އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮލަފާ އަނބިންނަކީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤެއްކަން ޙަދީޘްފުޅުން އެނގެން އެބަ އޮތް! އެކަނބަލުންގެ ހިތުގަ ޖައްސުވައި ނިކަމެތިކުރަން ހެޔޮނުވާނެ!: ޝައިޚް ޝުޢައިބް އަބޫ ޔޫސުފް

ހެޔޮލަފާ އަނބިންނަކީ ﷲ ތަޢާލާ ދެއްވަވާ ރިޒުޤެއްކަން ޙަދީޘްފުޅުން އެނގެން އެބަ އޮތް! އެކަނބަލުންގެ ހިތުގަ ޖައްސުވައި ނިކަމެތިކުރަން ހެޔޮނުވާނެ!: ޝައިޚް ޝުޢައިބް އަބޫ ޔޫސުފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

ގިނަ ބައަކަށް ރިޒުޤް މާނަކުރެވެނީ މޭޒުމަތީގައި އަތުރާފައި ހުންނަ ކާބޯތަކެތި ކަމަށެވެ. އެއްވެސް ޝައްކެއް ނެތެވެ. އެއީވެސް ރިޒުޤެވެ. ނަމަވެސް އެއީ އެވަޤުތު ތިބާގެ ކެއުމަށް ﷲ ތަޢާލާ ދެއްވެވި ރިޒުޤެވެ.  

ރިޒުޤުގެ މާނަ އެވަރުން ނިންމައިލެވޭކަށް ނެތެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިއުންމަތުގެ މައިކަމަނާ، އިތުރުއެކަލޭގެފާނުގެ އަނބިކަނބަލުން ޚަދީޖަތުގެފާނަކީ ތިމަން ކަލޭގެފާނަށް ރިޒުޤެއް ކަމުގައެވެ.  

ހަމަ އެއާއިއެކު ﷲ ތަޢާލާގެ ވަޙީބަސްފުޅެއްގައިވަނީ ތިމަން ﷲ ގެ މަގަށް ހިޖުރަކޮށް ތިމަން ﷲ ގެ މަގުގައި (ދީނަށްޓަކައި) ނިމިގެންދާ މީހުންނަށް ތަނަވަސްވެގެންވާ ރިޒުޤަކުން ރިޒުޤް ދެއްވަވާނެ ކަމަށެވެ. އެއީ ކޮން ރިޒުޤެއްކަމެއް އަހުރެމެންނަކަށް ނުއެނގެއެވެ. ބެލެވެނީ އެއީ ސުވަރުގޭގެ މަތިވެރި، ތަނަވަސްކަން ބޮޑު ނިޢުމަތްތައް ކަމުގައެވެ.  

އަހުރެން މަސައްކަތްމިކުރަނީ ހެޔޮލަފާ އަނބިންގެ މަތިވެރިކަން ބަޔާންކުރުމަށެވެ. އެކަނބަލުންގެ ހިތުގައި ނުޖައްސުވާށެވެ. ދެރަކޮށް ނިކަމެތިކޮށްނުލާށެވެ! އެކަނބަލުން ތިބާއަށް ދޫދީގެން އެކުގައި އުޅެން މަސައްކަތްކުރާނަމަ އެކަނބަލުންގެ ދަރަޖަ އިތުރަށް މަތިވެރިވެގެންދެއެވެ. ނަމަވެސް ގިނައީ އެކަމުގެ ނާޖާއިޒު ފައިދާ ނަގާ މީހުންނެވެ.  

އެގޮތަށް އެކަން ނުކުރާށެވެ! އަހުރެން ބުނާނީ ތަނަވަސްކަމާއި އަގުބޮޑު ކާބޯތަކެއްޗަށްވުރެވެސް ހެޔޮލަފާ އަނބިންގެ އަގު މާބޮޑުކަމަށެވެ. ހެޔޮލަފާ އަނބިންގެ ކިބައިން ކުރާނެ ފައިދާ މާބޮޑުވާނެތީއެވެ. އިން ޝާ ﷲ

 

- ޝައިޚް ޝުޢައިބް އބޫ ޔޫސުފް ގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް