އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުވައްޒިފުންގެ ބޮލުގަ ޙައްޤުނޫން އިލްޒާމް އަޅުވައި ދެރަދިނުމަކީ ﷲ ތަޢާލާ އެމީހަކު ނިކަމެތިކުރައްވަވައިފާނެ ކަމެއް!

މުވައްޒިފުންގެ ބޮލުގަ ޙައްޤުނޫން އިލްޒާމް އަޅުވައި ދެރަދިނުމަކީ ﷲ ތަޢާލާ އެމީހަކު ނިކަމެތިކުރައްވަވައިފާނެ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

މަސައްކަތުގެ މާޙައުލުގައިވެސް އަދި ގޭތެރޭގައިވެސް ވަރަށް ގިނައިން ދިމާވާ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ތިމާ ގެންގުޅޭ އެއްޗެތި ބޭއްވުނުތަން ހަނދާން ނެތުމުން ނުވަތަ ތިމާގެ ފަރުވާކުޑަކަމުން ގެއްލުމުން ގެންގުޅޭ ނޯކަރުންގެ ބޮލުގައި އެޅުވުމެވެ.  

މިފަދަ ކަންކަމާއި ގުޅިގެން ނޯކަރުންނަށް އިހާނެތި ބަސްތައް ބުނެ ވަޒީފާއިން ވަކިކުރުން ފަދަ ކަންކަންވެސް ކުރެއެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ކޮންމެ މަސައްކަތެއް ކުރިނަމަވެސް ވަޒީފާ އަދާކުރާނީ ނިކަމެތިންނެވެ. ވަޒީފާ އަދާނުކޮށް ދިރިއުޅެވެން ނެތުމުންނެވެ.  

ނިކަމެތި ޙާލުގައި ލައްވަވާފައިވާ މީހުން އެޙާލަތުގައި ލައްވަވާފައި އެވަނީ އެމީހުންނަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާތީއެއް ނޫނެވެ. ނިކަމެތި ޙާލުގައި އުޅޭ ކިތައް ހާސް މީހުންނަށް ފަހުން ތަނަވަސްކަން ދެއްވަވާ ހެއްޔެވެ؟ ވީމާ ނިކަމެތި ޙާލުގައި އުޅެންޖެހުމަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. ހަމައެފަދައިން އެމީހުން ތިބާގެ ގާތުގައި ނޯކިރީކުރަން އިރާދަކުރައްވަވަނީވެސް ﷲ ތަޢާލާއެވެ. އެއީ ތިބާ އެމީހުންނާއިމެދު ޢަމަލުކުރާ ގޮތް އިމްތިޙާންކުރެއްވެވުމަށެވެ.  

ވީމާ ކުރެވޭ ޝައްކުގެ މައްޗަށް ނޯކަރުންނަށް ނުބައިބަސް ނުބުނާށެވެ. ވަޒީފާއިން ވަކިނުކުރާށެވެ. ޝައްކުކުރެވޭ ކަމެއް ފެނިއްޖެނަމަ ފުރަތަމަ ކަމަކަށް އެކަން ޔަޤީންކުރާށެވެ. ކުށްވެރިވާނަމަ ދޭންޖެހޭ އަދަބެއް ދިނުމަކީ ނުަވަތަ އަޅަންޖެހޭ ފިޔަވަޅެއް އެޅުމަކީ މައްސަލައެއް ނޫނެވެ.  

ވިސްނާށެވެ! ތިބާގެ ތަނަވަސްކަން ތިބާއާއިއެކުގައިވާނީ ކިހައިދުވަހަކު ހެއްޔެވެ؟ މާދަމާ އުޅެންޖެހޭނެ ޙާލު އެނގެނީ ހެއްޔެވެ؟ ތިމާގެ ދަރިންނަށް އުޅެންޖެހޭނެ ޙާލު އެނގެނީހެއްޔެވެ؟ ތިބާއަށް ނުވަތަ ތިބާގެ ދަރިއަކަށް ނިކަމެތި ޙާލެއްގައި އުޅެންޖެހިފައިވަނިކޮށް ޞާޙިބް މީހާ އަނިޔާވެރިވެއްޖެނަމަ ހިތްދަތިވާނެ މިންވަރު ހިތަށް އަރުވާށެވެ!  

ހަމައެއާއިއެކު ވިސްނާށެވެ! ނޯކަރުންނަށް ހެޔޮކޮށް ހިތައި އެމީހުންގެ އަގު ވަޒަންކޮށްގެން ގެންގުޅޭނަމަ އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އެކަމުން ކުރާނެ ފައިދާ މާބޮޑުވާނެތެވެ. އިން ޝާ ﷲ. ހަމައެފަދައިން ނޯކަރުންގެ ބޮލުގައި ޙައްޤުނޫން އިލްޒާމް އަޅުވައި ދެރަދިނުމަކީ އެމީހަކު ﷲ ތަޢާލާ ނިކަމެތިކުރައްވަވައިފާނެ ކަމެކެވެ. ބިރުވެތިވާންވީ އެކަމަށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް