އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަން މަޝްވަރާކޮށްފި

މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަން މަޝްވަރާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ހައްޤުތަކާއި، ކުޑަކުދީންގެ ހައްޤުތަކާ، ނަފްސާނީ ދުޅަހެޔޮކަމާ، އާއިލާ ރޭވުންފަދަ މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކަށް ސަރުކާރުން ދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރު ކުރުމުގެ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުވުމުގައި ދެ ވުޒާރާގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަން މަޝްވަރާކޮށްފައިވާއިރު މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.

މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.

 

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު