އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2024: ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް: ފުރަތަމަ ފަހަރަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ!

2024: ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް: ފުރަތަމަ ފަހަރަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް 2023 ވަނަ އަހަރު އެމަނިކުފާނު ޒަކާތު ހައުސް އުފެއްދުން ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމަކަށެވެ.

އެގޮތުން ދިވެހިންގެ މެދުގައި ޒަކާތަށް ހޭލުންތެރިކަން އިތުރު ކުރުމަށް ޒަކާތު ހައުސްގެ ފަރާތުން ވަނީ 2024 ވަނަ އަހަރު ގިނަ ޕްރޮގުރާމުތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ޒަކާތު ހައުސްގެ ޓީމުތަކުން އަތޮޅުތެރޭގެ ރަށްރަށަށް ޚާއްސަ ދަތުރުތައްކޮށް އާއްމުންނާއި ގާތުން ޒަކާތަށް ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރަކީ މުދަލު ޒަކާތުގެ ގޮތުގައި ފުރަތަމަ ފަހަރަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިގެންދިޔަ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.

ޒަކާތު ހައުސް ހުޅުމާލޭގައި ބިނާކުރުމަށް މިހާރު ވަނީ ބިމެއް ހަމަޖެހިފައެވެ. 2025 ވަނަ އަހަރު އެއިމާރާތުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

1445 ވަނަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއާއި އަތޮޅުތަކުން މިނިސްޓްރީއަށް ދައްކާފައިވާ ފައިސާއާއި ފަޤީރުން ނެތް ރަށްރަށުން ބަލައިގަނެ މިނިސްޓްރީއަށް ޖަމާކުރި ފައިސާ ހިމެނޭހެން މިނިސްޓްރީއަށް ވަނީ 9,744,824.00 ރުފިޔާ ލިބިފައެވެ. މިގޮތުން، 5023 ފަޤީރުންނާއި މިސްކީނުންނަށް ޖުމްލަ 9,283,612.57 ވަނީ ބަހާފައެވެ. އަދި ބާކީ 461,211.43 ރުފިޔާ ވަނީ ފިޔަވަތިއަށާއި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ހަދިޔާކޮށްފައެވެ.

ޒަކާތު ބޭސްފަރުވާ ވަން ގަވްއަށް ބަދަލުކުރުން ރަސްމީކޮށް 4 ނޮވެންބަރު 2024 ގައި އިފްތިތާޙްކުރެވި، މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާމް 26 އޮކްޓޫބަރު 2024 ގައި ބޭއްވުން. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަދި ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގުޅިގެން އިން 04 ނޮވެންބަރ 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ން 11:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ދެމުންގެންދާ ބޭސްފަރުވާގެ އެޙީއަށް އެދުމުގެ ހިދުމަތް (OneGov) ޕްލެޓްފޯމްއާއި ގުޅިގެން ޑިޖިޓަލް ކުރުން ލޮންޗްކޮށްފައިވެއެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު