އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު
އެސްޓީއޯއަށް ބަދަލުގެގޮތުގައި ހުޅުމާލެ ފޭސް 3 އިން ސާޅީސް ހާސް އަކަފޫޓުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިމާދު ވިދާޅުވި ގޮތުގައި، މި ބިން އެސްޓީއޯއަށް ލިބުނު ކަމުގެ ސިޓީ މިހާރުވަނީ ލިބިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ ބިމުގެ އެއްބަސްވުމުގައި ސޮއިކޮށް، އެ ބިން އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތަކެވެ.
"ކުރިއަށް އޮތް ހަފްތާއެއް ނޫނީ ދެތިން ހަފްތާ ތެރޭ އަޅުގަނޑުމެންނަށް އެކަން ހާސިލް ވެގެންދާނެ،" ޝިމާދު ވިދާޅުވިއެވެ.
ޖަލްސާގައި ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ޝިމާދު ހާމަކުރެއްވި ގޮތުގައި ފޭސް 3 އިން އެ ކުންފުންޏަށް ލިބޭ ބިމަކީ 40،000 އަކަފޫޓަށް ވުރެ ކުޑަ ނޫން ބިމެކެވެ.
މި ބިން ލިބެނީ ކުރިން ސީޓީ ހޮޓެލް ތަރައްޤީކުރުމަށް އެސްޓީއޯއަށް ދީފައިވާ ބިމުގެ ބަދަލުގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުންނެވެ. މި އެގްރީމަންޓްގެ ދަށުން ސަރުކާރުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން އިތުރު ދެ ބިމެއް އެސްޓީއޯއަށް ދިނުމަށް ނިންމަވާފައެވެ.
Advertisement
18 މެއި 2025