އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭލެވެލްއަށް ކިޔަވައިދޭ ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފަ: ވަޒީރު

އޭލެވެލްއަށް ކިޔަވައިދޭ ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފަ: ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

އޭލެވެލްއަށް ކިޔަވައިދޭ ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ މަތީ ސާނަވީ ތަޢުލީމު ފުޅާކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި މިހާތަނަށް އައިރު މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުޞަތު ދެމުން އައިސްފައިވަނީ 5 މާއްދާއިން ފާސްވާ ދަރިވަރުންނަށް އެކަނި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އޯލެވެލް އިމްތިޙާނުގައި ބައެއް މާއްދާތަކުން އެންމެ މަތިން ފާސްވި ނަމަވެސް، ބައެއް ދަރިވަރުން މަތީ ސާނަވީއަށް ނުކިޔެވި ބާކީވެއެވެ. އަދި އޯލެވެލް އިމްތިޙާނެއްގައި 6000 ދަރިވަރުން ބައިވެރިވެއްޖެނަމަ، 5 މާއްދާއިން ފާސްވާ ނިސްބަތް ހުންނަނީ 50 އިންސައްތައިގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކުދިންނަކީ 16 އަހަރުގެ ކުދިން. ޤާނޫނުގައި މި ބުނާ ކުޑަކުދިންގެ އުމުރުފުރާއަކީ 18 އަހަރު. އެހެންވީމަ މި 16 އަހަރުގެ ކުދިން 5 މާއްދާއިން 50 އިންސައްތަ ފާސްވެފައި ބާކީ ތިބި 3000 ދަރިވަރުން 5 މާއްދާއިން ފާސްނުވާއިރުގައި ތަޢުލީމީ ނިޒާމް ޒަމާނުއްސުރެ ބައްޓަންކޮށްފައި މިއޮތީ އެއްކަލަ 3000 ކުދިން ބާކީ ކޮށްލެވޭ ފަދަ ގޮތަކަށް," ވަޒީރު ވިދާޅުވިއެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އޭލެވެލްއަށް ކިޔަވައިދޭ ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އޯލެވެލް އިމްތިޙާން ނިންމާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ޤައުމު ބިނާކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު