އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޫނެތް ބާލިދީއަކަށް ފެންފުރާ އުޞޫލުން އަޅުކަންކުރާ މީހުން ވިސްނާލުން އެންމެ މުހިންމު ކަންތައް-

ފޫނެތް ބާލިދީއަކަށް ފެންފުރާ އުޞޫލުން އަޅުކަންކުރާ މީހުން ވިސްނާލުން އެންމެ މުހިންމު ކަންތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ފެނަކީ ވަރަށް މުހިންމު އެހައިމެ ބޭނުންތެރި އެއްޗެކެވެ. ނަމަވެސް ފޫނެތް ބާލިދީއަކަށް ކިތަންމެ ބައިވަރު ފެނެއް އެޅިއްޔަސް ހަރުލާނެ ހެއްޔެވެ؟ އެކަމުން ކުރާނެ އެއްވެސް ފައިދާއެއް އޮންނާނެ ހެއްޔެވެ؟ މިސުވާލާއި ސުވާލުގެ ޖަވާބު ސިކުނޑީގައި ބައިންދައިގެން އަޑުއަހާށެވެ!  

"އޭނާއަކީ ނަމާދުކޮށް ރޯދަހިފައި ޒަކާތްދީ އަދި މީސްތަކުންނަށް ޞަދަޤާތްވެސް ކުރާ މީހެކެވެ. އެހެނަސް އޭނާއަކީ ބަނގުރާ ބޮއި، ޒިނޭކޮށް، ވައްކަކޮށް، ރިޝަވަތުދޭ، ރިޝްވަތު ހިފާ މީހަކު ކަމުގައިވާނަމަ އޭނާއަށް ސުވަރުގެ ލިބިދާނެ ކަމަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

ސަބަބަކީ ސުވަރުގެ ލިބުން އޮތީ ނަމާދުކޮށް ރޯދަހިފައި ޒަކާތްދީ އަދި މީސްތަކުންނަށް ޞަދަޤާތްވެސް ކުރާ އަދި ﷲ ތަޢާލާއަށް ބިރުވެތިވާ އަޅުންނަށެވެ. މިބަޔާންކުރި ފަދަ ހެޔޮ ޢަމަލުތައް ކުރަމުން އޭނާ މިބަޔާންކުރިފަދައިން ފާފަތައް ކުރާނަމަ އޭނާގެ ހިތުގައި ﷲ ތަޢާލާއަށް އޮތީ ކޮން ބިރުވެރިކަމެއް ހެއްޔެވެ؟"  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުވަރުގެ ވަދެވޭ އެންމެ ބޮޑު ބާރަކީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފި އަޅަކަށް ސުވަރުގެ ދެއްވވުމާއި ނުދެއްވެވުމާއިމެދު ބަހެއް ނުބުނެވޭނެއެވެ. އެކަން ޚާއްބަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ.  

އެހެންނަމަވެސް ބުނެވޭނެ މިންވަރެއް އެބައޮތެވެ. އެއީ ސުވަރުގެ ލިބުންވަނީ ހެޔޮ ޢަމަލުތައް ތަޤްވާވެރިންނަށް ކަމެވެ. މިތަނުގައި ތަޤްވާވެރިވުން މިއަންނަނީ ﷲ ތަޢާލާއަށް ބިރުވެތިވުމަށެވެ. މިއީ ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އޮތް ކަމެކެވެ.  

ވީމާ ކިތަންމެ ގިނައިން ހެޔޮ ޢަމަލުކުރިނަމަވެސް އެކަމުގެ ފައިދާ އެމީހަކަށް ކުރާނީ ﷲ ތަޢާލާއަށް ބިރުވެތިވެގެންކަން މިއޮތީ ޔަޤީންކުރާށެވެ! ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ތަކުރާރުކޮށް ކުރެވޭނަމަ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އޮތީ ކޮން ބިރުވެރިކަމެއް ހެއްޔެވެ؟  

ވީމާ ސުވަރުގެ އެދިގެން ހެޔޮ ޢަމަލުތައް ކުރަމުން ގެންދާއިރު މިކަންކަމަށް ވިސްނާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް