އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު
ކައިވެނިކުރާއިރު ބެލުން އެންމެ މުހިންމު އެއް ކަމަކީ އެއަންހެނަކާއިއެކު ދިރިއުޅެން ކުރަންޖެހޭނެ ޚަރަދު ކުރުމުގެ ފެންވަރު ތިމާގެ ކިބައިގައި އެބަހުރި ކަމެވެ. ކޮންމެ އަންހެނަކާއި ކައިވެނިކުރިނަމަވެސް ކުރަންޖެހޭނެ ޚަރަދުތަކެއް ހުންނާނެއެވެ. ތަފާތަކީ ލިބޭމިންވަރުން ފުއްދައިގެން އުޅޭނެ އަންހެނުންނާއި ކޮންމެހެން ކުރަން ނުޖެހޭ ޚަރަދުތައް ކުރަން ބޭނުންވާ އަންހެނުންގެ ތަފާތެވެ.
މިޘާލަކަށް ބުނާނަމަ ގިނަ ފިރިހެނުންނަށް ކަމުދަނީ ކޮންމެ ހަފްތާއަކު ސެލޫނަށް ދާންޖެހޭ، ކަސްރަތަށް އަމިއްލައަށް މަސައްކަތްކުރުމުގައި ޖިމަށްދާންޖެހޭ، އަދި އިންތިހާއަށް ބޮޑަށް މޭކަޕްކޮށްގެން ތިބޭ އަންހެނުންނެވެ. ރެސްޓޯރަންޓްތަކުން ކާން ބޭނުންވާ އަންހެނުންނެވެ. ކެއްކުމުގެ ބަދަލުގައި އޯޑަރުކޮށްލައިގެން ކާތަކެތި ގެނުވަން ބޭނުންވާ އަންހެނުންނެވެ.
ދެމީހުން ލޯބިވެގެން އުޅޭއިރު މިކަންކަން މައްސަލައަކަށް ނުވެއެވެ. މައްސަލައަކަށް މިވަނީ ކައިވެނިކޮށް އެކުގައި ދިރިއުޅެން ފެށުމުންނެވެ. ކޮންމެ ދުވަހަކު ހުރިހާ ޚަރަދުތަކެއް އަމިއްލަ ޖީބުން ކުރަންޖެހުމުންނެވެ. މަހުގެ 10 އަށް ނާރަނީސް ލިބުނު މުސާރަކޮޅު ހުސްވާން ފެށުމުންނެވެ.
ލޮބުވެތި އެކުވެރިންނޭވެ! މިބުނި ސިފަތައް ހުންނަ އަންހެނަކާއި ކައިވެނިކުރަންޖެހޭނީ ކައިވެނިކުރުމަށްފަހު ޖީބަށް ބާރުބޮޑުވާނެކަން ޤަބޫލުކޮށްގެންނެވެ. އެކަމަށް ނުވިސްނައި ކައިވެނިކުރުމަށްފަހު ކުރަން ޖެހޭ ޚަރަދުތައް ބޮޑުވެގެން އަމިއްލައަތުން އަމިއްލަ އަތުން އަމިއްލަ ބޮލުގައި ތެޅުމަކުން ބުލަށް ތަދުވުން ނޫންކަމެއް ނުވާނެއެވެ.
ވީމާ ކައިވެނިކުރުމުގެ ކުރިން އަނބިމީހާއަށް ކުރަންޖެހޭނެ ޚަރަދުތަކަށް ވިސްނާށެވެ! ޖީބަށް ކުޅަދާނެވާވަރަށް ޚަރަދުކުރުމުން ފުއްދައިގެން އުޅޭނެ އަންތބަކު ހޯދާށެވެ! ރީތިކަން ކިރައި ވަޒަންކުރާއިރު އެންމެ ގިނަ މާކްސް ދޭންވާނީ އަނބިމީހާގެ ފުދުންތެރިކަމަށެވެ. މީގެ މާނައަކީ ތިބާއަށް ލިބޭ މިންވަރުން ދެކޮޅު ޖައްސައިގެން އުޅުމެވެ. އެފަދަ އަންހެނަކަށްވުރެ ރީތި އަންހެނަކު ހުރެގެން ނުވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން
Advertisement
13 މެއި 2025