އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޭވަށުގައި ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފި

ވޭވަށުގައި ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

މުލަކަތޮޅު ވޭވަށުގައި އައު ޑްރައިވިންގ ލައިސަންސް ޓްރެކެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި ޓްރެކް ހުޅުވުމާއެކު، ވޭވަށު ރައްޔިތުންނަށް 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ދޫކުރުމުގެ ޚިދުމަތް ރަށުން ލިބެން ވަނީ  ފަށައިފައެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މި ޓްރެކް ހުޅުވައިދެއްވާފައި ވަނީ ޑެޕިއުޓި މިނިސްޓަރ އަލީ ނިޝާނެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން އަލީ ނިޝާން ވިދާޅުވެފައި ވަނީ މި ޓްރެކް ހުޅުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. 

"މި ޓްރެކް ހުޅުވުމުން ވޭވަށުގެ ރައްޔިތުންނާއި އަދި ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ. މީގެ ކުރިން ލައިސަންސް ހެދުމަށް މާލެ ދާން ޖެހުމަކީ ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއް. މިހާރު އެ ޚިދުމަތް މި ސަރަޙައްދުން ލިބޭނެ" އިތުރަށް ވާހަކަދައްކަވަމުން ނިޝާން ވިދާޅުވިއެވެ.       

މި އައު ޓްރެކްގައި ޑްރައިވިންގ ޓެސްޓް ދިނުމުގެ އިތުރުން، ލައިސަންސް ކާޑު ހެދުމާއި އާކުރުމުގެ ޚިދުމަތް ވެސް ލިބިގެން ދާނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ކުރިއަށް އޮތް އަހަރު ތެރޭގައި އިތުރު ރަށްތަކުގައި ވެސް މިފަދަ ޓުރެކްތައް ހުޅުވުމަށް ވަނީ ރޭވިފައެވެ. 

މި ޓުރެކް ހުޅުވުމުން، މުލަކަތޮޅުގެ ރައްޔިތުންނަށް ޑްރައިވިންގ ލައިސަންސާ ގުޅޭ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެޅުނު އިތުރު ފިޔަވަޅެކެވެ.                                    

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު