އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތެލެސީމިއާ ކުދީންނަށް ދަތިވާ ކަންކަމަށް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންފި

ތެލެސީމިއާ ކުދީންނަށް ދަތިވާ ކަންކަމަށް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ތެލެސީމިއާ ކުދީންނަށް ދަތިވާ ކަންކަމަށް އަލިމަގެއް ހޯދުމަށް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލް އަޤްވާމީ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމުހޫރިއްޔާ ފޮނުއްވި ހިތޯބުގައި ވިދާޅުވީ ތެލެސީމިއާގެ އުނދަގޫ ބަރުދާސްކުރާ ކުދީންގެ ކެތްތެރިކަމާއި ހިތްވަރުގަދަކަމުން އަޅުގަނޑުމެން ލިބިގަންނަންވީ އީޖާބީ ފިލާވަޅު ތަކެއްކަމަށެވެ.

ރައީސް ވިދާޅުވީ ދިރިއުޅުމެއް ހޯދުމަށް އެ ކުދީން އުފުލާ ބުރަ ލުއިކޮށްދިނުމަށް އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމަށެވެ. އެ ކުދީންގެ ފުރާނައިގެ ޙައްޤުގައި އަޅުގަނޑުމެން ހަދިޔާކުރާ ކޮންމެ ލޭތިއްކަކަށް ﷲގެ ޙަޟްރަތުން ދެއްވާނެ އަޖުރާއި ދަރުމަ ގިނަގުނަ ވެގެންވާ ކަމަށާއި އެ ކުދީންނަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ ހެޔޮ ދުޢާއަކާއި ހެޔޮ ފޯރުވުމެއްގެ ބަރަކާތާއި ރަޙްމަތް ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ވެސް ހިތޯބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ތެލެސީމިއާ ކުދީންނަށްޓަކައި އަޅުގަނޑު ހާމަކުރި ތަޞައްވަރާއި ވީ ވަޢުދުތައް މާތްﷲގެ ވާގިފުޅާއެކު ހަގީގަތަކަށް ހަދައިދޭނެކަމަށެވެ.

'' ތެލެސީމިއާ ކުދީންނާއި ޢާއިލާތަކާއި ސީދާ އަޅުގަނޑު ބައްދަލުވެ، އަޑުއަހައި، އަދި އެ ކުދީންނަށް ފަރުވާ ދޭގޮތް ސީދާ ލޮލުން ދުށުމަށް ފަހު، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިއޮތް ކަންކަން ހަމަމަގަށް އަޅުވަން، އަޅުގަނޑުމެން މިކުރާ މަސައްކަތުން، އިރާދަކުރެއްވިއްޔާ މިކުދީންނާއި ޢާއިލާތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނަމެވެ" ރައީސް ގެ ހިތޯބުގައި ވިދާޅުވިއެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތީ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. ރާއްޖޭގެ އާބާދީގެ ކޮންމެ އަށާރަ މީހުން ކުރެ އެކަކީ، ތެލެސީމިއާ ވާރުތަވުމުގެ ފުރުޞަތު އޮތް ކެރިއަރެކެވެ. އެހެންކަމުން، ތެލެސީމިއާ އާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ދިވެހި ރާއްޖޭގައި ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު