އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަކާތް ނުދެއްކި އޮއްވައި މަރުވެއްޖެނަމަ އެމީހާގެ ފައިސާ ވާރިސުންގެ މެދުގަ ބެހުމުގެ ކުރިން ޒަކާތް ދައްކަންޖެހޭނެ!

ޒަކާތް ނުދެއްކި އޮއްވައި މަރުވެއްޖެނަމަ އެމީހާގެ ފައިސާ ވާރިސުންގެ މެދުގަ ބެހުމުގެ ކުރިން ޒަކާތް ދައްކަންޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

މީހަކު މަރުވާއިރު އެމީހާގެ އެކައުންޓުގައި ސޭވްކޮށްފަ ހުންނަ ފައިސާއިން ޒަކާތް ނެރެންޖެހޭނެތޯ؟ ކިޔުންތެރިން ސުވާލުކުރައްވަމުން ގެންދަވާތީ ޖަވާބު ބަޔާންކުރަން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ

ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޖަވާބު:

މީހަކު މަރުވާއިރު އޭނާގެ އެކައުންޓުގައި ޒަކާތުގެ ނިޞާބަށްވުރެ އިތުރަށް ފައިސާހުރެފައި މަރުވުމުގެ ކުރިން ޒަކާތް ނުދެއްކި އޮވެއްޖެ ނަމަ ޢަމަލު ކުރަންޖެހޭނެ ގޮތަކީ، ވާރިސުންގެ މެދުގައި އެފައިސާ ބެހުމުގެ ކުރިން އެއިން މުދަލު ޒަކާތަށް ވާޖިބުވެގެންވާ ބައި ނެރުމެވެ.

ސަބަބަކީ އެއީ ﷲ ގެޙައްޤަކަށްވުމެވެ. އެއީ ﷲ އަށްޓަކައި އަދާކުރަންޖެހޭ ދަރަންޏެކެވެ. މިގޮތަށް ޒަކާތަށްވީ ބައި ނެރުމަށް ފަހު، ބާކީ ހުންނަ ފައިސާ ވާރިސުންގެ މެދުގައި، ޝަރުޢީ ހަމަތަކުގެ މަތިން ބަހާނީއެވެ.

މިޖަވާބުން އެޙާލަތުގައި ޢަމަލުކުރަންޖެހޭ ގޮތް އެނގިގެންދެއެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ނަމަވެސް އެމީހާއަށް ޒަކާތް ނުދެއްކިވަނިކޮށް މަރުވެއްޖެނަމަ އެމީހަކަށް ނުދެއްކޭނެއެވެ. ދެން އެކަންކުރަންޖެހޭނީ ވާރިސުންނަށެވެ. ވާރިސުން އެކަން ނުކުރިނަމަ އެކަމުގެ ޒިންމާ ނަގަންޖެހޭނީ ވާރިސުންނަށެވެ. ކޮންމެ ގޮތެއް ވިޔަސް ﷲ ތަޢާލާގެ ޙައްޤު ޖެހޭނީ ނެރެ އަދާކުރާށެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް