އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެވަނަ އަނބިމީހާއަށް ދަރިން ނުލިބޭތީ ދޮށީ އަނބިމީހާ ފުރައްސާރަކޮށް އޭނާގެ ހިތުގަ ޖައްސުވަމުން ދަނިކޮށް ފުލުފުލުގަ 2 ފަހަރުމަތިން 4 ކުދިން ލިބުނު އަންހެނެއްގެ ވާހަކަ-

ދެވަނަ އަނބިމީހާއަށް ދަރިން ނުލިބޭތީ ދޮށީ އަނބިމީހާ ފުރައްސާރަކޮށް އޭނާގެ ހިތުގަ ޖައްސުވަމުން ދަނިކޮށް ފުލުފުލުގަ 2 ފަހަރުމަތިން 4 ކުދިން ލިބުނު އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 40 ސިކުންތު

ދެއަނބިންގެ މެދުގައި ޖެހޭ މައްސަލަތަކަށްބަލާއިރު މުސްލިމުންގެ މެދުގައި ހިނގައިގެން ނުވާނެ ފަދަ ކަންކަންވެސް އެބަހިނގައެވެ. އެގޮތުން ބަލާއިރު އެއްމެސްލިމަކު އަނެއް މުސްލިމަކަށް ބުނެގެން ނުވާނެ ފަދަ ނުބައި ބަސްތައްވެސް އެބަބުނެއެވެ. މިކިޔައިދެނީ އެފަދަ ބަސްތަކެއް ބުނި އަންހެނަކަށް ކަންކަން މެދުވެރިވި ހިތާމަވެރި ގޮތުގެ ވާހަކައެކެވެ. 

އެއީ ޒުވާން ބައެކެވެ. ފިރިމީހާ ދެވަނަ ކައިވެނިކުރީ ފުރަތަމަ ކައިވެންޏަށް އަހަރުވީތަނާއެވެ. އަނބިމީހާގެ ރުހުމާއިވެސް އެކުގައެވެ. އަނބިމީހާގެ އެކުވެރި އަންހެނަކާއިއެވެ. 

ފުރަތަމަ ކައިވެންޏަށް 5 އަހަރުވީއިރު ވަނީ 2 ކުދިން ލިބިފައެވެ. ނަމަވެސް ދެވަނަ ކައިވެންޏަށް ދަރިއަކު ނުލިބެއެވެ. އެހިސާބުން ދޮށީ އަނބިމީހާގެ ހިތުގައި ދެވަނަ އަނބިމީހާއަށް ޙަސަދަވެރިކަން އުފެދި އޭނާ ވަރިކުރަން ފިރިމީހާގެ ގާތުގައި އެދެން ފެށިއެވެ. ސަބަބެއް ކަމަށް ބުނީ އެންމެ މުހިންމީ ދަރިންކަމަށާއި 2 ދަރިންނަށް ބޭނުންވާ ސަމާލުކަން ދެވޭނީ އޭނާ ވަރިކުރުމުން ކަމަށެވެ. ނަމަވެސް ފިރިމީހާ ބުނަމުން އައީ އޭނާގެ ކުށެއް ނެތި ވަރިނުކުރެވޭނެ ކަމަށެވެ. ޢަދުލުވެރިވާންޖެހޭނެ ކަމަށެވެ. 

ދޮށީ އަނބިމީހާ ދުލެއް ނުކުރިއެވެ. ދެވަނަ އަނބިމީހާއަށް ފުރައްސާރަކޮށް ހިތުގައި ޖައްސުވަން ފެށިއެވެ. ދެވަނަ ކައިވެނިކުރީ އޭނާގެ ރުހުމުގައިކަންވެސް ހަނދާނަކު ނެތެވެ. އަދި އެއީ އޭނާގެ އެކުވެރިއެއްކަންވެސް ހަނދާނެއް ނެތެވެ. ފުރައްސާރަކުރާއިރު އޭނާ ދެރަކުރަން ބުނަމުން ގެންދިއައެވެ. "ކަލެއަށް ދަރިއަކުވެސް ނުލިބުނެވެ. ތިއައީ އަންހެނަކަށް ފުދޭ އަންހެނެއްވެސް ނޫނެވެ. ލަދެއް ނުގަނޭ ހެއްޔެވެ؟" 

ދެވަނަ އަނބިމީހާ ރައްދެއް ނުދެއެވެ. ކެތްތެރިވެލައިގެން އިނީއެވެ. އޭނާގެ ގާތަށް ފިރިމީހާ އައުން މަދުކުރުމުންވެސް ޝަކުވާއެއް ނުކުރެއެވެ. ދަރިން ލިބުމުން އެފަދަ ގޮތްތައް މެދުވެރިވާނެކަން ޤަބޫލުކޮށްގެން އިނީއެވެ. 

މިހަނގުރާމައެއް ފެށުނުތާ މާގިނަ ދުވަހެއް ނުވެ ދެވަނަ އަނބިމިހާ ބަލިވެއިނދެއްޖެއެވެ. ލިބުނީ އެއްމާބަނޑު ދެބެއިންނެވެ. ލޯބިލޯބި 2 ފިރިހެންކުދިންނެވެ. ވިހައި ގަދަވެ މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާވެސް ބަލިވެ އިނދެއްޖެއެވެ. އެފަހަރުވެސް ލިބުނީ އެއްމާބަނޑު ދެބެއިންނެވެ. ލޯބިލޯބި 2 އަންހެން ކުދިންނެވެ. 

އެހިސާބުން ފިރިމީހާއަށް މަޖުބޫރުވީ ދެވަނަ އަނބިމިހާއަށް ދޭ ސަމާލުކަން ބޮޑުތަނުން އިތުރުކުރާށެވެ. ދާދި އެއްވަރުގެ ކުޑަކުޑަ 4 ކުދިން ގޮވައިގެން އަނބިމީހާއަށް އެކަނި އުޅެންޖެހުމަކީ ބުރަކަމަކަށްވުމުންނެވެ. 

ދެވަނަ އަނބިމީހާއަކީ އަޚްލާޤް ރަނގަޅު މީހަކަށްވުމުން ފިރިމީހާއަށް މަޖުބޫރުކޮށްގެންވެސް ދޮށީ އަނބިމިހާގެ ގާތަށް ފޮނުވަމުން ގެންދިއައެވެ. ބުނަމުން ދިއައީ ދެއަނބިންގެ މެދުގައި ހަމަހަމަ ކުރުމަށެވެ. 

އެހިސާބުން ދޮށީ އަނބިމީހާއަށް ވަރުގަދަ ފިލާވަޅެއް ލިބިގެންދިއައެވެ. ތިމާއަށް ކަންކަން ކުރެވުނު ގޮތުގެއެވެ. ވަރިވެެގން ދެވޭކަށްވެސް ނެތެވެ. ގޮސް ވަންނާނެ ގެދޮރެއް އަދި އެހީތެރިވާނެ ބައަކު ނެތުމުންނެވެ. ޖެހުނީ ހިތާމަކުރުންމަތީގައި ކެތްތެރިވެގެން އިންނާށެވެ. 

ދެއަނބިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ވާހަކަތައް މިކިޔައިދިނީ އަދި މިވާހަކަވެސް މިކިޔައިދިނީ ހުރިހާ އަންހެނުންނަށްވެސް ނަޞީޙަތެއްގެ ގޮތުންނެވެ. ދެއަނބިން ކީއްކުރަންހެއްޔެވެ؟ ޝަރުޠު ހަމަވާ ފިރިއެއްގެ 4 އަނބިން ތިބިނަމަވެސް ގުޅިގެން އުފަލުގައި އުޅެން މަސައްކަތްކުރުމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެ ކަމަށް ބުނުމަށެވެ. އެންމެ އަންތބަކަށް އިނދެވެން ހިތްދަތިކަމުގައި އުޅެންޖެހިފައިވާ އަނބިންގެ ޢަދަދަށް ވިސްނައިލާށެވެ! އެއިރުން މިދެއްކި ވާހަކަތަކުގެ ޙަޤީޤަތް ޤަބޫލުކުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް