އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު
ގޭތެރޭގައި ނުވަތަ އެހެންތަނެއްގައިނަމަވެސް ހިލޭ ފިރިހެނަކަށް ނުފެންނަ ގޮތަށް ހަމައެކަނި މަޙްރަމުންގެ ކުރިމަތީގައި އުޅޭއިރު ބުރުގާ ނުއަޅައި އަދި ކުރުހެދުން ލައިގެންވެސް އުޅެވިދާނެއެވެ. މިޘާލަކަށް ބޮޑު ސޯޓެއް ނުވަތަ ޓީޝާޓެއް ފަދަ އެއްޗެއް ލައިގެންވެސް އުޅެވިދާނެއެވެ. އެކަން ހުއްދައެވެ.
ނަމަވެސް މިއަދު ވިސްނާލުން މުހިންމު ކަމެއް އެބައޮތެވެ. އެއީ ހީވެސް ނުކުރެވޭ ފަދަ މީހުންގެ ކިބައިން ކަންކަން ކުރިމަތިވާ ކަމެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވޭ މީހުން ގިނަކަމެވެ. ގެވެށިއަނިޔާގެ މައްސަލަތައް ކުރިމަތިވަމުން މިދަނީ އެކަން އެގޮތަށް މެދުވެރިވާތީއެވެ.
ވީމާ މިއަދުގެ ޙާލަތަށްބަލާއިރު އެންމެ ރަނގަޅު ގޮތަކީ މަޙްރަމުންގެ ކުރިމަތީގައިވެސް އެކަށީގެންވާ ރަނގަނޅު މިންގަނޑަކަށް ނިވާވެގެން އުޅުމެވެ. ޝައިޠޯނާގެ ނުބައި ވަސްވާސްތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް އެއިރުން ވަރަށް ބޮޑުތަނުން މަދުވާނެއެވެ.
ކޮންމެ ކަމެއްގައިވެސް އިސްކަންދޭންވީ އެންމެ ރައްކައުތެރިކަންބޮޑު ގޮތަކަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެން އޮތީ އެކަމަށްޓަކައި ތިމާކުރަންޖެހޭ ކަންކަން ފުރިހަމަކުރުމާއިއެކުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
18 މެއި 2025