އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަޟާކުރަންޖެހޭ ރޯދަ ހުރިނަމަ ހިފުމަށް އަވަސްވެގަންނަންޖެހޭ ސަބަބު!

ޤަޟާކުރަންޖެހޭ ރޯދަ ހުރިނަމަ ހިފުމަށް އަވަސްވެގަންނަންޖެހޭ ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

މިއަހަރުގެވެސް ރަމަޟާން މަސް ނިމި ޝައްވާލް މަހުގެ 6 ރޯދަވެސް ހިފައި ނިމުނީއެވެ. އެހިސާބުން ރޯދަ ހިފުމުގެ މޫސުން ނިންމައިނުލާށެވެ! ހޯމަދުވަހާއި ބުރާސްފަތިދުވަހު ހިފުން ސުންނަތް ރޯދަތަކާއި އަދި ކޮންމެ ހަނދުމަހެއްގެ 13، 14، 15 ދުވަހު ހިފުން ސުންނަތްވެގެންވާ ރޯދަތައް ހިފުން ކުރިއަށް އެބަ އޮތެވެ! 

ދެން އެންމެ އަވަހަށް ބައްދަލުކުރާނެ ރޯދަފެސްޓިވަލަކީ ޛުލްޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ހިފާ ރޯދަތަކެވެ. އަހުރެންގެ އިލްތިމާސަކީ ޤަޟާށކުރަންޖެހޭ ރޯދަތައް ވީހައި އަވަހަކަށް ޤަޟާކޮށް ނިންމުމެވެ. ކޮންމެހެން ލަސްކުރަންޖެހޭ މަޤްބޫލް ޢުޛުރެއް ނެތްނަމަ ލަސްވެގެން ޛުލްޙައްޖު މަސް ބައްދަލުކުރުމުގެ ކުރިން ރަމަޟާން މަހުން ގެއްލިފައިވާ ރޯދަތައް ޤަޟާކޮށް ނިންމުމެވެ. 

ތިބާ ދުނިޔޭގައި ހުންނާނެކަން ތިބާއަށް އެނގޭނަމަ، ޔަޤީންވާނަމަ ޤަޟާކުރަންޖެހޭ ރޯދަތައް އެއަށްވުރެވެސް ފަސްކުރެވިދާނެއެވެ. ދެން އަންނަ ރޯދަމަހެއް ފެށެންވުމާއި ހަމައަށްވެސް ފަސްކުރެވިދާނެއެވެ. ތަކުރާރުކޮށްލާނަމެވެ. އެރޯދަތައް ހިފެން އޮވެމެ އެގޮތަށް ފަސްކުރަންވާނީ އެހައިތަނަށް ތިބާ ދުނިޔޭގައި ހުންނާނެކަން ތިބާއަށް އެނގޭނަމައެވެ! އެކަން ޔަޤީންވާނަމައެވެ! ނޫންނަމަ އޮތީ ގެއްލިފައިވާ ރޯދަތައް ވީހާއަވަހަކަށް ޤަޟާކޮށް ނިންމުމެވެ. އެއީ ޤަޟާނުކޮށް ހުއްޓައި މަރުވެދާނެކަމުގެ ބިރު އޮތުމުންނެވެ! އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ދަރަންޏަކަށްވެގެންދާނެތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް