އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 54 ސިކުންތު
ޒަމީލާ
މިހާރު ސޯޝަލް މެޑިއާއަކީ މީހުން އެންމެއް ގިނައިން ބޭނުންކޮށް އުޅޭ މަންސަ ކަމުގައިވީއިރު މިކަންތައްތައް އަބަދުވެސް ހަންދާން ކުރުން ވަރަށް މުހިންމެވެ.
އިޖްތިމާއީ ވިއުގަ ތަކަކީ އަހަރެމެންގެ ދިރި އުޅުމުގެ އެއްބައި ކަމުގާ މިވަނީ ވެފައެވެ. ބައެއް މީހުންނަށް ސޯޝަލް މެޑިއާ ގެ އެއްވެސް ވަޞީލަތަކާ ނުލާ ދުވަސް ފެށޭ ކަމަކަށްވެސް ނުވެއެވެ. އަދި ހަމަ މިއާއެކު މިހާރު ގިނަ މީހުންނަކީ އަބަދުވެސް ދިރި އުޅުމުގެ ކަންކަން ސޯޝަލް މެޑިއަ ގެ އެކި ޕްލެޓްފޮރްމް ތަކުގާ ހިއްސާ ކުރާ ބައެކެވެ.
މިގޮތަށް ދިރި އުޅުމުގެ އެކި އެކި ވާހަކަތަށް އޮންލިނެ ޕްލަޓްފޯމް ތަކުގާ ހިއްސާ ކުރާއިރު އަހަރެމެއްގެ ކަންކަން ހޯދާ ބަލަން އުޅޭ އަހަރެމެންގެ ހަތުރުންވެސް އުޅޭނެކަން ދަންނާށެވެ. އެފަދަ ފަރައިތަކަކަށް އެދެވެނީ ރަނުގެ ފުރުސަތެކެވެ. ސަބަބަކީ ތިބާއަށް ރަންގަޅު ގޮތެއް ލިބެން ބޭނުން ނުވާ މީހުން އަބަދުވެސް ތިބާ އުޅޭ ނޫޅޭ ގޮތް ބަލަން މަސައްކަތް ކުރާނެއެވެ.
ނަމަވެސް އަހަރެމެން ގިނަ މީހުންނަށް މިކަމާ މެދު ވިސްނައި ލެވޭ ހެއްޔެވެ؟. ދިރި އުޅުމުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ސޯޝަލް މީޑިއަ ގަ ހިއްސާ ކުރާ މީހުންވެސް ވަކި މަދެއް ނޫނެވެ. އަދި ހަމަ އަހަރެމެންގެ މި މާތްވެގެންވާ އިސްލާމް ދީނުގާ ކުރުމަށް ނަހީ ކުރަށްވާފާ އެތައް ކަމެއް ސޯޝަލް މެޑިއަ ގެ ޒަރީޔާއިން އަހަރެމެންގެ މިކުޑަ ކުޑަ މުސްލިމް މުޖުތަމައުއުން ފެނެގެންދާ ކަމީ މިއަދު ވަރަށް ހިތާމަ ހުރި ކަމެއްކެވެ. ފޭސްބުކް، ޓްވިޓަރ އިންސްޓަގްރާމް ވައިބާ، ޓެލެގްރާމް، ވަޓްސްއަޕް އަދި ސްނެޕްޗެޓް ފަދަ ސޯޝަލް މެޑިއާގެ އެކި އެކި ވިޔުގަ ތަކުގާ އައުރަ ހާމަވާ ގޮތަށް ފާޑު ފާޑުގެ ފޮޓޯތައް ޖެހުމާ ވީދިއޯކޯލް މެދުވެރިކޮށް ބަދު އަހުލާގީ އަމަލުތައް ހިންގުމާ ޒިނޭކުރުން ފަދަ ﷲ ހަރާން ކުރަވަފައިވާ ބޮޑެތި ފާފަ ތަކަށް އަރައިގަތުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ކަން މިހެން އޮތުމުން އޮންލައިން ޕްލަޓްފޯރްމް ތަކަކީ އަހަރެމެންނަށް އެހާ ރަށްކައުތެރި ތަނެއް ނޫނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ނަމަވެސް މިފަދަ ޕްލަޓްފޮރްމް ތަކަކީ ރަންގަޅު ގޮތުގާ ބޭނުން ހިފައިފި ނަމަ ތިބާގެ ދުނިޔެ އާ އާހިރަތް ބާއްޖަވެރި ކޮށްދޭ އެއްޗަކަށް ހެދިދާނެ ކަމާއިމެދު އެއްވެސް ޝަށްކެއް ނެތެވެ. ސޯޝަލް މީޑިއަ ގެ ޕްލަޓްފޯމް ތަކަކީ އަހަރެމެން މިދުނިޔެ ދޫކޮށް ދިޔުމުން ވެސް އަހަރެމެންނަށް އޭގެން ފައިދާއެ ކުރާނެ ވަޞީލަތަކަށް ހަދަމާ ހިންގާށެވެ.
އަޅުގަންޑު ގަބޫލު ކުރާ ގޮތުގާ އިޖްތިމާއީ ވިއުގަތައް ހެޔޮ ގޮތުގައި ބޭނުންކުރާ ފަރަތްތަކަށް މި މަންސަތަ ވެގެން ދާނީ ވަރަށްވެސް އަގު ހުރި ޚަޒާނާއަކަށެވެ. އެހެންކަމުން މި ޕްލަޓްފޯމްތައް ފައިދާ ހުރި ގޮތުގާ ބޭނުން ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން މިލިޔުމުގާ ހިއްސާ ކޮށްލާނަމެވެ.
ތިބާއަށް އެންގޭ ވަރަކުން ދީނީ ކަންކަން އެހެން ފަރަތްތަކަށް ބުނެދިނުން،
ދީނީ ދަރުސްތައް ތިބާއަށް ވަގުތުވީ މިންވަރަކުން އަޑު އަހައި އެހެން ފަރަތްތަކާ ހިއްސާ ކުރުން،
ޢިލްމީ މައުލޫމާތު މުއްސަނދި ކުރުމަށް މަސައްކަތް ކުރުން ފަދަ ކަންކަން ކުރެވި ދާނެއެވެ.
މިއީ ހަމަ ކޮންމެ މީހަކަށްވެސް ކުރެވި ދާނެ ކަންކަމެވެ. މިއަދު އެންމެހާ ފަރަތްތަކަށް އަޅުގަންޑު ބުނެލަން ބޭނުންވަނީ ސޯޝަލް މެޑިއަ ގެ ބޭނުން ނަހަމަ ގޮތުގާ ހިފޭ ނަމަ އެކަންކަމާ އަވަހަށް ދުރުވާށެވެ. ނޫން ނަމަ އެކަމާ ފަހުން ތިބާ ހިތާމަ ކުރަން ޖެހިދާނެއެވެ.
Advertisement
8 މެއި 2025