އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް މިނިސްޓްރީއާ އެޗްޑީސީ ގުޅިގެން ހުޅުމާލޭ ފޭސް -2 ހިޔާ ޕާކުގައި 'އުފާ ފެސްޓިވަލް' ބާއްވަނީ!

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސޯޝަލް މިނިސްޓްރީއާ އެޗްޑީސީ ގުޅިގެން ހުޅުމާލޭ ފޭސް -2 ހިޔާ ޕާކުގައި 'އުފާ ފެސްޓިވަލް' ބާއްވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ޤައުމީ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ އެޗްޑީސީ ގުޅިގެން 'އުފާ ފެސްވިޓަލް' ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

މި ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެސް-2 'ހިޔާ ޕާކު' ސަރަހައްދުގައެވެ.

ރޮބޯމޭންގެ ހަރަކާތްތަކާއި، ފޯމް ޕާޓީ، ބައުންސިން ކާސަލް، ބައުންސިން ހޯސް ރައިޑިން، ބުލް ބޭޝް، އޯބީޒް ޝޫޓިން، ބަބުލް ހައުސް، ވެކް އަ މޯލް ފަދަ ކުޑަކުދިން ޝައުގުވެރިވާ ތަފާތު ގިނަ ގޭމްތަކެއް 'އުފާ ފެސްޓިވަލް' ގައި ކުޑަކުދިންނައްޓަކައި ތައްޔާރުކުރެވިފައި ހުންނާނެއެވެ.

އޭގެ އިތުރުން އެތަނަށް ޒިޔާރާތްކުރާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާއެއް ލިބިގެންދިއުމުގެ އިތުރުން، ޓްރާންފޯމާސް އާއި ކުޑަކުދިން ޝައުގުވެރިވާ ތަފާތު ކެރެކްޓާތަކުގެ މެސްކޮޓްތައް ވެސް އެތަނުގައި އެ ދުވަހު ހަދިޔާ ބެހުމުގައި ހަރަކާތްތެރިވާނެއެވެ.

މި ހަވީރު ކުރިއަށްދާނީ 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އާ ހަމައަށެވެ.

ހަމައެހެންމެ، ހޮނިހިރު ދުވަހުގެ ރޭގަނޑު 8:00 ގައި ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ މޫވީ ނައިޓެއް ހުޅުމާލޭ ފޭސް -2 ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުދިންނާއި އާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ މި މޫވީނައިޓަކީ އުރީދޫއާއި މިނިސްޓްރީއާއި ގުޅިގެން އިންތިޒާމުކޮށްފައިވާ ޚާއްސަ ހަރަކާތެކެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު