އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ބޮޑު ފަޤީރަކަސް އުޑުތަކުގަ އެންމެ މަޝްހޫރު މީހަކަށްވުމުގެ ފުރުޞަތު އެބައޮތް! އިން ޝާ ﷲ: މުފްތީ މެންކް

ކިތަންމެ ބޮޑު ފަޤީރަކަސް އުޑުތަކުގަ އެންމެ މަޝްހޫރު މީހަކަށްވުމުގެ ފުރުޞަތު އެބައޮތް! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ކިރިޔާވެސް ތަނަވަސްކަމެއް ލިބިއްޖެނަމަ ގިނަބައަކު މަސައްކަތްކުރަނީ ދުނިޔޭގަ މަޝްހޫރު މީހަކަށް ވުމަށެވެ. އެންމެ އަގުބޮޑު ތަކެތި ހޯދައި އެންމެ ތަނަވަސް މީހާގެ ގޮތުގައި ދިރިއުޅުމަށެވެ. މަތީ މަޤާމުތައްވެސް ހޯދައި ދުނިޔޭގެ އެންމެންގެ ތާއީދުވެސް ހޯދާށެވެ. އެކަމަކު އެހުރިހާ ކަމެއް ޙާޞިލްވިޔަސް އޭނާޢަކީ އުޑުތަކުގައި މަޝްހޫރުކަން ލިބިގެންވާ މީހަކަށް ނުވެއްޖެނަމަ ކުރާނީ ކޮން ފައިޑާއެއް ހެއްޔެވެ؟  

މީސްތަކުންނޭވެ! ވިސްނާށެވެ! ޔޫނުސްގެފާނު އެބޮޑު ބިޔަ މަހުގެ ބަނޑުގައި އޮންނަވައިގެން ﷲ ތަޢާލާއަށް ދެންނެވި ދެންނެވުނަތަކުގެ އަޑު އުޑުތަކުގައި ތިއްބެވި މަލާއިކަތުންނަށް އިވިވަޑައިގެންނެވިއެވެ. އެއަޑުފުޅު އިވިވަޑައިގަތުމުން އެއީ ކުރިންވެސް އިވިވަޑައިގަންނަވާ އަޑުފުޅެއްކަން މަލާއިކަތުންނަށް އެނގިވަޑައިގެންނެވިއެވެ.  

މިވީ ކިހިނެއްހެއްޔެވެ؟ މިވީ ގޮތަކީ އެކަލޭގެފާނަކީ އަބަދުވެސް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ޢަމަލުތައް ކުރެއްވެވި ބޭކަލަކަށްވީކަމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވި ބޭކަލަކަށްވީކަމެވެ. ޛިކުރުކުރެއްވެވުން ގިނަ ބޭކަލަކަށްވެވަޑައިގެންނެވި ކަމެވެ. އެކަންކަމުގެ ސަބަބުން އުޑުތަކުގައި އެކަލޭގެފާނަކީ މަޝްހޫރުކަމާއި ތަޢްރީފް ލިބިވަޑައިގެންފައިވާ ބޭކަލަކަށްވެވަޑައިގެންފައިވާ ކަމެވެ.  

އަހުރެމެންނަށް މިއަދު ހަނދާން ނައްތާލެވިގެން މިއުޅެނީ އެކަމެވެ. މަސައްކަތް ކުރެވެނީ ދުނިޔޭގައި މަޝްހޫރުމީހަކަށްވުމަށެވެ. އެކަމުގެ ސަބަބުން އެމީހާ ދުނިޔޭގައި އެންމެ މަޝްހޫރު މީހަކުކަމުގައި ވެގެންވެސް ހިނގައިދާނެއެވެ. އެކަމަކު އުޑުތަކުގައި އެމީހަކަށް އެއްވެސް މަޝްހޫރުކަމެއް ނެތި ހިނގައިދާނެއެވެ. ސަބަބަކީ އޭނާއަކީ ހެޔޮ ޢަމަލުތައް ނުކުރާ މީހަކަށްވުމެވެ.  

އަދިވެސް ބުނަން ހެއްޔެވެ؟ އަތުގައި މޯބައިލް ފޯނެއް ނުވެސް ނެތް ފަޤީރު ނިކަމެތި މީހާއަކީ އުޑުތަކުގައި ވަރަށް މަޝްހޫރު މީހަކަށްވެގެން ހިނގައިދާނެއެވެ. އެއީ އޭނާކުރާ ހެޔޮ ޢަމަލުތަކުގެ ސަބަބުންނެވެ.  

މިދެއްކި ވާހަކައަށް ވިސްނާށެވެ! ތިމާއަކީ އުޑުތަކުގައި މަޝްހޫރު މީހަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ސުވަރުގެ ވަދެވެން އޮތީ އެއިރުންނެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް