އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެހެން ދާންޖެހޭ ބޭނުމެއް ނެތަސް ބާޒާރަށްދާން އާދަވެ ދެވިހިފާފައި ތިބޭ މީހުން ވިސްނާލަން ކޮންމެހެން ޖެހޭ ކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެހެން ދާންޖެހޭ ބޭނުމެއް ނެތަސް ބާޒާރަށްދާން އާދަވެ ދެވިހިފާފައި ތިބޭ މީހުން ވިސްނާލަން ކޮންމެހެން ޖެހޭ ކަމެއް!: ޝައިޚް އަބޫބަކުރު ޒައުދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

އެއްޗެއް ގަންނަން ނެތަސް އެކުވެރިން ބާޒާރަށްދާތީ ބާޒާރަށް ދިއުމަކީ ކޮންކަހަލަ ކަމެއްތޯ؟  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެއެވެ. އިން ޝާ ﷲ  

މިއަދު މީހެއްގެ ގާތުގައި އެންމެ ނުބައިކަންބޮޑު ބިމަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ އެއީ މިވެނި އެވެނި ތަނެއް ކަމަށް ބުނާނެއެވެ. ވިސްނައިވެސް ނުލައި ޖަވާބުދޭނެއެވެ. ނަމަވެސް މިސުވާލު ރަސޫލް އާއި ކުރެވުނު ހިނދު ކަންތައްތައްވީ ގޮތށާއިމެދު ވިސްނައިލާށެވެ.  

ރަސޫލް ﷺ ޙަދީޘްފުޅު ކުރެއްވެވީ އެނގިވަޑައި ނުގަންނަވާކަމަށެވެ. އެވަޤުތު އެތަނަށް ޖިބްރީލްގެފާނު ވަޑައިގަތުމުން ރަސޫލް ހަމަ އެސުވާލު ކުރެވެވިއެވެ. ޖިބްރީލްގެފާނުވެސް ވިދާޅުވީ އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެސުވާލު ޖިބްރީލްގެފާނާއި ކުރެއްވެވުނީތީ ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގެން ޖަވާބު ހޯއްދަވައިގެން ގެނެސްދެއްވެވިއެވެ. ވިދާޅުވީ އެއީ ބާޒާރުތައް ކަމުގައެވެ. 

ބާޒާރުތައް އެހައި ނިބައިަކްނބޮޑު ތަނަކަށް ވެގެން އެދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެހެނީ ބާޒާރުތަކަކީ ހުރިހާ ބާވަތެއްގެ ނުބައިކަންތައްތައް ކުރެވޭ ތަނަކަށްވާތީއެވެ. ވިޔަފާރީގައި މަސްއޫލްވުމުން ﷲ ތަޢާލާގެ މަތިން ހަނދުމަނެތިގެންދާތީއެވެ.  

ކޮންމެއަކަސް މިއަދު ބާޒާރުތައް ވެފައި މިވަނީ މީސްތަކުން އެންމެ ގަޔާވާ ތަނަށެވެ. ބޭނުމެއް ނެތިވެސް ގޮސްއުޅޭހިތްވާ ތަނަކަށެވެ. ނަމާދަށްދާން ޒީނަތްތެރިވާވަރަށްވުރެ މާބޮޑަށް ޒީނަތްތެރިވެގެން ގޮސްއުޅޭތަނަކަށެވެ. ވީމާ ވިސްނައިލުން ބުއްދިވެރިއެވެ.  

ދެން ފާހަގަކޮށްލަން މިއުޅެނީ އެންމެ ބޮޑު ފާފައިގެ ވާހަކައެވެ. އެއީ ތިމާއަށް އެނގިގެން ނުވާ ވާހަކަތައް ﷲ ތަޢާލާ އާއި ގުޅުވައިގެން ދެއްކުމެވެ. ދީނުގެ ކަންކަމާއި ގުޅުވައިގެން ދެއްކުމެވެ. އެކަން ވެގެންދާނީ އަހުރެން ޤަބޫލުކުރުމުގައި ޝިރުކުރުމަށްވުރެވެސް ނުބައިކަން ބޮޑު ކަމަކަށެވެ. ވީމާ ތިމާއަށް ޔަޤީން ނުވާކަމެއްގެ ޥާހަކަ ﷲ ތަޢާލާ އާއި ނުވަތަ ﷲ ތަޢާލާގެ ދީނާއި ގުޅުވައިގެން ނުދައްކާށެވެ!

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް