އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު
އުރީދޫ ނޭޝަން އިންޓަރ ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025 މި ހަފްތާ ބަންދުގައި 9 މޭ ވާ ހުކުރު ދުވަހާއި 10މޭ ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔުމަށް ވަނީ ނިންމައިފިއެވެ. މިމުބާރާތަކީ ރިސޯޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.
މި މުބާރާތުގައި 10 ރިސޯޓަކުން 16 ޓީމެއް ވާދަކުރާނީ އެންމެ މަގުބޫލު ދެ މޮބައިލް އީސްޕޯޓްސް ޓައިޓަލް ކަމަށްވާ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީ މޮބައިލް (ޕަބްޖީއެމް) ގައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮންލައިންކޮށްނެވެ. އަދި މި މުބާރާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ އީގޭމިންއަށް ޝައުގުވެރިވަ ފަރާތްތަކުގެ މެދުގައި ޑިޖިޓަލް އެންގޭޖްމަންޓާއި އިންކްލޫޝަން އަދި ރަހުމަތްތެރި ކަމުގެ ވާދަވެރިކަން އިތުރުވެގެންދާނެއެވެ..
މުބާރާތުގެ ފޯމެޓާއި ހައިލައިޓްސް:
• އެމްއެލްބީބީ: ނޮކްއައުޓް ބުރުތައް ހިމެނޭ ސިންގަލް އެލިމިނޭޝަން ބްރެކެޓެއް، ހުކުރު ދުވަހުގެ ރޭ ސެމީ ފައިނަލް މެޗާއި ހޮނިހިރު ދުވަހުގެ ރޭ ބޭއްވޭ ތިން ވަނަ ޕްލޭއޮފް އަދި ގްރޭންޑް ފައިނަލް.
• ޕަބްޖީއެމް: ބެޓްލް ރޯޔަލް ފޯމެޓެއް، ގްރޭންޑް ފައިނަލްސް ދެ ދުވަހަށް ބަހާލައިގެން، ހުކުރު ދުވަހު ހަ މެޗެއް އަދި ހޮނިހިރު ދުވަހު އިތުރު ހަ މެޗެއް.
ޕްރައިޒް ޕޫލް:
• ޗެމްޕިއަން – 5000 ރުފިޔާ
ރަނަރަޕް - 3000 ރުފިޔާ
ތިންވަނަ - 2000 ރުފިޔާ
އުރީދޫ ނޭޝަންގެ ޔޫޓިއުބް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށް ހަމަޖެހިފައިވާއިރު، މި މެޗުތައް ބަލައި، ރިސޯޓް ތަކުން ބައިވެރިވާ ޓީމުތަކަށް ސަޕޯޓުކުރުމަށް ހިތްވަރުދެމެވެ.
އިންޓަރ-ރިސޯޓް ޗެމްޕިއަންޝިޕަކީ ލޯކަލް އީސްޕޯޓްސްގައި މިހާރު ހަރަކާތްތެރިވަމުންދާ ފަރާތްތައް ބާރުވެރިކޮށް ވާދަވެރި މައިދާނެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.
Advertisement
8 މެއި 2025