އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު
ދުނިޔޭގެ ކަންކޮޅުތަކަށް ބަލާށެވެ! ކައިވެނި ކުރަން ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް ކައިވެނި ނުކުރެވިތިބި އެތައް މިލިއަން ބައަކު ދުނިޔޭގައި ތިއްބައި ކައިވެނިކުރެވޭނެ މަގު ތިބާއަށް ދައްކަވައި ފުރުޞަތު ދެއްވެވެވީ އެކަމާއި ކުޅިވަރުކުޅެންކަމަށް ހީކުރަނީ ހެއްޔެވެ؟ ހަމަހިލާ އެހެންނަކުން ނުވާނެއެވެ!
"ތިމަން ﷲ މިވެނި މީހަކާ ތިބާ ކައިވެނިކޮށް ނުދެއްވަމުހެއްޔެވެ؟" ﷲ ތަޢާލާ ޤިޔާމަތް ދުވަހުން ސުވާލުކުރައްވަވައިފާނެއެވެ. އެކަމުން އެނގިގެންދަނީ ކައިވެންޏަކީ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް ކަމާއި އެ ނިޢްމަތް ބޭނުންކުރި ގޮތަކާއިމެދު ޤިޔާމަތް ދުވަހުން ސުވާލު ކުރައްވަވާނެ ކަމެވެ.
ކައިވެނީގެ ބައިވެރިޔާ އިޚްތިޔާރުކުރަނީ އަމިއްލައަށެވެ. އެހެންކަމާއިއެކުވެސް ބައިވެރިޔާ އިޚްތިޔާރުކުރާއިރު މިނިޢްމަތް އެންމެ ރަނގަޅު ގޮތުގައި ދެމެހެއްޓޭނެ ގޮތްތަކަށް ވިސްނައިގެން ބައިވެރިއަކު އިޚްތިޔާރުކުރަން އެބަ ޖެހެއެވެ. ހަމައެއާއިއެކު ވެސް އަނބިމީހާ އަދި ފިރިމީހާ ނަމަވެސް ނަމާދުނުކޮށް، ތަޤްވާވެރިކަން ކުޑަވާނަމަ އެކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރުމަކީވެސް މިނިޢްމަތަށް ޝުކުރުވެރިވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އިންސާނާއަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކުގެ ތެރޭގައި ކައިވެނީގެ ދިރިރއުޅުންވެސް ހިމެނެއެވެ. ވީމާ ކައިވެނީގެ ދިރިއުޅުން ހޭދަކުރި ގޮތުގެ ޒިންމާވެސް އުފުލަން ޖެހޭނެއެވެ. ވަކިމީހަކު ނޫނެވެ. ދެމަފިރިންނެވެ. ވީއިރު ސުވާލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވެވޭ ގޮތަށް ދެމަފިރިންގެ ގުޅުމާއި ޢާއިލީ ޒިންމާ އުފުލަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ އިންޞާފުވެރިކަމާއި ލޯތްބާއިއެކު އަމަލުކުރަނީ ކިތައް މީހުން ހެއްޔެވެ؟ ޙަޔާތުގެ ބައިވެރިޔާގެ ޙައްޤުތައް ހިމާޔަތްކޮށް އަދުލުވެރިވަނީ ކިތައް މީހުން ހެއްޔެވެ؟
މިކަންކަން އިޞްލާޙްކުރެވޭނީ ދެމަފިރިންވެސް އެކަމަށް މަސައްކަތްކުރުމުންނެވެ! ޔަޤީންވާ ކަމަކީ ހަމައެކަކަށްވެސް ޖަވާބުދާރީ ނުވެ ފިލައިގެން ނުދެވޭނެ ކަމެވެ.
އަޅުގަނޑުމެންނަށް ދެއްވަވާ ކޮންމެ ނިޢްމަތަކާއިމެދުވެސް ބަރާބަރަށް ސުވާލުކުރެވޭނެއެވެ. އެސުވާލުތަކަށް ދޭނެ ޖަވާބެއް ބަރާބަރަށް ތައްޔާރުކޮށްފައި ބާއްވަން ޖެހޭނެއެވެ.
ކޮންމެ މީހަކީވެސް ޤިޔާމަތް ދުވަހު ސުވާލުކުރެއްވޭނެ މީހެކެވެ. އެގޮތުން ކޮންމެ ރަސޫލްބޭކަލަކާއިވެސް ސުވާލު ކުރެއްވެވޭނެތެވެ. ކުރެއްވޭނެ ސުވާލުތަކުގެ ތެރޭގައި ތިބާއަށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކޮންމެ ނިޢްމަތަކާއިމެދު ވެސް ސުވާލުކުރެއްވޭނެއެވެ. ވީމާ ތަންކޮޅެއް ފުންކޮށް ވިސްނައިލަމާ ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
12 މެއި 2025