އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް" މަޝްރޫޢު މަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއް: ގަވަރުނަރު

"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް" މަޝްރޫޢު މަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއް: ގަވަރުނަރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

"މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް" މަޝްރޫޢު މަޝްރޫޢަކީ ރާއްޖޭގެ މާލީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދާނެ މަޝްރޫޢެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނީޝިއޭޓިވް (މިސްފީ) އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ މި މަޝްރޫޢަކީ އެމްއެމްއޭގެ 2025 އިން 2027 އަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް އައު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއކުރެއްވިއެވެ.

"މި މަޝްރޫޢަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރު ހަރުފަތަކަށް ޖައްސައި، ރާއްޖެއަކީ އިސްލާމިކް ފައިނޭންސިންގގެ ހަބެއްގެ ގޮތުގައި ސަރަޙައްދީ ފެންވަރުގައި ތަރައްޤީކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން ޤައުމުގެ އިޖުތިމާޢީ ހަމަހަމަކަމާއި އެންމެންގެ އިޤްތިޞާދީ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށްވެސް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ. "މި މަޝްރޫޢާއެކު އިޖުތިމާޢީ ހަމަހަމަކަން ޤާއިމްކުރެވި، އިޤްތިޞާދީ ބައިވެރިވުމާއި އިސްލާމިކް ފައިނޭންސްގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ޤައުމުގައި އިންސާފު ޤާއިމުކުރުމާއި، ހަމަހަމަކަމާއި އަދި އެންމެންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށްވެސް ގަވަރުނަރު މުނައްވަރު ފާހަގަކުރެއކުރެއްވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު