އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސްވިމިންގ ޓްރެކްގެ މަސައްކަތް ފެށޭނެ: ކުޅިވަރާއިބެހޭ ވަޒީރު

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސްވިމިންގ ޓްރެކްގެ މަސައްކަތް ފެށޭނެ: ކުޅިވަރާއިބެހޭ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސްވިމިންގ ޓްރެކްގެ މަސައްކަތް ފެށޭނެކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ދުޅަހެޔޮ ހަށިހެޔޮ ޢީދުގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ މެޗުތައް ކުރިއަށް ދިޔަ ވަގުތު ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު މިހާރު އޮތް ޙާލަތުން އަރައިގަތުމަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި ކަމަށާއި އަދުގެ ސަރުކާރުން އެކަންކަމަށް އިސްކަންދީ ކުޅިވަރު ތަރައްޤީ ކުރުމަށް ޚާއްޞަ އިސްކަމެއްދޭނެ ކަމަށެވެ.

ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށްވާ އިރު، މޫދު ކުޅިވަރުތަކުން ޚާއްޞަކޮށް ފެތުމުގެ އިވެންޓުތަކުން ރާއްޖެއަށް 'ރަން ވަނަ' ހޯދައިދެއްވުމަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) ވަރަށް އިސްކަންދެއްވާ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ފެތުންތެރިން ބޭރުގެ މުބާރާތްތަކަށް ދާއިރު، އަބަދުވެސް އެންމެބޮޑަށް އިވޭ އަޑަކީ "ފަތާނެ ފެންގަނޑެއްނެތް ވާހަކަ ކަމަށާއި އެހެންނަމަވެސް އެ ހުވަފެން ވަރަށް އަވަހަށް ޙަޤީޤަތަކަށްވާނެކަމުގެ ފެހި ސިގްނަލް ދެއްވަމުން ކުޅިވަރާއިބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސްވިމިންގ ޕޫލް ނުވަތަ ފަތާ ފެންގަނޑުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް