރުން." 

ވީމާ ހާސްވުމާއި ކަންބޮޑުވުމާއި މިފަދަ ހުރިހާ މައްސަލަތަކެއް ޙައްލުކުރަން އޮތް ފަރުވާ ހަމައެކަނި މިޙަދީޘްފުޅުންވެސް މިދަނީ އެނގިގެންނެވެ. މަސައްކަތް ކުރަންވީ އީމާންކަމުގެ ރަހަ އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭ މީހުންގެތެރެއިންވުމަށެވެ. އެއިރުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދާނެއެވެ. 

މިބަހުގެ މާނައަކީ ކަމެއް ދިމާވިނަމަވެސް ގޮތްހުސްވެ ހަތަރު އުދަރެސް ފެނުޖެހިގެން އުޅެން ނުޖެހޭނެވާހަކައެވެ. މައްސަލައާއިއެކުވެސް ހިތްހަމަޖެހިލައިގެން ޘާބިތުކަންމަތީގައި ހުރެވޭނެކަމެވެ. ނަފްސާނީ ބަލީގެ ބާރުގަދަ ބޭސްތައް ނުކައި ނިދައިލެވޭނެ ކަމެވެ. ހިތްހަމަޖެހިލައިގެން ދުނިޔޭގައި އުޅެލެވޭނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް