އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިތަންމެ ސިއްރުން ކުރިޔަސް ތިބާގެ ހުރިހާ ޢަމަލުތަކެއް ﷲ ގެ ޙަޟްރަތަށް އުފުލޭނެކަން ޔަޤީން ނުކުރެވޭ މީހުންނަށް އެމީހުން ގެންގުޅޭ ސްމާޓް ފޯނުގެ ޙަޤީޤަތްވެސް ނުއެނގެނީތަ؟: މުފްތީ މެންކް

ކިތަންމެ ސިއްރުން ކުރިޔަސް ތިބާގެ ހުރިހާ ޢަމަލުތަކެއް ﷲ ގެ ޙަޟްރަތަށް އުފުލޭނެކަން ޔަޤީން ނުކުރެވޭ މީހުންނަށް އެމީހުން ގެންގުޅޭ ސްމާޓް ފޯނުގެ ޙަޤީޤަތްވެސް ނުއެނގެނީތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ޤަބޫލުކުރަން ކިތަންމެ ބޭނުންނުވި ނަމަވެސް ޙަޤީޤަތް ޖެހޭނީ ޤަބޫލުކުރާށެވެ! ޙަޤީޤަތް ޤަބޫލުނުކުރަނީ ސިކުނޑީގައި މައްސަލަތަކެއް ހުންނާތީއެވެ. ވިސްނުމުން ބައެއް އުނިވެފައިވާތީއެވެ. ވީމާ ރަނގަޅަށް ވިސްނާށެވެ.

ތިބާ ކުރާ ކިތަންމެ ކުޑަ ޢަމަލެއްވިޔަސް އަދި ދުލުން ބުނާ ކިތަންމެ ކުޑަކުޑަ ބަހެއްވިޔަސް ތިބާގެ ޢަމަލުތައް ލިޔުއްވަވާ ފަތުގައި ލިޔުއްވެވޭނެ ވާހަކަ ބުނީމާ އެކަން ޔަޤީން ނުކުރެވޭ ބައަކު އުޅެއެވެ. އަދި މުޅި ޢުމުރުގައި ކުރާ ހުރިހާ ކަމަކާއި ބުނެވޭހައި ބަސްތައް ލިޔެވިފައިވާ ފަތް ޤިޔާމަތް ދުވަހު އެމީހެއްގެ އަތަށް ދެއްވަވާނެ ކަމަށާއި ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނުމުން ޝައްކުކުރާ ބައަކުވެސް އުޅެއެވެ.

އެހެންވެ ޤިޔާމަތް ދުވަހު އެމީހާގެ ހިސާބު ބައްލަވާއިރު އެމީހަކު ކުޅަ އަމަލުތަކުގެ ފަތް ފުރިހަމަވާނެ ކަމާއިމެދު ބައެއް މީހުން ސުވާލު އުފައްދައެވެ. ތިމާ ކުރި ހުރިހާ އަމަލުތަކެއް ހަމަ އެފަތުގައި ލިޔެވި ރެކޯޑް ކުރެވިފައިވާނެ ކަމާއިމެދުގައެވެ.

އަހުރެން ބުނެލަން އޮތީ އެފަދަ މީހުންނަށް އެމީހުން މިއަދު އެގެންގުޅޭ ސްމާޓް ފޯނުން އެކަމުގެ ހެކި ލިބިގެންދާނެއެވެ. ޖަވާބުވެސް ލިބިގެންދާނެއެވެ. އެމީހަކު ފޯނުން ކުރި ހުރިހާ މުޢާމަލާތެއް ނުއެނގޭ ހެއްޔެވެ؟ އެންމެ ކުޑަމިނުން ވަދެފައި ހުރި ހުރިހާ ވެބްސައިޓުތަކެއް ނުއެނގޭ ހެއްޔެވެ؟ ފޯނުގެ ސިމްކާޑުން ބޭނުންކުރެވިފައިވާ ކަންކަމާއި ފުރިފައިވާ މިންވަރާއި ބޭނުން ނުކުރެވި ބާކީ ޖާގަހުރިވަރު ނުއެނގޭ ހެއްޔެވެ؟

މިހެންގޮސް ނުއެނގެނީ ކޮން ކަމެއް ހެއްޔެވެ؟ އެމީހަކު ރުހުނު ނަމަވެސް ނުރުހުނު ނަމަވެސް އެމީހާގެ ފޯނު ހުޅުވޭ ކޮންމެ މީހަކަށް މި ހުރިހާ މައުލޫމާތުތަކެއް ނުހަނު ފަސޭހަކަމާއިއެކު ހޯދިދާނެއެވެ. އަދި ކީއްހެއްޔެވެ؟ ޑިލީޓްކޮށްފައި ހުންނަ ބައިވެސް ހޯދެނެއެވެ. އެކަންކަމުން މިއެނގެނީ ފޯނުން ކުރާ އެއްވެސް ކަމެއް ސިއްރު ނުކުރެވޭނެކަން ނޫންހެއްޔެވެ؟

މިހުރިހާ ކަންކަން މިކުރެވެނީ ﷲ ތަޢާލާ ދެއްވެވި ޢިލްމު ބޭނުންކޮށްގެން އިންސާނުން އުފެއްދި ދާދި ކުޑަކުޑަ ވަސީލަތަކުންނެވެ. ވީއިރު އެންމެހައި ޢިލްމުތަކެއް އުފެއްދެވި މިލްކުވެރިފަރާތް، ﷲ ތައާލާއަށް ތިބާ ކުރާ އަމަލުތަކުގެ ރެކޯޑް، ފަތް އެންމެ ފުރިހަމައަށް ލިބިވޮޑިގަތުން އެއްވެސް ކަމަކަށް ވާނެ ކަމަށް ޤަބޫލުކުރަނީ ހެއްޔެވެ؟ ވީމާ "ތިބާ ދުނިޔޭގައި ހޭދަކުރީ މިތައަ ދުވަސް، މިތައް މިނިޓް، މިތައް ސިކުންތު، ތިބާ ކުރި ހެޔޮ އަމަލުތަކަކީ މިއީ. ކުރި ނުބައި ކަންކަން މިހިރީ. ނަތީޖާ މިއޮތީ!" ކަނޑައެޅުއްވެވުން ވާނީ ކިހައި ފަސޭހަފުޅު ކަމަކަށް ހެއްޔެވެ؟

މީސްތަކުންނޭވެ! ބޮޑު ހިލައެއްގެ އެންމެ އެތެރޭގައި ފޮރުވިފައި އޮންނަ ޒަރެއްގެ މިންވަރުގެ ކުޑަކުޑަ، މީސްތަކުންގެ ހަމަލޮލަށް ނުފެންނަވަރުގެ އެތިކޮޅުވެސް ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާއަށް އެއްވެސް ކަމެއް ސިއްރު ކުރެވޭނެ ކަމަށް ހީނުކުރާށެވެ! ތިބާގެ ފަތުގައި ނުލިޔުއްވެވޭނެ ކަމަށް ހީކޮށް ހަމަ އެއްވެސް ކަމެއް ނުކުރާށެވެ! އެކަންކަމުގެ މަތިން ތިބާ ހަނދާންވެސް ނެތިދާނެއެވެ. ނަމަވެސް ތިބާ ދިރިހުރެ ކުރާ ހުރިހާ ކަމެއް ޤިޔާމަތް ދުވަހު ތިބާގެ ކުރިމަތީގައި އަތުރައލިވޭނެއެވެ. އެކަންކަން އަމިއްލައަށް ހެކިދޭނެއެވެ. އެކަންކަން ކުރި ތިބާގެ ގުނަވަންތައްވެސް ހެކިދޭނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް