އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިރުވެތިވެބަލަ!: ނަރަކައިން މިންޖު ނުކުރައްވަވާނެ މީހަކަށް ވެވިއްޖެނަމަ ޖެހޭނީ ދާއިމަށް ގަދަފަދަ ޢަޛާބް ލިބިލިބި ނަރަކައިގަ އޮންނަން! ލުޔެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ!

ބިރުވެތިވެބަލަ!: ނަރަކައިން މިންޖު ނުކުރައްވަވާނެ މީހަކަށް ވެވިއްޖެނަމަ ޖެހޭނީ ދާއިމަށް ގަދަފަދަ ޢަޛާބް ލިބިލިބި ނަރަކައިގަ އޮންނަން! ލުޔެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 26 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

ނަރަކައިގެ ވާހަކަދެކެވޭ އަޑު އިވުނަސް މުއުމިނުންގެ ގައިން ހީބިހި ނަގައިގެންދާނެއެވެ. އެކަން އެގޮތަށް މެދުވެރިނުވާނަމަ އެއީވެސް ވަރަށް ބޮޑު މައްސަލައެކެވެ. އެކަމުން އެނގެނީ އެމީހާގެ ހިތުގައި ނަރަކައަށް ބިރުވެތިވާންޖެހޭ މިންވަރަށް ބިރުވެތިކަން ނެތްކަމެވެ.

ނަރަކަ އަކީ ﷲ ސުބްހާނަހޫ ވަތަޢާލާއަށް އުރެދި އަދި ކާފަރުވާ މީހުންނަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. އެއީ ކާފަރުންނާއި، އެހެން ދީންތަކުގެ މީހުންނާއި، އަދި ރަސޫލް ބޭކަލުން ދޮގު ކުރާ މީހުންނަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. ނަރަކަ އަކީ ދާއިމަށް ދެމި އޮންނަ ތަނެކެވެ. (ނަރަކައަށް ނިމުމެއް ނުވެއެވެ.) 

މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ގުރްއާނުގެ އާލް ޢިމްރާން ސޫރަތުގެ 192 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ. 

)رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ) [سورة آل عمران 192]

މާނައީ: ” އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިނބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސް ބަޔަކު ނުވެއެވެ ." 

މީގެ އިތުރުން ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. 

يؤتى بجهنم يومئذ لها سبعون ألف زمام، لكل زمام سبعون ألف ملك يجرونها

މާނައީ: "އެދުވަހުން ނަރަކަ ގެނެވޭނެއެވެ. އެހިނދު އެ ނަރަކައިގެ 70000 ވާގަނޑު (ޗޭނު) ވާނެއެވެ. އަދި އެއިން ކޮންމެ ވާގަނޑެއްގައި 70000 މަލާއިކަތުން އެ ނަރަކަ ދެންމެވުމަށް ތިއްބަވާނެއެވެ.

ނަރަކައިގެ އަޛާބުގެ ވާހަކަ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަޅުގަނޑުމެން އިންސާނުންނަށް ބަޔާންކޮށްދެއްވަވައި ދެއްވަވައި އިންޛާރު ދެއްވަވާފައެވެ. އަދި އެހެން އުއްމަތްތަކުގެ ރަސޫލު ބޭކަލުންވެސް ވަނީ އެވާހަކަ ބަޔާން ކުރައްވަވާފައެވެ. އެހެންކަމުން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހެނީ ސުވަރުގެ ހޯދުމަށެވެ. 

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއެވިއެވެ.

" إِنَّ أَدْنَى أَهْلِ النَّارِ عَذَابًا يَنْتَعِلُ بِنَعْلَيْنِ مِنْ نَارٍ يَغْلِي دِمَاغُهُ مِنْ حَرَارَةِ نَعْلَيْهِ"

މާނައީ: "ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ ތެރެއިން އެންމެ ކުޑަ ޢަޛާބުދެވޭ މީހާ، އަލިފާނުންވާ ފައިވާން ޖޯޑަކަށް އެރުވޭނެއެވެ. އެ ފައިވާން ޖޯޑުގެ ހޫނުކަމުން، އޭނާގެ ސިކުނޑި ކެކެމުން ދާނެއެވެ" 

އެހެންކަމުން ހެޔޮ ޢަމަލުކޮށް ރަނގަޅު ގޮތުގައި ދުނިޔޭގައި އުޅެވޭތޯ ބަލަން ޖެހެއެވެ. އަދި ނަރަކައިން ސަލާމަތް ވޭތޯ ގިނަ ގިނައިން ދުޢާ ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މި ލިޔުމުގައި ދުޢާއެއް ބަޔާން ކޮށްލާނަމެވެ. 

اللَّهُمَّ أَجِرْنَا مِنَ النَّارِ

މާނައީ: ޔާ ﷲ! ނަރަކައިން އަޅަމެން މިންޖުކުރައްވާނދޭވެ!

ރަސޫލާ ސައްލަ ﷲ އަލައިހި ވަސައްލަމް ގެ ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. މި ދުޢާ ފަތިސް ނަމާދަށް ފަހު އަދި މަޢްރިބް ނަމާދަށް ފަހު މި ދުޢާ ކިޔުމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް