އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު މުއުމިނު މީހާ ﷲ އާއި ގާތް ކުރައްވަވައި ފޮރުއްވަވައި ލަވަވާނެ!: ޑރ. އިޔާޟް

ޤިޔާމަތް ދުވަހު މުއުމިނު މީހާ ﷲ އާއި ގާތް ކުރައްވަވައި ފޮރުއްވަވައި ލަވަވާނެ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

ޤިޔާމަތް ދުވަހު މުއުމިނު މީހާ ﷲ ތަޢާލާ އާއި ގާތް ކުރައްވަވައި ފޮރުއްވަވައި ލަވަވާނެއެވެ.

އޭނާ ދުނިޔޭގައި ހުރެ ކުރި ފާފަތައް އެމީހާއަށް ﷲ ތަޢާލާ ބަޔާންކޮށް ދެއްވަވާނެތެވެ. އަދި އެމީހާއަށް ކުރެވިފައިވާ ފާފަތަކަށް އެމީހާ އެއްބަސްވާނެއެވެ. މިވެނި ކަމެއް ކުރެވުނުކަން އެނގޭތޯ ސުވާލު ކުރައްވަވާނެތެވެ. އެހިނދު އެނގޭ ކަމަށް އޭނާ ދަންނަވާނެތެވެ.

ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ވަރަކަށް އެމީހަކާއި ސުވާލު ކުރެއްވެވުމަށްފަހު ވަޙީ ކުރައްވަވާނެތެވެ. މިކުށްފާފަތައް ތިމަން ﷲ ވަނީ ދުނިޔޭގައި ފޮރުއްވަވައި ދެއްވަވައިފައެވެ. އެއްވެސް މީހަކަށް ނުއެނގޭނެ ގޮތަށް ތިމަން ﷲ ތިބާއަށް މި ކުށްފާފަތައް ފޮރުއްވަވައިލަ ދެއްވީމުއެވެ. މިއަދު ތިމަން ﷲ ތިބާއަށް ކުށްތަކުގެ ފާފަ ފުއްސަވައި ދެއްވަވައިފީމެވެ.

އެއަށްފަހު އޭނާގެ އަމަލުތަކުގެ ފަތް އޭނާގެ ކަނައަތަށް ދެވޭނެއެވެ. ކަނައަތަށް ފަތް ލިބޭމީހުން ނިކަންހުރެ އުފަލުން ބުނާނެއެވެ. ތިއަބައި މީހުން އައިސް ތިމަންނާގެ އަމަލުތަކުގެ ފަތް ނިކަން ކިޔައިބަލާށެވެ! މިދުވަހާއި ބައްދަލުވާނެކަމާއި އަހަރެން ކުރާ އަމަލުތަކުގެ ހިސާބު ބައްލަވާނެކަން އަހަރެން ޔަޤީން ކުރީމެވެ. އެހެންވެ މިދުވަހަށް އަހަރެން ތައްޔާރުވީމެވެ.

އެފަދަ މީހުން ވަނީ އުފަލުންނެވެ. މަތިވެރިވެގެންވާ ސުވަރުގޭގައެވެ. އޭނާއަށްޓަކައި މަތިވެރިވެގެންވާ ނިޢްމަތްތައް ސުވަރުގެއިން ދެއްވަވާނެތެވެ.

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް