އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޙްޝަރުގެ މައިދާނުގަ މީސްތަކުން ތިބޭ ވަޤުތު ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ މަދުމީހުންކޮޅުގެ ތެރޭގަ ހިމެނުމަށް ކުރަންޖެހޭ ޢަމަލާ ކުރަން އޮތް ދުޢާ!: މުފްތީ މެންކް

މަޙްޝަރުގެ މައިދާނުގަ މީސްތަކުން ތިބޭ ވަޤުތު ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާނެ މަދުމީހުންކޮޅުގެ ތެރޭގަ ހިމެނުމަށް ކުރަންޖެހޭ ޢަމަލާ ކުރަން އޮތް ދުޢާ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 42 ސިކުންތު

ޤިޔާމަތްދުވަހު މީސްތަކުން ވަރަށް ގިނަ ދަރަޖަތަކަށް ބެހިގެންދާނެއެވެ. އެއިގެ ތެރެއިން އެންމެ އަގުހުރި ނުވަތަ އެންމެ މުހިންމު ބައަކީ ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވައްދަވާ އަޅުންނެވެ. އެބައިގައި ހިމެނުމަކީ ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެކެވެ. ނަމަވެސް އެބައިގައި ހިމެނޭނީ ވަރަށް މަދު ބައެއްކެވެ.  

ކުރީ ދުވަހަކުވެސް މިވާހަދެއްކީމެވެ. މިއަދު މިދައްކަނީ އެދުވަހު ދެއްކި ވާހަކަތަކާއި ގުޅީގެން ގިނބައަކު ސުވާލުތައް ކޮށްފައިވާތީއެވެ.  

މީސްތަކުންނޭވެ! އެދުވަހު ވެސް އެންމެ ބާރުލައި ދެއްކީ ހިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވައްދަވާނެ އަޅުންގެތެރެއިން އެންމެ ފަސޭހައިން އެ މަތިވެރި ދަރަޖަ ޙާޞިލުކުރެވޭނެ ބާވަތުގެ މީހުންގެ ވާހަކައެވެ. 

އެމީހުންނަކީ އެމީހުންނަށް ކިތަންމެ ބޮޑު އުފަލެއް ލިބުނު ނަމަވެސް އަދި ކިތަންމެ ބޮޑު ދެރައެއް، ނިކަމެތިކަމެއް، ހިތްދަތިކަމެއް ލިބުނު ނަމަވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވާ އަޅުންނެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ޙާޞިލުކުރެވެން އޮތް ދަރަޖައެކެވެ. ކުރަންޖެހޭ ކަމަކީ ކުރިން މި ބަޔާންކުރި ފަދައިން ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ.  

ﷲ ތައާލާ ނިޢްމަތެއް މިންވަރުކުރައްވަވައިފިނަމަ ގިނަބައަކަށް ޝުކުރުވެރިވުން އުނދަގޫކަމަކަށް ނުވެއެވެ. ނަމަވެސް ހިތްދަތިކަމެއް މިންވަރުކުރައްވަވައިފިނަމަ ގިނަބައަކަށް އޮންނަނީ ހަމަ ޝުކުރުވެރިނުވެވިފައެވެ. ވީމާ މި މަތިވެރި ނިޢްމަތް ނުލިބި ފޭލްވެގެންދަނީއެވެ.  

މިސާލަކަށް އެމީހަކު ބޭނުންވާ މީހާ އާއި ކައިވެނިކުރެވިއްޖެނަމަ ޝުކުރުވެރިވެއެވެ. ނަމަވެސް ބޭނުންވާ މީހާ ނުލިބިއްޖެނަމަ އޮންނަނީ ޝުކުރުވެރި ނުވެވިފައެވެ. ދަރިއަކު ލިބުމުން ޝުކުރުވެރިވެއެވެ. ދަރިއަކު މަރުވުމުން ނުވަތަ ދަރިއަކު ލިބުން ލަސްވުމުން އޮންނަނީ ޝުކުރުވެރިނުވެވިފައެވެ.  

މީސްތަކުންނޭވެ! ޝުކުރުވެރިވާންވީ ހަމައެކަނި ތަނަވަސްކަން ލިބުމަކުން ނޫނެވެ! ތަނަވަސްކަން ގެއްލުމުންވެސް ޝުކުރުވެރިވާށެވެ! ޝުކުރުވެރިވާ ޙާލު އިތުރަށް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ކުރިންކުރިވަރަށްވުރެ އިތުރަށް މަސައްކަތްކުރާށެވެ! ޝުކުރުވެރިވުމަކ އެއީއެވެ.  

"‏ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ رَبِّ أَعُوذُ بِكَ مِنْ حَالِ أَهْلِ النَّارِ ‏"‏ ‏.‏ 

މިފަދަ ދުޢާތައް ކުރާށެވެ! މިދުޢާގައި ހމެނިގެންވާ މާނައީ ކޮންމެ ޙާލެއްގައިވެސް މިއަޅާ އިނބަ ﷲ އަށް ޙަމަދުކުރަމެވެ. އަދި ނަރަކައިގެ އަހުލުވެރިންނަށް ޖެހިފައިވާ ޙާލުން މިއަޅާ އިނބަ ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެމުއެވެ." 

دَّثَنَا عَلِيُّ بْنُ مُحَمَّدٍ، حَدَّثَنَا وَكِيعٌ، عَنْ مُوسَى بْنِ عُبَيْدَةَ، عَنْ مُحَمَّدِ بْنِ ثَابِتٍ، عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ ـ صلى الله عليه وسلم ـ كَانَ يَقُولُ ‏ "‏ الْحَمْدُ لِلَّهِ عَلَى كُلِّ حَالٍ رَبِّ أَعُوذُ بِكَ مِنْ حَالِ أَهْلِ النَّارِ ‏"‏ ‏.‏

 

- އިބްން މާޖާ : 3804

 

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް