އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިންނަށް އަމިއްލައަށް ކަންކަން ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެއް: ނިޢުމާތު

ކުޑަކުދިންނަށް އަމިއްލައަށް ކަންކަން ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަކީ މުހިންމު ކަމެއް: ނިޢުމާތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ކުޑަކުދިންނަށް އަމިއްލައަށް ކަންކަން ތަޖުރިބާކޮށް ދަސްކުރުމުގެ ފުރުސަތު ދިނުމަކީ، އެކުދިން ޤާބިލު އަދި ވިލުންތެރި ބަޔަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިޢުމާތު ޝަފީގް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅިގެން ދެއްވި ޚިޠާބުގައި ނިޢުމާތު ވިދާޅުވީ، ބެލެނިވެރިން ކުދިންނާއެކު ހޭދަކުރާ އުފާވެރި ވަގުތުތަކަކީ އެކުދިންނަށް ފައިދާހުރި ވަގުތުތަކަކަށް ހެދުމަށް އިސްކަންދޭންޖެހޭ ކަމަށެވެ. އަދި ކުދިންގެ ޝައުގުވެރިކަން ހުންނަ ދާއިރާތަކުން ހުނަރު ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.

"ކުދިންނާއެކު ބެލެނިވެރިން ވަގުތު ހޭދަކުރުމަކީ، ކުދިންނާއި ބެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، ކުދިންގެ ހިތްތަކުގައި އުފާވެރިކަމާއި ރައްކާތެރިކަމުގެ އިހުސާސް އުފައްދައިދޭ ކަމެއް،" ނިޢުމާތު ވިދާޅުވިއެވެ. އަދި މިފަދަ ގުޅުމަކުން ކުދިންގެ ޝުޢޫރުތައް ހިއްސާކުރުމަށް ފަސޭހަވެ، އެކުދިންގެ ޝަޚްޞިއްޔަތު ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނިޢުމާތުގެ ޚިޠާބުގައި ޤައުމީ ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހާ ކުޑަކުދިންނާއި، ބެލެނިވެރިންނާއި، ކުޑަކުދިންގެ ކުރިއެރުމަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ވަނީ އަރިސްކުރައްވާފައެވެ.

މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" އެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު