އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގަ ހިމެނުން އެދިގެން ކުރާނެ ބައެއް ދުޢާ-

ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގަ ހިމެނުން އެދިގެން ކުރާނެ ބައެއް ދުޢާ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 40 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ތިމާއަކީ ﷲ ތަޢާލާ ސުވަރުގެ ވައްދަވާ އަޅުންގެ ތެރޭގަ ހިމެނުން އެދިގެން ކުރާނެ ބައެއް ދުޢާ-

· اللَّهمَّ إنِّي أسألُكَ الجنَّةَ وما قرَّبَ إليها من قولٍ وعملٍ وأعوذُ بكَ منَ النَّارِ وما قرَّبَ إليها من قولٍ أو عملٍ 

މާނައީ: އޭ ﷲ! ހަމަކަށަވަރުން މިއަޅާއަށް ސުވަރުގެ ދެއްވުން އެދި ދަންނަވަމެވެ. އަދި ސުވަރުގެއާއި ގާތްކޮށްދެއްވަނިވި އެންމެހާ ބަސްތަކާއި، ޢމަލުތައް މިއަޅާއަށް ފަހިކޮށްދެއްވުން އެދި ދަންނަވަމެވެ. އޭ ﷲ! ހަމަކަށަވަރުން މިއަޅާ ނަރަކައިން މުއްތިކުރެއްވުން އެދި ދަންނަވަމެވެ. އަދި ނަރަކައާއި ގާތްކޮށްދެއްވަނިވި އެންމެހާ ބަސްތަކާއި، ޢަމަލުތަކުން މިއަޅާ ދުރުހެލިކޮށް ދެއްވުން އެދި ދަންނަވަމެވެ. 

ފުރްގާން ސޫރަތުގެ 65 އަދި 66 ވަނަ އާޔަތް: 

· رَبَّنَا ٱصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾‏ إِنَّهَا سَآءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ عذاب، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ عذاب އަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. (65) ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ. (66)" 

ސޫރަތު ޣާފިރް 8 އަދި 9 އާޔަތް: 

·  رَبَّنَا وَأَدْخِلْهُمْ جَنَّٰتِ عَدْنٍ ٱلَّتِى وَعَدتَّهُمْ وَمَن صَلَحَ مِنْ ءَابَآئِهِمْ وَأَزْوَٰجِهِمْ وَذُرِّيَّٰتِهِمْ ۚ إِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿٨﴾‏ وَقِهِمُ ٱلسَّيِّـَٔاتِ ۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوْمَئِذٍ فَقَدْ رَحِمْتَهُۥ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴿٩﴾‏

މާނައީ: " އަޅަމެންގެ ވެރިރަސްކަލާކޮ! އެއުރެންނަށް އިބަރަސްކަލާނގެ وعد ކުރައްވާފައިވާ عَدْن އެވެ ކިޔުނު ސުވަރުގެތަކަށް އެއުރެން ވައްދަވާނދޭވެ! އެއުރެންގެ މައިންބަފައިންނާއި، އެއުރެންގެ އަނބީންނާއި، އެއުރެންގެ ދަރިންކުރެ صالح ވި މީހުންނާ އެކުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ. (8) އަދި ނުބައިކަންތަކުން އެއުރެން ސަލާމަތްކުރައްވާނދޭވެ! އަދި އިބަރަސްކަލާނގެ އެދުވަހުން، ނުބައިކަމުން ސަލާމަތްކުރައްވާ މީހަކީ، އިބަރަސްކަލާނގެ رحمة ލެއްވި މީހެއްކަން ކަށަވަރެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ ހަމައެއީއެވެ. (9)" 

އާލް ޢިމްރާން ސޫރަތުގެ 16 ވަނަ އާޔަތް: 

· رَبَّنَآ إِنَّنَآ ءَامَنَّا فَٱغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ ٱلنَّارِ ﴿١٦﴾‏

މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ! (16)" 

· اللَّهمَّ إنِّي أسألُكَ الجنَّةَ

މާނައީ: އޭ ﷲ! ހަމަކަށަވަރުން މިއަޅާއަށް ސުވަރުގެ ދެއްވުން އެދި ދަންނަވަމެވެ. 

· اللهم إني أعوذ بك من عذاب جهنم، ومن عذاب القبر، ومِن فتنة المحيا والممات، ومِن شر فتنة المسيح الدجال

މާނައީ: "އޭ الله، ނަރަކައިގެ އަޛާބުންނާއި، ޤަބުރުގެ އަޒާބުންނާއި، ދިރިއުޅުމާއި މަރުގެ އިމްތިޙާނުތަކުންނާއި، އަދި ދައްޖާލުގެ އިމްތިޙާނުގެ ނުބައިކަމުން މިއަޅާ ދުރުހެލިކޮށްދެއްވުން އެދި ދަންނަވަމެވެ." 

ސޫރަތުއް ޝުޢަރާގެ 83 އިން 85 ވަނަ އާޔަތަށް: 

· رَبِّ هَبْ لِى حُكْمًا وَأَلْحِقْنِى بِٱلصَّٰلِحِينَ ﴿٨٣﴾‏ وَٱجْعَل لِّى لِسَانَ صِدْقٍ فِى ٱلْـَٔاخِرِينَ ﴿٨٤﴾‏ وَٱجْعَلْنِى مِن وَرَثَةِ جَنَّةِ ٱلنَّعِيمِ ﴿٨٥﴾‏

މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް علم އާއި، ވިސްނުން ދެއްވާނދޭވެ! އަދި صالح ންގެތެރެއިން މިއަޅާ ލައްވާނދޭވެ! (83) ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ثناء ލައްވާނދޭވެ! (84) އަދި نعمة ގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ! (85)"

Advertisement

ކޮމެންޓް ކުރެއްވުމަށް