އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރްސި ކިޔެވުމުން ލިބޭ ފައިދާތައް ގިނައިރު މަރުވެފައިވާ މައިންބަފައިންގެ މައްޗަށް ރަޙްމަތްލެއްވުންއެދި ކުރްސި ކިޔަވާނަމަ އެމީހުންގެ ކަށްވަޅުގައި ނޫރެއް ލެއްވެވުންވެސް ހިމެނޭ!

ކުރްސި ކިޔެވުމުން ލިބޭ ފައިދާތައް ގިނައިރު މަރުވެފައިވާ މައިންބަފައިންގެ މައްޗަށް ރަޙްމަތްލެއްވުންއެދި ކުރްސި ކިޔަވާނަމަ އެމީހުންގެ ކަށްވަޅުގައި ނޫރެއް ލެއްވެވުންވެސް ހިމެނޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 33 ސިކުންތު

އާޔަތުލްކުރުސި ކިޔެވުމުން ލިބޭ ފައިދާތަކުގެ ވާހަކަ ވަރަށް ގިނައިން ލިޔެވެއެވެ. މިއީވެސް ހަމައެފަދަ ލިޔުމެކެވެ. މިލިޔުމުގައި ބަޔާންކޮށްފައިވާ ފައިދާތަކުގެ ތެރޭގައި ޢާންމުކޮށް ގިނަ ބައަކަށް ނުއެނގޭ ކަމެއް އެބަ ހިމެނެއެވެ. އެއީ އާދަކޮށް ކުރްސި ކިޔަވާ މީހަކަށް މަރުގެ ސަކަރާތްތައް ކުޑަވެގެންދާކަމާއި އަހަރެމެންނާއި ވަކިވެ ގޮސްފައިވާ މުސްލިމުންގެ މައްޗަށް ރަޙްމަތްލެއްވުންއެދި ކުރްސި ކިޔަވާނަމަ އެމީހުންގެ ކަށްވަޅުގައި ނޫރެއް ލައްވާނެ ކަމެވެ. 

މިއީ ކޮންފަދަ މުހިންމު ދެކަންތައް ހެއްޔެވެ؟ އާދަކޮށް ކުރްސި ކިޔަވާނަމަ އެމީހަކަށް މަރުގެ ސަކަރާތްތައް ކުޑަވެގެންއެބަދެއެވެ. އަދި  އަހަރެމެންނާއި ވަކިވެ ގޮސްފައިވާ މުސްލިމުންގެ މައްޗަށް ރަޙްމަތްލެއްވުންއެދި ކުރްސި ކިޔަވާނަމަ އެމީހުންގެ ކަށްވަޅުގައި ނޫރެއް ލައްވަވައެވެ. 

އެހެންކަމަށްވާއިރު މަރުވެފައިވާ އަހުރެމެންގެ މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް އަދި އެކުވެރިންނަށްޓަކައިވެސް އެމީހުންނަށް ރަޙްމަތް ލެއްވެވުން އެދިގެން މިއީ ކުރަން ކިހައި ފައިދާހުރި ކަމެއް ހެއްޔެވެ؟ އެމީހުންގެ ކައްވަޅު އަލިވެގެން ދިއުމަކީ އެމީހުންނަށް ކިހައިބޮޑު ރަޙްމަތަކަށް ވެގެންދާނެ ހެއްޔެވެ؟ 

ވިސްނުންތެރިކަމާއިއެކު ލިޔުން ވިދާޅުވެލައްވާށެވެ! 

އާޔަތުލް ކުރްސިއަކީ އެތައް މުސްލިމުންނެއް އޭގެ މާތްކަމާއިބަރަކާތްލިބިގަންނަ އާޔަތެކެވެ. މިއީ ކީރިތި ޤުރުއާނުގައި އާޔަތަކަށް ޚާއްސަ ނަމެއްދެވިފައިވާ ހަމައެކަނި އާޔަތެވެ. މިއާޔަތް ބަވާލެއްވުނީ ހިޖުރައިގެފަހުންނެވެ. މިއާޔަތް ބާވައިލެއްވުމުން ލައުނަތް ލެއްވިގެންވާ ޝައިޠާނާވަރަށް ހާސްވެ ކަންބޮޑުވާންޖެހުނެވެ. އެއީ މިއާޔަތަކީ އޭނާގެމަގުފުރެދުމުން މުއުމިންތަކުން ސަލާމަތްކުރުމަށް ﷲ ދެއްވާފައިވާހަތިޔާރަކަށްވާތީއެވެ. މިއާޔަތް ބާވައިލެއްވުމާއެކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޒައިދްބިން ސާބިތުއަށް މިއާޔަތްތައް ލިޔެ މީގެ މުހިއްމުކަން މީސްތަކުންނަށްއަންގައިދިނުމަށް ގޮވާލެއްވިއެވެ. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ.  " ޤުރުއާނަކީ މަތިވެރި ބަސްފުޅެކެވެ. ބަޤަރާ ސޫރަތަކީ ކީރިތި ޤުރުއާންގެއެންމެ މަތިވެރި ސޫރަތެވެ. އަދި އާޔަތުލް ކުރްސިއަކީ ބަޤަރާ ސޫރަތުގެއެންމެ ބަރަކާތްތެރި އާޔަތެވެ. އާޔަތުލް ކުރްސީގައި 50 އަކުރު ވެއެވެ. މިއިން ކޮންމެ އަކުރަކަށް 50 ހެޔޮކަން ވެއެވެ." 

ކޮންމެ ފަރުޟު ނަމާދަކަށްފަހު އާޔަތުލް ކުރްސި ކިޔަވާ މީހަކާ ސުވަރުގެއާދެމެދު އެއްވެސް ހުރަހެއް ނެތެވެ. މީހަކު ހެނދުނާއި ހަވީރު ކުރްސިކިޔައިފިނަމަ އޭނާގެ ރައްކާތެރިކަމުގައި މަލާއިކަތަކުވެއެވެ. އާދަކޮށްކުރްސި ކިޔަވާ މީހަކަށް މަރުގެ ސަކަރާތްތައް ކުޑަވެގެންދެއެވެ. އަހަރެމެންނާ ވަކިވެ ގޮސްފައިވާ މުސްލިމުންގެ މައްޗަށް ރަޙްމަތްލެއްވުންއެދި ކުރްސި ކިޔަވާނަމަ އެމީހުންގެ ކަށްވަޅުގައި ނޫރެއް ލައްވާނެއެވެ. 

ނިދުމުގެ ކުރިން އާޔަތުލް ކުރްސި ކިޔައިފިނަމަ ހެދުނުވަންދެން އޭނާގެނަފްސާއި ދަރިންނާއި ގެ ﷲ ގެ ރައްކާތެރިކަމުގައި ލައްވާނެއެވެ. ގޭގައިއެކަނިވުމުގެ ސަބަބުން ހިތްބިރުގަންނަ ގޮތް ވެއްޖެނަމަ ކުރްސި ކިޔަންއާދަކުރާށެވެ. އޭރުން ތިމާގެ ހިތުން ބިރުވެރިކަން ފިލައިގެންދާ ހުއްޓެވެ. ވުޟޫކުރުމަށްފަހު އާޔަތުލް ކުރްސި ކިޔާމީހާއަށް 40 އަހަރުގެ ހެޔޮކަންދެއްވައި ސުވަރުގޭގައި އޭނާގެ ދަރަޖަ 40 ގުނައަށް އުފުއްލަވާނެތެވެ.

ދަތި އުދަނގޫ ކަމަކާ ދިމާވާ ހިނދު ކުރްސި ކިޔާނަމަ މާތްﷲގެ އިރާދަފުޅާއެކު އޭނާގެ ދަތިކަން ފިއްލަވާނެއެވެ. ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވާގޮތުގައި ބަޤަރާ ސޫރަތުގެ ފުރަތަމަ 4 އާޔަތާއި އާޔަތުލް ކުރްސި އަދި ބަޤަރާ ސޫރަތުގެ ފަހު 3 އާޔަތް ކިޔަވައިފިނަމައެމީހަކު ވާނީ ހުރިހާ މުސީބާތަކުން ސަލާމަތްވެގެންނެވެ. އަދި އޭނާވާނީޝައިޠާނާގެ އަމަލުތަކުން ސަލާމަތްވެގެންނެވެ. މީގެ އިތުރުން ހުކުރުދުވަހު12 ފަހަރު އާޔަތުލް ކުރްސި ކިޔާ އޭގެފަހުން 2 ރަކްއަތް ނަމާދުކޮށްފިނަމައެމީހަކު އިބްލީސް އުދަނގުލުން ސަލާމަތްވާނެއެވެ.

އާޔަތުލް ކުރްސި ލިޔެފައި ހުންނަ ފަށުފޫ ފަދަ ތަކެތި އެއްވެސް ގޮތަކަށްގައިގައި އަޅައިގެންނުވާނެއެވެ. އަދި ނިދާއިރު ބާލީސްދަށަށް ލުމަކީ ވެސްހުއްދަކަމެއް ނޫނެވެ. ސަބަބަކީ ގަޟާ ހާޖަތްކުރާއިރުއާއި އޮށޯވެ އޮންނައިރު ﷲގެ އާޔަތްތައް ގައިދަށުވުމުގެ ސަބަބުން އެއަށް ކުރަންޖެހޭ އިހްތިރާމްނުކުރެވޭނެތީއެވެ.  

ތީރީގައި މިދަންނަވާ ސޫރަތްތައް / އާޔަތްތައް މިދަންނަވާ ގޮތަށް ކިއުން މިއީ އޮންނަކަމެއްތޯ؟  

1. އާޔަތުލް ކުރުސި (ކޮންމެ ފަރުލު ނަމާދެއްގަ ފަހުގަ އަދި ނިދަން އޮށޯވެ ނިދުމުގެ ކުރިން) 

2. ދުޚާން ސޫރަތް (ހެނދުނާއި ހަވީރު) - 70 ހާސް މަލާއިކަތުން އެމީހަކަށް ދުއާކޮށްދިނުން 

3. ހަޝްރު ސޫރަތުގެ ފަހު އާޔަތްތައް (ހެނދުނާއި ހަވީރު) - އެދުވަހު ނޫނީ އެރެއެއްގައި މަރުވެއްޖެނަމަ އެމީހަކަށް ސުވަރުގެ ހައްގުވުން. 

4. ޔާސީން ސޫރަތް (ހެނދުނު) - ޤުރުއާން 10 ފަހަރު ކިޔެވުމުގެ ސަވާބު ލިބޭތޯ  ނުވަތަ މިފަދަ އެހެންވެސް ފައިދާއެއް 

1. ވާގިއަތު ސޫރަތް (އަތްމަތި ދަތިކަމަށް) 

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކީރިތި ގުރްއާނުގެ ބައެއްސޫރަތް ތަކުގެ މާތްކަމާއި ބެހޭ ގޮތުން ވަރަށްގިނަ ޟަޢީފް ޙަދީޘް ތަކާއި މައުޟޫޢު ޙަދީޘްތައް ހުރެއެވެ. މައުޟޫޢު ޙަދީޘް އަކީ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށް މީސްތަކުން އަމިއްލަ އަށް ހަދާފައިވާ ޙަދީޘް ތަކެވެ. ވުމާއި އެކު މިކަމަށް ސަމާލުވުމަށް ނަޞޭޙަތްތެރިވާޙާލު ޖަވާބައިގެން ކުރިޔަށްދެވޭތޯ ބަލާނަމެވެ.

وباللهالتوفيقوالسداد.

ވާގިޢަތު ސޫރަތުގެ މާތްކަމާއިބެހޭ ގޮތުން އައިސްފައިވަނީ ޟަޢީފް (ބަލިކަށި) ޙަދީޘް އެކެވެ. އެޙަދީޘްގެ މާނައަކީ: "ކޮންމެރެއަކު ވާގިޢަތު ސޫރަތް ކިޔަވައިފިނަމަ އެމީހަކަށް އިތުރުކަމެއް ބޭނުމެއްނުވެއެވެ". މިޙަދީޘް އަކީ ޟަޢީފް ޙަދީޘް އެއް ކަމަށް ޝައިޚް އަލްބާނީ އަކަލޭގެފާނުގެ ސިލްސިލަތުލް އަޙާދީޘުއް ޟަޢީފާ ގައި ބަޔާން ކުރައްވާފައިވެއެވެ. 

ދުޚާން ސޫރަތުގެ މާތްކަމާއިބެހޭ ގޮތުން އައިސްފައިވާ އެއްވެސް ޙަދީޘް އެއް ޞައްޙަ ދަރަޖައަކަށް ނުދެއެވެ. ދުޚާން ސޫރަތުގެ މާތްކަމާއިބެހޭގޮތުން އައިސްފައިވާ ޙަދީޘް ތަކުގެ ތެރޭގައި: "ހުކުރުވިލޭރޭ ދުޚާން ސޫރަތް ކިޔަވައި މީހެއްގެ ފާފަ މާތް ﷲ ފުއްސަވާނެއެވެ. މިޙަދީޘްގެ ރާވީންގެ ތެރޭގައި ހިމެނޭ ހިޝާމް ބިން ޒިޔާދަކީ ބަލިކަށި މީހެއްކަމަށް ހުރިހާ މުހައްދިޘުން އިއްތިފާގުވެ ވަޑައިގަންނަވާ މީހެކެވެ. އަލްއިމާމު އިބްނު ޙައްބާން ވިދާޅުވަނީ ހިޝާމް ބިން ޒިޔާދަކީ މައުޟޫޢު ޙަދީޘް (އަމިއްލައަށް ހަދާފައިވާ ޙަދީޘް) ރިވާކުރާ މީހެއް ކަމަށެވެ. އަނެއްކަމަކީ މިޙަދީޘް ގެ ސަނަދުގައި (ޙަދީޘްގެ ރާވީން) އަންނަނީ ޙަސަނުލްބަޞްރީ އަބޫހުރައިރާގެ ކިބައިން ރިވާކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ޙަސަން އާއި އަބޫހުރައިރާ ދުވަހަކުވެސް ބައްދަލުވެފައެއް ނެތެވެ. އެހެންކަމުން ޙަސަނަށް އަބޫހުރައިރާގެ ކިބައިން އަޑުއިވިފައެއް ނޯންނާނެއެވެ. 

ދުޚާން ސޫރަތުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ދެވަނަ ޙަދީޘްގެ މާނައަކީ "ދުޚާން ސޫރަތް ހުކުރުވިލޭރޭ ނުވަތަ ހުކުރުދުވަހު ކިޔަވައިފި މީހަކަށް މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވާނެއެވެ". 

ޝައިޚް އަލްބާނީ ވިދާޅުވިއެވެ. މިޙަދީޘް އަކީ ވަރަށް ބޮޑަށް ބަލިކަށި ޙަދީޘް އެކެވެ.

އިބްނު ހިއްބާން ވިދާޅުވިއެވެ. މިޙަދީޘް ގެ ސަނަދުގައިވާ ފަޟާލް ބިން ޖުބައިރު ކިޔާ މީހަކީ ޙަދީޘް ހަދާ މީހެކެވެ. އޭނާއަކީ އެއްގޮތަކަށްވެސް ޙުއްޖަތަކަށް ބަލާވަރުގެ މީހެއްނޫނެވެ. 

ޙަޝްރު ސޫރަތުގެ ފަހުބައި ކިޔެވުން:

ހަޝްރު ސޫރަތުގެ ފަހު އާޔަތްތަކުގެ މާތް ކަމާއި ބެހޭ ގޮތުން ސުވާލުގައި އައިސްފައިވާ ކަންތައް ޘާބިތެއް ނުވެއެވެ. 

ޔާސީން ސޫރަތް:

ޔާސީން ސޫރަތުގެ މާތް ކަމާއި ބެހޭ ގޮތުން ޞައްޙަ ޙަދީޘެއް ވާރިދުވެފައި ނެތެވެ.

އިތުރަށް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަކީ ގުރްއާނުގެ ކޮންމެ ތަނެއް ކިޔެވި ނަމަވެސް އެއީ އަޅުކަމެކެވެ. އަދި މާތް ﷲ މަތިވެރި ޖަޒާ ދެއްވާނެ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

منقرأحرفامنكتاباللهفلهبهحسنةوالحسنةبعشرأمثالهالاأقولالمحرفولكنألفحرفولامحرفوميمحرف 

 "މާނައަކީ: "ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފިނަމަވެސް ހެޔޮކަމެއްވެއެވެ. ކޮންމެ ހެޔޮކަމެއް ދިހަގުނައަށް އިތުރު ކުރައްވައެވެ. المއެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭފާނު ވިދާޅެއް ނުވަމެވެ. އެހެންނަމަވެސް އަލިފަކީވެސް އަކުރެކެވެ. އަދި ލާމް އަކީ ވެސް އަކުރެކެވެ. އަދި މީމް އަކީ ވެސް އަކުރެކެވެ". والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް