އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މަންމަގެ ލަގޮނޑި ނަގައިގެން ދުއްވައިގަންނަ ތަނުން ދަރިފުޅު ވެއްޓުނަސް ތެދުވެ ދަރިފުޅަށް އެހީތެރިވެދޭން މައިން ބޭނުންވާނެ" ކަމަށް ބުނެވޭ ބަހުގެ ތެދުކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

"މަންމަގެ ލަގޮނޑި ނަގައިގެން ދުއްވައިގަންނަ ތަނުން ދަރިފުޅު ވެއްޓުނަސް ތެދުވެ ދަރިފުޅަށް އެހީތެރިވެދޭން މައިން ބޭނުންވާނެ" ކަމަށް ބުނެވޭ ބަހުގެ ތެދުކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

އެދެމަފިރިންނަށް ލިބުނީ ދެ ފިރިހެންދަރިންނެވެ. ދޮށީ ދަރިފުޅަށް 12 އަހަރުގައި ފިރިމީހާ ނިޔާވުމުން ދެދަރިން ގެންގުޅެ ބޮޑުކުރީ ބުރަމަސައްކަތްކޮށްގެން މަންމައެވެ. ރިވެތި ގޮތުގައި ތަރުބިއްޔަތުކުރިއެވެ. މާލެއިން ކިޔަވައިދެވޭނެ ފެންވަރަށް ކިޔަވައިދިނެވެ. 

ދެދަރިންވެސް ކައިވެނިކޮށްގެން އުޅުނީ މަންމަގެ ގޭގައި މަންމަ ގާތުގައެވެ. ދޮށީ ދަރިފުޅަށް މެލޭސިޔާގެ ކުންފުންޏެއްގައި މަސައްކަތްކުރަން ފުރުޞަތުލިބުމުން އަނބިމީހާއާއިއެކު ބަދަލުވިއެވެ. ވަޒީފާގައި ބޭރުގައި ހުރެގެންވެސް ކޮއްކޮއަށް ބުރަނުކުރަންވެގެން މަންމަގެ ހުރިހާ ޚަރަދަތަކެއް ކުރެވޭނެ ވަރަށް ފައިސާ ފޮނުވައިދިނެވެ. 

އަހަރުކޮށްފައި ލިބުނު ކުރުޗުއްޓީއެއްގައި ރާއްޖެއައީ އަންގައިވެސް ނުލައެވެ. ގެއަށްގޮސްވަނުމުން ފެނުނީ ހިތްފަޅައިގެންދާވަރުގެ މަންޒަރެކެވެ. މަންމަ އިނީ ފުރޮޅުލީ ގޮނޑިއެއްގައި ރޯށެވެ. ކައިރިއަށްދިއައިރު ގައިން ދުވަނީ ކުނިވަހެވެ. ފެންނުވަރުވާތާ އެތައްދުވަހެއްވެފައިވާތީއެވެ. 

އެއިރު ކޮއްކޮގެ ދެމަފިރިންވެސް ސިޓިންގރޫމްގައި ތިބުމުން ކޮއްކޮއަށް ބުންޏެވެ. "ކޮއްކޮގެ އަތުން މަންމައަށް އެއްވެސްވަރަކަށް ޚަރަދުކުރަން ނުޖެހޭނެ ވަރަށް ފައިސާ ފޮނުވީމާ މަންމަ ބަލަހައްޓައިދިން ގޮތަކީ މިއީހެއްޔެވެ؟ މަންމަ ބަލިވީމާ އެކަންވެސް އަންގައިލިނަމައެވެ. ނުބެލޭނިއްޔާ އެވާހަކަވެސް ބުނެލިނަމައެވެ. ތިއައީ ހުރި ހަމައެކަނި ކޮއްކޮވީމާ ޒުވާބުކުރާކަށް ނެތީމެވެ. ފުދިއްޖެއެވެ." 

ޗުއްޓީގެ ބޭނުން ނުކޮށް އަނެއް ދުވަހު މެލޭސިޔާއަށްފުރީ މަންމަ ގޮވައިގެންނެވެ. އެއީ މާލެއިން ބޭސްފަރުވާކުރަން ފަށައިފިނަމަ ފަރުވާ ކޮޅެއްގައި ނުޖެހެނީސް ޗުއްޓީހަމަވާނެތީއެވެ. ކޮއްކޮގެ އަތްމައްޗަށް މަންމަ ދޫކޮށްލާފައިދާން ބޭނުންނުވާތީއެވެ. 

ފުރަން ގެއިން ނުކުތް ވަޤުތު މަންމަ ހަގުދަރިފުޅަށް ގޮވާލައި ގެނެސް ކަންފަތްބުޑުގައި މަޑުމަޑުން ބުންޏެވެ. "ބޭބެ ދެން މަންމަ އަނބުރާ ގެންނާނެ ކަމެއް ނުއެނގެއެވެ. މަންމަ އެއްވެސް ގަހަނާއެއް ނުގެންދަމެވެ. ދަތިޙާލެއްގައި ޖެހިއްޖެނަމަ ވިއްކައިލާށެވެ! އަންހެން ދަރިއަކު ލިބިއްޖެނަމަ އެދަރިފުޅަށް ދިނަސް މައްސަލައެއް ނެތެވެ. ނަމަވެސް ދަރިފުޅުގެ އަނބިމީހާ ޒީނަތްތެރިކުރުވަން މަންމަގެ ގަހަނާ ނުއެޅުވިއްޔާ ރަނގަޅެވެ." 

ނިކަން ވިސްނައިލަބަލާށެވެ! ދަރިފުޅުގެ އަނބިމީހާ މަންމައަށް އިންތިހާއަށް އަނިޔާވެރިވިއިރު އެކަން އެނގިހުރެވެސް މަންމަގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރެއެވެ. ބަލިވީމާ ޑޮކްޓަރަކަށް ނުދައްކައެވެ. މަންމައަށް ޚަރަދުކުރަން ބޭބެ ފޮނުވިހައި ފައިސާ އަނބިމީހާއަށް ޚަރަދުކުރީއެވެ. އެހުރިހައި ކަމަކާއިއެކުވެސް މަންމަގެ ހިތުގައި ދަރިފުޅަށް އޮތް ލޯތްބެވެ. "މަންމަގެ ލަގޮނޑި ނަގައިގެން ދުއްވައިގަންނަތަނާ ދަރިފުޅު ވެއްޓުނަސް ތެދުވެ ދަރިފުޅަށް އެހީތެރިވެދޭން މައިން ބޭނުންވާނެ" ކަމަށް ބުނެވޭ މިޘާލުބަހުގެ ތެދުކަން އެނގެނީ މިފަދަ ޙާދިސާތަކުންނެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް-

 

--ޢިބްރަތްތެރި ވާހަކަ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް