އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަނގަޅު ބައިވެރިއަކު ނުލިބިގެން ކަންބޮޑުވާ މީހުން ކޮންމެވެސް ކިޔައިލާތި! އަންހެނަކަށް "މަތިން" ކައިވެނި ހަމަޖެހި ޖަވާހިރެއް ފަދަ ފިރިއަކާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ރަނގަޅު ބައިވެރިއަކު ނުލިބިގެން ކަންބޮޑުވާ މީހުން ކޮންމެވެސް ކިޔައިލާތި! އަންހެނަކަށް "މަތިން" ކައިވެނި ހަމަޖެހި ޖަވާހިރެއް ފަދަ ފިރިއަކާ އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 57 ސިކުންތު

އަހުރެންނަނީ 40 އަހަރުގެ އަންހެނަކީމެވެ. އަހުރެން އިސްލާމްވީ ހަމަ ﷲ ތަޢާލާއަށާއި އިސްލާމްދީނަށް ލޯބިންނެވެ. ޤިޔާމަތްދުވަހު ސަލާމަތްކަން ލިބެން އޮތީ އިސްލާމް ދީނުގައި ހުރެގެންކަން ހިތުގެ އަޑިން ޤަބޫލުކުރެވިގެންނެވެ.  

އަހުރެން އިސްލާމްވުމަކަށް ފިރިމީހާ ދެކޮޅެއް ނުހަދައެވެ. ނަމަވެސް އާދޭސްކޮށްކޮށްވެސް އޭނާ އިސްލާމެއް ނުވިއެވެ. އޭނާއަކީ ކާފިރަކަށްވުމުން އޭނާއާއިއެކު އުޅެވޭކަށް ނެތެވެ. އެކަން ދީނުގައި ހުއްދަނުކުރާތީއެވެ. އަނެއްކޮޅުން 20 އަހަރުވަންދެން އެކުގައި އުޅުނު ބައިވެރިޔާކަމަށްވުމުން އޭނާދެކެ ވަރަށް ލޯބިވެސް ވެވެއެވެ. ދުވަަހކުވެސް ދެމީހުންގެ މެދުގައި ދެބަސްވާންވެސް ޖެހިފައި ނެތީމައެވެ. ލޯބިން އެކުގައި އުލެވުނީތީއެވެ. އެހެންވެ އޭނާއާއި ވަކިވުމަކީ ހިތް ޤަބޫލުކުރާ ކަމަކަށްވެސް ނުވިއެވެ.  

އެކުވެރިންގެ ލަފާގެމަތިން ކެތްތެރިވެ ހުރެ ދުޢާކުރަމުން ގެންދިއައިމެވެ. ލޯބިވާ ފިރިމީހާގެ ހިތަށް އަލިކަން ލިބި އިސްލާމްވޭތޯއެވެ. އަދި ފިރިމީހާއަށް އާދޭސްކުރަމުންވެސް ގެންދިއައިމެވެ. ނަމަވެސް އޭނާ އެކަމަށް އެއްވެސް ޢިޖާބައެއް ނުދިނެވެ.  

މިކިޔައިދެނީ ދެން ކަންތައްވީގޮތެވެ. ހުކުރު ދުވަހު ހުކުރު ނިމިގެން ކެފޭގައި އިންދައި ފެނުނު މީހެކެވެ. ވީގޮތެއްވެސް ނުއެނގެއެވެ. ކުއްލިއަކަށް އޭނާއަށް ހިތްދެވިއްޖެއެވެ. އެކަމުގެ ވިސްނުމުގައި އިންދައި އޭނާ އަމިއްލައަށް އައިސް ހުއްދަނަގައިގެން ކުރިމަތީގައި އިށީނެވެ. ވާހަކަ ދެކެވި ގާތްކަމެއް އުފެދުނެވެ. ނަމަވެސް އަހުރެންގެ ހިތުގެ އިޙްޞާޞްތައް ސިއްރުކުރީމެވެ. ހާމައެއް ނުކުރަމެވެ.  

ހަވީރު ގެއަށްގޮސް ފިރިމީހާ ގާތުގައި ބުނީމެވެ. "ދެން ދެމީހުންނަށް އެކުގައި އުޅެވޭނީ ތިބާ އިސްލާމްދީން ޤަބޫލުކުރާނެ ނަމައެވެ. ނުކުރާނެ ނަމަ ރިވެތި ގޮތުގައި ދެމީހުން ވަކިވަމާ ހިނގާށެވެ!" އެހެންބުނުމުން ފިރިމީހާ އިޚްތިޔާރުކުރީ ދެމީހުން ވަކިވުމެވެ. އެއީ އަހަރެންގެ ގެ ކަމަށްވާތީ ވަރިކޮށްފައި އޭނާ ނުކުމެގެން ދިއައީ ދާން ނުވެސް ބުނެ ހުއްޓައެވެ.  

އަހަރެން އެންމެ ބޮޑަށް ކަންބޮޑުވީ އަހަރެން އެހައިލޯބިވީ މީހާ ގާތުގަ އެވާހަކަ އެގޮތަށް ބުނަން ކެރުނީތީއެވެ. ދެން އެންމެ ބޮޑަށް ކަންބޮޑުވީ ވަރިކޮށްލާފައި ދިއުމުން ދެރަވާންވެސް ނުއެނގުނީތީއެވެ. މިދެކަންތަކަށް ވިސްނައިލުމުން އެނގުނީ މިއީ އަހުރެން ކުރަމުން އައި ދުޢާގެ ނަތީޖާ ކަމެވެ. އަދި އެހެންކަމަށްވާނަމަ މާރަނގަޅު ގޮތް މިންވަރުކުރައްވަވާނެ ކަމެވެ.  

އެއިގެ ފަހުން ކޮންމެ ހުކުރު ދުވަހަކު ދެމީހުން ކެފޭއިން ބައްދަލުވެއެވެ. ވާހަކަދައްކަމުއެވެ. އެކަކުވެސް ލޯބީގެ ޥާހަކައެއް ނުދައްކައެވެ. ދައްކަނީ ދުނިޔޭގެ ވާހަކަތަކެވެ. މިހެން އައިސް ޢިއްދަހަމަވެ ފުރަތަމަ އައި ހުކުރު ދުވަހެވެ. ދެމީހުން ބައްދަލުވެ ކައިނިމިގެން އޭނާ އަހުރެންނާއި ސުވާލުކުރިއެވެ. "ނިކަން ބުނެބަލާށެވެ! އުޅެނީ ކައިވެނިކޮށްގެން ހެއްޔެވެ؟ ފިރިއަކު އެބަހުރި ހެއްޔެވެ؟"  

ޖަވާބުގައި ފިރިއަކު ހުރިކަމަށާއި ނަމަވެސް މިހާރު ޢިއްދަ ހަމަވެ މިނިވަން ދޫންޏެއް ކަމަށް ބުނީމެވެ. އެހެންބުނާއިރަށް އޭނާ އެދުނީ އޭނާ އާއިއެކު ހިނގައިގަތުމަށެވެ. ދާތަނެއް ނުބުނެ ކުރިއަށް ގޮސް ވަނީ އިމާމުގެ ކޮޓަރިއަށެވެ. ވަދެ އިށީނދެފައި އިމާމަށް ބުންޏެވެ. "އިމާމްއެވެ. އަހުރެން އިމާމް ގާތުގައި ބުނަމުން އައީ) މީނާގެ ޥާހަކައެވެ. ކެތް ނުކުރެވިގެން މިއަދު ސުވާލުކޮށްލުމުން އެނގުނީ ވަރިވެ ޢިއްދަ ހަމަވެއްޖެ ކަމެވެ. އިމާމް މީނަގާތުގައި އަހައިދޭށެވެ. އަހުރެންނާއި ކައިވެނިކުރަން އެއްބަސްވެއްޖެނަމަ މިހާރުން މިހާރަށް ކައިވެނިކޮށްދޭށެވެ."  

އަހުރެން ވަރަށް ޙައިރާންވިއެވެ. އެއްކަމަކީ އޭނާވެސް އަހުރެންނަށް ބަލަމުން އައިކަން އެނގުނީމައެވެ. ދެވަނަ ކަމަކީ އަހުރެންގެ ގާތުގައި އޭނާ އެހުމުގެ ބަދަލުގައި އެކަންވެސް އިމާމާއި ޙަވާލުކުރީތީއެވެ. ތިންވަނަ ކަމަކީ ޢިއްދަ ހަމަވިތަނުން މިކަންތައް ކުރިމަތިވީތީއެވެ. މިކަންކަން ހިތަށް އައިތަނާ އިމާމް ސުވާލކުކުރުމުން ވަޤުތުން ކައިވެންޏަށް އެއްބަސްވީމެވެ.  

އިމާމް ސުވާލުކުރީ ދެމީހުންނަށް އެކަކު އަނެކަކު އެނގެނީ ކިހައިވަރަކަށްތޯއެވެ؟ ސުވާލުގެ ޖަވާބަކަށް ބުނަންޖެހުނީ ނަން ނޫން އެއްވެސް ކަމެއް ނުއެނގޭ ކަމަށެވެ. ދެން ސުވާލުކުރީ އެހެންވިޔަސް ކައިވެނިކުރަން ތައްޔާރު ހެއްޔެވެ؟ ރުހޭ ކަމަށް އަހުރެން ބުނާއިރަށް ހެކިވެރިން ގެނެސް ކައިވެނިކޮށްދީފިއެވެ.  

ދެން މިބުނަނީ އަހުރެންނަށް ލިބުނު ފިރިމީހާއަކީ ކާކު ކަމެވެ. އޭނާއަކީ އަނބިމީހާ ނިޔާވެފައި ހުރި މީހެކެވެ. 2 ދަރިން ތިއްބެވެ. ވީމާ އަހުރެންނަށް ވާންޖެހުނީ މަންމަ ނުވެވި ދޮންމަންމައަކަށެވެ. މައްސަލައެއް ނެތްތާއެވެ. ފިރިމީހާއަކީ އެމިސްކިތަށް އެންމެ ގިނައިން ހޭދަކުރާ މީހާއެވެ.  

ކައިވެނީގެ ފުރަތަމަ ރޭ ނިދަން އޮށޯވެފައި އަހުރެންނަށް ބުނެވުނެވެ. "އިން ޝާ ﷲ މިކައިވެނީގައި ބަރަކާތް ލައްވަވާނެތެވެ. މިއީ އާދައިގެ ކައިވެންޏެއް ނޫނެވެ. މިއީ އެންމެ މަތިން ހަމަޖެހި މަގުފަހިވި ކައިވެންޏެކެވެ."  

ދެވަނަ ކައިވެންޏަށް މިހާރު 23 އަހަރެވެ. ޢމުރުން 63 އެވެ. އެކަމަކު ކައިވެނީގެ ޒުވާންކަން ހަމަ 30 ގައެވެ. އިން ޝާ ﷲ

 

- ޢިބްރަތްތެރި ވާހަކަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް