އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއަކީ ބުއްދިވެރިއަކަށް ވެވޭނީ މިކަންކަން ޤަބޫލުކުރެވިގެން-

ތިބާއަކީ ބުއްދިވެރިއަކަށް ވެވޭނީ މިކަންކަން ޤަބޫލުކުރެވިގެން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ބުއްދިވެރިންނަކީ ކޮންމެ މީހަކާކަމަށްވީނަމަވެސް ކޮންމެ ވަޤުތަކުވެސް ވަކިވާންޖެހިދާނެ ކަމަށް ވިސްނައިގެން ތިބޭ މީހުންނެވެ. މިކިޔައިދެނީ ސަބަބުތަކެވެ. 

- މީހުންނަކީ ދުވަހުގެ މޫސުން ބަދަލުވާ ފަދައިން ކޮންމެ ވަޤުތަކުވެސް ބަދަލުވަމުންދާ ބައެކެވެ. މިޘާލަކަށް މިއަދު ތިބާއަކީ ވަރަށް މުހިންމު މީހަކަށްވެދާނެއެވެ. މާދަމާ ހަމަ އެމީހުންނަށް ތިބާއަކީ ހަމަ އެއްވެސް އަގެއް ނެތް މީހަކަށްވެސްވެދާނެއެވެ.

- ތިބާއާއި ނުލައި ދިރިނުއުޅެވޭނެކަމަށް މިއަދު ހުވާކުރާނެއެވެ. މާދަމާ އެހުވާކުރިކަން ހަނދާނެއްވެސް ނުހުންނާނެއެވެ. ތިބާއަކީ އެއްވެސް މުހިންމު މީހަކަށް ނުވާނެއެވެ.

- އިޚްލާޞްތެރިން އިންތިހާއަށް މަދުވެއްޖެއެވެ. އިތުބާރުކުރެވޭނެ މީހުން އިންތިހާއަށް މަދުވެއްޖެއެވެ. ވަޢުދުފުއްދުމަކީ އެންމެ ނުކުރާ ޢަމަލުކަމަށްވެއްޖެއެވެ. މާދަމާއަކީ އަންނަ ދުވަހަކަށް ނުވެއެވެ. 

- ތިބާއަށް ކާމިޔާބު ލިބި ކުރިއަރަމުން އަންނަނަމަ ހިނިތުންވާނެއެވެ. ގެއްލުންވެ ނިކަމެތިވަމުން އަންނަނަމަ ބަލައިވެސް ނުލާނެއެވެ. ދަންނަ މީހަކަށްވެސް ނުހަދާނެއެވެ. 

މިފަދަ އެތައް ސަބަބުތަކެއް ދެއްކިދާނެއެވެ. ބުނަން އޮތީ ހަމަ އެއްވާހަކައެކެވެ. ތިބާއާއި ދުރަށްދާން ނުވަތަ ވަކިވާން އުޅޭ މީހާއަށް އާދޭސްނުކުރާށެވެ! އައު ހިތްވަރަކާއިއެކު ކުރިމަތިލާށެވެ! މިބުނި މަދު މިޘާލުކޮޅުން ޢިބްރަތް ޙާޞިލުކުރިޔަސް ބާރު ދުވެލީގައި ކުރިއަށް ދެވޭނެއެވެ. އިން ޝާ ﷲ. ޙަޤީޤަތަކީ ތިބާދެކެ ޙަޤީޤީ ލޯބިވާ މީހަކުނަމަ ހުރިހާ ޙާލަތެއްގައިވެސް ތިބާއާއިއެކުގައިވާނެ ކަމެވެ. ދުރަށް އެދަނީ ހިތް ރަނގަޅުނޫންވީމާ ކަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު