އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މަޤާމާ ހަވާލުވިފަހުން އެންމެ އިސްކަމެއް ދީގެން ނިންމަން ރައީސް އެދިވަޑައިގެންނެވި އެއް މަޝްރޫޢުއަކީ މުލި އެއަރޕޯޓް މަސައްކަތް: މުއްޠަލިބް

"މަޤާމާ ހަވާލުވިފަހުން އެންމެ އިސްކަމެއް ދީގެން ނިންމަން ރައީސް އެދިވަޑައިގެންނެވި އެއް މަޝްރޫޢުއަކީ މުލި އެއަރޕޯޓް މަސައްކަތް: މުއްޠަލިބް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

މަޤާމާ ހަވާލުވިފަހުން އެންމެ އިސްކަމެއް ދީގެން ނިންމަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންނެވި އެއް މަޝްރޫޢުއަކީ މުލި އެއަރޕޯޓް މަސައްކަތް ކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މުލަކަތޮޅު މުލީ އެއަރޕޯޓްގެ ޚިދުމަތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މުއްޠަލިބް ވިދާޅުވީ މަސައްކަތް އޮތީ ވަރަށް ބޮޑަށް ހުއްޓިފައި ކަމަށާއި، އެޕްރޫވް ނުވެ ހުރި ވަރަށް ގިނަ ވޭރިއޭޝަންތައް ހުރި ކަމަށެވެ. އަދި ރައީސްގެ އެންގެވުމާ އެއްގޮތަށް ކުރެވުނު ވަރަށް ބޮޑު މަސައްކަތެއްގެ ގޮތުގައި މި މަޝްރޫޢު ފާހަގަކުރެއްވިއެވެ.

"އެމްޓީސީސީން ވަރަށް ބުރަ މަސައްކަތެއް ކުރީ. 18 މަހުން މަސައްކަތްތައް ނިންމާ މިއަދު އެއަރޕޯޓް ހުޅުވިގެން މިދަނީ،" މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.

މިނިސްޓަރ މުއްޠަލިބް ހާމަކުރެއްވި ގޮތުގައި 2014 ވަނަ އަހަރު ފެށި ބިން ހިއްކުމުގެ މަސައްކަތް ހިމެނޭހެން 540 މިލިއަން ރުފިޔާ ސަރުކާރުން މި މަޝްރޫޢުއަށް ޚަރަދުކޮށްފައިވެއެވެ. މިއީ އާބާދީގެ ނިސްބަތުން ބޮލަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޖެހޭ އަދަދެކެވެ.

އަދި މިނިސްޓަރ އިތުރަށް ވިދާޅުވީ، "ސަރުކާރުން މި ކުރި ބޮޑު އިންވެސްޓްމަންޓް ބަލައިގަނެ، އަތޮޅަށް ތަރައްޤީ ގެނައުމަށް އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމު" ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު