އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސާނުންނަށް ދެއްވަވާފައިވާ ބައެއް ހުނަރުތަކުގެ ބޭނުންހިފުން ޙަރާމް ކުރެއްވެވެވި ސަބަބު-: ޑރ. ޒާކިރް ނައިކް

އިންސާނުންނަށް ދެއްވަވާފައިވާ ބައެއް ހުނަރުތަކުގެ ބޭނުންހިފުން ޙަރާމް ކުރެއްވެވެވި ސަބަބު-: ޑރ. ޒާކިރް ނައިކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ބައެއް ކިޔުންތެރިން މިމޭރުމުން ސުވާލުކުރައްވައެވެ.

"އަޅުގަނޑުގެ ދަރިފުޅަކީ ލަވަކިޔާހިތްވާ ކުއްޖެކެވެ. ދަރިފުޅަކީ ވަރަށް ރީތިކޮށް ލަވަކިޔާ ކުއްޖެކެވެ. ލަވަކިޔުމަކީ އޭނާއަށް ﷲ ދެއްވަވާފައިވާ ހުނަރެކެވެ. ވަރަށް ގިނަ މުބާރާތްތަކުންވެސް ވަނަތައް ހޯދައެވެ. އެކަމަކުވެސް ބައެއް މީހުން ބުނަނީ އޭނާ ލަވަކިޔައިގެން ނުވާނެކަމަށެވެ. އެކަމާ އަޅުގަނޑު މިހުންނަނީ ކަންބޮޑުވެފައެވެ. މިކަމުގައި ޢަމަލުކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

މިމޭރުމުން ސުވާލުކުރައްވާ ކިޔުންތެރިންނަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

އަދި އިތުރަށްވެސް ބުނެލާނަމެވެ. ވަރަށް މޮޅަށް ދޮގުބުނަން އެނގުމަކީ ދޮގުހެދުން ހުއްދަވާ ސަބަބެއް ނޫނެވެ. ވަރަށް މޮޅަށް ވައްކަންކުރަން އެނގުމަކީ ވައްކަނކުރުން ހުއްދަވާ ސަބަބެއް ކަމަށް ނުދެކޭށެވެ! މިފަދަ ކޮންމެ ހުނަރެއްވެސް ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ.

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

ސުވާލު: ލަވަކިޔުމާ ނެށުމާއި ފިލްމްކުޅުން ފަދަ ހުނަރުތައް އިންސާނުންނަށް ދެއްވެވީ ﷲ ތަޢާލާއެވެ. ސުވާލަކީ އެފަދަ ހުނަރުތައް ދެއްވެވުމަށްފަހު އެހުނަރުތައް ބޭނުންކުރުން ޙަރާމް ކުރެއްވެވީ ކީއްވެހެއްޔެވެ؟

ޖަވާބު: ސުވާލު ވަރަށް ފުރިހަމައެވެ. ކޮންމެ މީހަކަށް ކޮންމެ ކަމެއް ކުރުމުގެ ހުނަރުވެސް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެމީހަކު ބޭނުންގޮތަކަށް ބޭނުން ކުރުމުގެ އިޚްތިޔާރުވެސް ދެއްވަވައެވެ. މީގެމާނައަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރަން ހުއްދަވުމެއް ނޫނެވެ. ކުރަންވާނީ ﷲ ތަޢާލާ ހުއްދަކުރެއްވެވި ކަންކަމެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ ކަންކަމެވެ.

ރީތި އަޑެއް ލިބިފައިވުމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާފަދަ ލަވަތައް ކިޔަންވީ ސަބަބެއް ނޫނެވެ. އެއަޑު ބޭނުންކޮށްގެން ރީތިކޮށް ޤުރްއާން ނުކިޔަންވަންވީ ކީއްވެގެން ހެއްޔެވެ؟ މިކަންކަން ވިސްނި ވަރަށް ގިނަ ލަވަކިޔުންތެރިން ލަވަކިޔުން ހުއްޓާލައި ﷲ ތަޢާލާގެ މަގުގައި އެމީހުންގެ އަޑު ގެންދަނީ ބޭނުންކުރަމުންނެވެ. މިސާލަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވަތެވެ. އެއިގެ މާނައަކީ މމަސްތުވާތަކެތި، ބަނގުރާ ބުއިމަށާއި ފާހިޝް އަމަލުތައް ކުރުމަށާއި ޖުވާކުޅުން ފަދަ ފާފަތައް ކުރަން އެމީހުންނަށް ހުއްދަލިބުމެއް ނޫނެވެ. ތަނަވަސްކަމުގެ ބޭނުން ހިފަންޖެހޭނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަންކަން ކުރުމަށެވެ.

ކޮންމެ ނިޢްމަތެއްވެސް ދއްވަވަނީ ހަމަ އެންމެ ކަމަކުއެވެ. އެއީ އެނިޢްމަތުގެ ބޭނުން އެމީހަކު ހިފާގޮތް އިމްތިޙާން ކުރެއްވެވުމެވެ. ސުވަރުގެ އެދޭ މީހާއަށް އޮތީ އިމްތިޙާނުން ފާސްވުމެވެ!

--ޑރ. ޒާކިރު ނައިކް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް