އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ފަހު ޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން އެއް ޢަލާމާތަކީ ކީރިތި ޤުރްއާނަށް، އެފޮތުގައިވާ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ބިރެއްނެތި ވެރިންނާއި ބާރުގަދަ މީހުން ބޭނުންވާ ގޮތަށް ބަދަލުކުރުމެވެ. މީސްތަކުންގެ ރުހުމާއި ތާއީދު ހޯދުމަށްޓަކައި އަމިއްލައަށް ފެންނަހައި ގޮތަކަށް ޤާނޫނުތައް ހަދައި ޢަމަލުކުރުމެވެ.
މިކަމުންވެސް އަންގައިދެނީ ﷲ ތަޢާލާ އާއިމެދު އޮންނަންޖެހޭ ބިރުވެތިކަން އެމީހުންގެ ހިތްތަކުން ނެތިގެންދާކަމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުމަށްވުރެ އެމީހުންނަށް މުހިންމުވަނީ އެމީހުންނަށް އާރާއިބާރުލިބުންކަމެވެ.
މިފަދައިން ޢަމަލުކުރާ މީހުންނަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވައި ނިކަމެތިކުރައްވަވާނެކަމާއި އެމީހުން ނިކަމެތިވެގެންދަންދެން އެގޮތުގައި ދެމިތިބޭނެކަންވެސް އެނގެން އެބައޮތެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން
މިއީވެސް ހާމައަށް މިއަދު ފެންނަމުން އަންނަ ކަމެކެވެ. ދައްކަނީ ކީރިތި ޤުރްއާނާއި އިސްލާމް ދީނުގެ މަތިވެރިކަމުގެ ވާހަކައެވެ. ﷲ ތަޢާލާއަށް އީމާންވެ ކިޔަމަންތެރިވުމުގެ ވާހަކައެވެ. މިސްލިމް ޤައުމުތަކުގައި ކީރިތި ޤުރްއާނަށް ޢަމަލު ނުކުރުން މިދަނީ ކޮންމެ ދުވަހަކުހެން އިތުރުވަމުންނެވެ.
Advertisement
13 މެއި 2025