އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ގައުމީ ލެވެލްގެ ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދިވެހި ސިފައިންނާ ހަވާލުކުރައްވައިގެން، ތެލެސީމިއާ ސެންޓަރު، ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރުން އަވަސްކުރުމަށް ފެށި މަސައްކަތް ފުރިހަމަކުރުމަށް ފަހު، މިއަދު އެ އިމާރާތް މިނިސްޓްރީ އޮފް ހެލްތާ ހަވާލުކޮށްފިއެވެ.
މާރިޗު 28 ވަނަ ދުވަހު ދިވެހި ސިފައިން ފެށި މި މަސައްކަތް އަވަސްކަމާއެކު ނިންމާލެވިފައިވަނީ، ހުއްޓުމެއް ނެތި ސިފައިން ކުރި މަސައްކަތުންނެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިން ވަނީ، އޮރެންޖު ހިޔާގައި އަލަށް ޚިދުމަތް ފޯރުކޮށްދޭން ފަށާ ތެލެސީމިއާ އެންޑް އަދަރ ހިޔުމޯގްލޯބިނޯޕެތީސް ސެންޓަރަށް މިއަދު ލޭ ހަދިޔާކޮށްފައެވެ.
Advertisement
8 މެއި 2025