އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެހިފައިވާ ބައްޔަކުން ޝިފާނުލިބޭނެކަމަށް ޑޮކްޓަރުން ބުނެފިނަމަ އޮތީ ދުޢާކުރުން ގިނަކުރުން! ފަރުވާ ހުސްވާނީ ޑޮކްޓަރުންނަށް! ﷲ ގެ ރަޙްމަތުގަ އިމެއް ނެތް!: މުފްތީ މެންކް

ޖެހިފައިވާ ބައްޔަކުން ޝިފާނުލިބޭނެކަމަށް ޑޮކްޓަރުން ބުނެފިނަމަ އޮތީ ދުޢާކުރުން ގިނަކުރުން! ފަރުވާ ހުސްވާނީ ޑޮކްޓަރުންނަށް! ﷲ ގެ ރަޙްމަތުގަ އިމެއް ނެތް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ބައްޔެއްގައި ގިނަ ދުވަހު އުޅެންޖެހުމުން ކަންބޮޑުވެވޭނެއެވެ. ބައެއް ޙާލަތުގައި މާޔޫސްވެސް ވެވިދާނެއެވެ. ޑޮކްޓަރުން އުންމީދުކަނޑައިލުމުން ލިބޭ މާޔޫސްކަން އިތުރުވެސްވާނެއެވެ. އެޙާލަތުގައި ޝިފާ ދެއްވެވުން އެދިގެން ދުޢާކުރުން ގިނަކުރަން ބުނުމުން ބައެއް މީހުންނަށް އެކަން ޤަބޫލެއް ނުކުރެވެއެވެ. އެކަމުގެ ބޭނުމަކީ ނުވަތަ ކުރާނެ ފައިދާއަކީ ކޮބައިތޯ؟ ސުވާލު އުފެދެއެވެ.

މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން ކުރިމަތިވާ ޙާލަތެކެވެ. ކުރިމަތިކުރުވާ ސުވާލެއްވެސްމެއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ބޭނުންވާ ކޮންމެ ކަމަކަށްވެސް ސުވާލުކުރަންވީއެވެ. ކިޔުންތެރިންގެ ސުވާލުތަކަށް ޖަވާބުދޭން މަސައްކަތްކުރާނަމުއެވެ. އިން ޝާ ﷲ

ތިރީގައި އެވަނީ އެފަދަ ސުވާލަކަށް އިމާމް މުފްތީ މެންކް ދެއްވާފައިވާ ވަރަށް ފުރިހަމަ ޖަވާބެއްކަމަށް ދެކެމެވެ. މިލިޔުން ވިދާޅުވުމަށްފަހުގައިވެސް ސުވާލެއް އޮތްނަމަ ކޮށްލައްވާށެވެ! އިތުރަށް އެހީތެރިވެދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ

ބައެއް މީހުން ސުވާލުކުރެއެވެ. "އެކަމެއް ނުވާނެކަން އެނގޭ ކަންކަމުގަ ދުޢާކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ މިސާލަކަށް ގަދަނުވާނެކަން އެނގޭ ބަލިމީހުންނަށް ޝިފާ ދެއްވެވުން އެދި ފަދަ.."

ޖަވާބަކީ ނުވާނެކަން އެނގޭ އެއްވެސް ކަމެއް ނެތެވެ. ސަބަބަކީ ﷲ ތަޢާލާ އެކަމެއް ހިންމަވައި ދެއްވެވުމުން ނުވާނެ އެއްވެސް ކަމެއް ނެތުމެވެ.

ދެވަނައީ ބަލިން ގަދަކުރެއްވެވުން ވެސް ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ޑޮކްޓަރުން ގަދަނުވާނެ ކަމަށް ބުނި ކިތައް މީހުން ގަދަވޭ ހެއްޔެވެ؟ ކުރު މުއްދަތެއްގައި މަރުވާނެކަމަށް ޑޮކްޓަރުން ބުނާ ކިތައް މީހުން އެތައް އަހަރުތަކެއް ވަންދެން ދުނިޔޭގައި ތިބޭ ހެއްޔެވެ؟ އަދި ބޮޑެތި ބަލިތަކާއިއެކި ކިތައް މީހުން އެއްވެސް އުނދަގުލެއް ނެތި ދުނިޔޭގައި އުޅޭ ހެއްޔެވެ؟

މިފަދަ ކޮންމެ ކަމަކުން އެނގިގެންދަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ އެކަލާނގެއަށް ކަމެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ ކަމެއްގައިވެސް އެކަލާނގެ ޙަޟްރަތުން ވާގިއެދުމަށެވެ. ވާގި އެދުމަކީ ދުޢާކުރުންމަތީގައި ދެމިހުރުމެވެ.

ދުޢާކުރާ ކޮންމެ ކަމެއް، އެމީހާ އެދުނު ގޮތަށް ހިންމަވައި ނުދެއްވަވައިފާނެއެވެ. ޔަޤީންކުރަންވީ ކަމަކީ ކުރާ ކޮންމެ ދުޢާއެއްގެ އަޑު އައްސަވައިވޮޑިގެންވާ ކަމެވެ. ޢިޖާބަކުރައްވަވާނެ ކަމެވެ. ވީމާ މިވެނިކަމަކީ ނުވާނެ ކަމެއް ކަމަށް ހީވެސް ނުކުރާށެވެ! ކޮންމެ ކަމަކީވެސް އެކަލާނގެ ހިންމަވައި ދެއްވައިފިނަމަ ވާނެ ކަމެކެވެ. އެކަލާނގެއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް