އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 17 މިނެޓް, 53 ސިކުންތު
ޟުޙާނަމާދުކުރާހިތްވާން ފަށައިފިއެވެ. ހެނދުނު މަސައްކަތް ފެށުމުގެ ކުރިން ނުވަތަ އޮފީހަށް ދިއުމުގެ ކުރިން ޟުޙާ ނަމާދުކުރެވިދާނެތޯ؟
ކިޔުންތެރިޔާއަށް ފުރަތަމަވެސް ބުނެލަން އޮތީ ހެޔޮ ޢަމަލެއް ކުރާހިތްވުމުން އެކަމަށް ފަސްނުޖެހި އަވަސްވެގަންނާށެވެ! ހެޔޮކަންކަން ކުރާހިތްވާނެފެށުމަކީ އެމީހަކަށް ލައްވަވާނެ ވަރަށް ބޮޑު ރަޙްމަތެކެވެ.
ތިއަކުރެއްވި ސުވާލިގެ ޖަވާބުގައި ދަންނަވަން އޮތީ ކުރެއްވޭނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަން ތިރީގައިވާ ލިޔުމުން އެނގިވަޑައިގަންނަވާނެއެވެ.
އަދިވެސް ދަނަނަވާލަމެވެ. ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހާއަށް އެންމެ މުހިންމީ އެމީހަކީ ގިނަގިނައިން ތައުބާވާ މީހަކު ކަމުގައިވުމެވެ. "އައްވާބަކު (ގިނަގިނައިން ތައުބާވާމީހާ) މެނުވީ ޟުޙާ ނަމާދަށްރައްކާތެރި ނުވާނެއެވެ. އެއީ ގިނަގިނައިން ތައުބާވާމީހުން ގެ ނަމާދެވެ." - ޙަދީޘް
އެހެނަސް ޟުޙާ ނަމާދަކީ މިއަދު ގިނަ ބައަކު ހަނދާން ނައްތާލާފައިވާ ނަމާދެކެވެ. ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އެއީ މުސްކުޅިވުމުން ކުރަން އޮތް ނަމާދެއް ކަމަށެވެ.
ޟުޙާނަމާދުގެ ވަގުތު ފެށެނީ އިރުއެރުމަށްފަހު ގާތްގަޑަކަށް ދިހަވަރަކަށް މިނިޓްފަހުންނެވެ. މިވަގުތު މެންދުރު ނަމާދާއި ހަމައަށް ދެމިގެންވެއެވެ. ޟުޙާ ނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހިވަސައްލަމަ ކުރެއްވިކަމަށް ޘާބިތުވާ ނަމާދެކެވެ. ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެކިބައިން ރިވާ ވެގެންވެއެވެ. (كَانَرَسُولُاللَّهِصَلَّىاللَّهُعَلَيْهِوَسَلَّمَيُصَلِّيالضُّحَىأَرْبَعًا،وَيَزِيدُمَاشَاءَاللَّهُ)
މާނައަކީ: " ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޟުޙާ ނަމާދުގެހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ބައެއްފަހަރު އިތުރުވެސްކުރައްވައެވެ".
ޟުޙާ ނަމާދުގެ މާތް ކަމާއި ބެހޭގޮތުން ވަރަށްބައިވަރު ޙަދީޘް ތައް އައިސްފައިވެއެވެ. އޭގެ ތެރޭގައި:
1.ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރެއްވިއެވެ.
(يُصْبِحُعَلَىكُلِّسُلَامَىمِنْأَحَدِكُمْصَدَقَةٌ،فَكُلُّتَسْبِيحَةٍصَدَقَةٌ،وَكُلُّتَحْمِيدَةٍصَدَقَةٌ ، وَكُلُّتَهْلِيلَةٍصَدَقَةٌ،وَكُلُّتَكْبِيرَةٍصَدَقَةٌوَأَمْرٌبِالْمَعْرُوفِصَدَقَةٌ،وَنَهْيٌعَنْالْمُنْكَرِصَدَقَةٌ،وَيُجْزِئُمِنْذَلِكَرَكْعَتَانِيَرْكَعُهُمَامِنْالضُّحَى)
މާނައަކީ: "އިންސާނާގެ ކޮންމެ ހުޅަކަށްކޮންމެ ދުވަހަކުވެސް ޞަދަގާތެއްވެއެވެ. (ބުނެވޭ ގޮތުގައި އިންސާނާގެ 360ހުޅު ހުރެއެވެ. އެއިން ކޮންމެ ހުޅަކަށް ޞަދަގާތެއްވެއެވެ، އެހެންކަމުން،ކޮންމެ އިންސާނެއްގެ މައްޗަށް ދުވާލަކަށް 360 ޞަދަގާތް ވާޖިބުވެފައިއޮވެއެވެ)، ކޮންމެ ތަސްބީޙަ (ސުބްޙާނަﷲ ކިޔުން) އަކީ ޞަދަގާތެކެވެ. ކޮންމެތަޙްމީދަކީ (އަލްޙަމްދު للهކިޔުން) އެއީ ޞަދަގާތެކެވެ. ކޮންމެ ތަހްލިލަކީ(لاإلهإلاالله) ޞަދަގާތެކެވެ. ކޮންމެ ތަކްބީރަކީ (اللهأكبرކިޔުން) އަކީ ޞަދަގާތެކެވެ. ހެޔޮކަންތަކަށް އަމުރު ކުރުމަކީ ޞަދަގާތެކެވެ . ނުބައިކަންތައް ނަހީ ކުރުމަކީ ޞަދަގާތެކެވެ. ޟުޙާ ނަމާދުގެ ދެރަކްޢަތްކުރުމުން މިހުރިހާ ކަމެއް ފުދިގެން ދެއެވެ".
އިމާމް ނަވަވީ- ރަޙިމަހު ﷲ ވިދާޅުވިއެވެ. މިއިން ދޭހަކޮށްދެނީ ޟުޙާ ނަމާދުގެ މާތްކަމާއިއެއަށް ދެވިފައިވާ މަތިވެރި ދަރަޖަ އެވެ. އަދި ދެ ރަކްޢަތް ކުރުމުންފުދޭކަމެވެ.
2 އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ.
(أَوْصَانِيخَلِيلِيبِثَلَاثٍلاأَدَعُهُنَّحَتَّىأَمُوتَ : صَوْمِثَلاثَةِأَيَّامٍمِنْكُلِّشَهْرٍ،وَصَلاةِالضُّحَى ، وَنَوْمٍعَلَىوِتْرٍ)
މާނައަކީ: "ތިމަންކަލޭގެ ފާނުގެ ޚަލީލު (ގާތްރަޙްމަތްތެރިޔާ) ތިމަންކަލޭގެފާނު އަވަހާރަވުމަށް ދާންދެން ތިންކަމެއްދޫނުކޮށް ހިފެހެއްޓުމަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދު ކުރުމަށާއި، ވިތުރިމަތީގައިނިދުމަށެވެ".
އަބުއްދަރްދާ- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. (أ
َوْصَانِيحَبِيبِيصَلَّىاللَّهُعَلَيْهِوَسَلَّمَبِثَلَاثٍلَنْأَدَعَهُنَّمَاعِشْتُ : بِصِيَامِثَلَاثَةِأَيَّامٍمِنْكُلِّشَهْرٍ،وَصَلَاةِالضُّحَى،وَبِأَنْلَاأَنَامَحَتَّىأُوتِرَ)
މާނައަކީ: "ތިމަންކަލޭގެފާނުގެ ޙަބީބު (ލޯބިވާމީހާ)، ދުނިޔޭގައި ހުރިހާ ހިނދަކުތިންކަމެއް ދޫނުކުރުމަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުމަށާއި، ޟުޙާ ނަމާދު ކުރުމަށާއި، ވިތުރިކޮށްފައި ނޫނީނުނިދުމަށެވެ".
އަލްގުރްޠުބީ- ރަޙިމަހުﷲ- ވިދާޅުވިއެވެ. "އަބޫހުރައިރާ އަށާއި އަބުއްދަރްދާ އަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ކުރައްވާފައިވާ ވަޞިއްޔަތްޕުޅުން ދޭހަވަނީ ޟުޙާ ނަމާދުގެ މާތްކަމެވެ. އަދި އެއިން ލިބޭނެ ޘަވާބާއި ދަރުމައިގެ ބޮޑުކަމުގެ ވާހަކައެވެ. އެހެންކަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވަރުގެވަޑައިގަތުމަށް ދާންދެން ޟުޙާ ނަމާދު ދުލެއް ނުކުރައްވައެވެ".
3 އަބޫހުރައިރާ-ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތިރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. (لَايُحَافِظُعَلَىصَلَاةِالضُّحَىإِلَّاأَوَّابٌ،وَهِيَصَلَاةُالْأَوَّابِيْنَ)
މާނައަކީ: "އައްވާބަކު (ގިނަގިނައިން ތައުބާވާމީހާ) މެނުވީ ޟުޙާ ނަމާދަށްރައްކާތެރި ނުވާނެއެވެ. އެއީ ގިނަގިނައިން ތައުބާވާމީހުން ގެ ނަމާދެވެ".
4 އަނަސް ބިން މާލިކް- ރަޙިމަހު ﷲ- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތިރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْصَلَّىالْغَدَاةَفِيجَمَاعَةٍ،ثُمَّقَعَدَيَذْكُرُاللَّهَحَتَّىتَطْلُعَالشَّمْسُ،ثُمَّصَلَّىرَكْعَتَيْنِ،كَانَتْلَهُكَأَجْرِحَجَّةٍ،وَعُمْرَةٍ،تَامَّةٍ،تَامَّةٍ،تَامَّةٍ)
މާނައަކީ: "ޖަމާޢަތުގައިފަތިސްނަމާދުކޮށް އަވަދިވެގެން، އިރުއަރަންދެން ﷲ ޛިކުރު ކުރުންމަތީދެމިހުރެ، ދެރަކްޢަތް ނަމާދެއްކޮށްފި މީހާ އަށް ޙައްޖަކާއި ޢުމްރާ އެއްކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަ އަށެވެ. ފުރިހަމަ އަށެވެ. ފުރިހަމައަށެވެ". ފަތިހު އިރުއެރުމަށްފަހުގައި ނަމާދުކުރަންވާނީ އިރުއަރާތާ ގާތްގަޑަކަށް ފަނަރަވަރަކަށް ނުވަތަ ވިހިވަރަކަށް މިނިޓް ފަހުންނެވެ. އެހިސާބުން ފެށިގެން ޟުޙާ ނަމާދުގެ ވަގުތު ފެށުނީއެވެ. މިވަގުތުމެންދުރުވުމާއި ގާތަށް ދާންދެން ދެމިގެން ވެއެވެ. ބައެއް ޢިލްމުވެރިންވިދާޅުވާ ގޮތުގައި މެންދުރު ވަގުތު ވަންދެން މިވަގުތު ދެމިގެންވެ އެވެ.
ޟުޙާ ނަމާދުގެ ވަގުތު ފާއިތު ވެއްޖެނަމަ ގަޟާ ކުރެވޭނެބާ؟
ޟުޙާނަމާދުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާކުރެވޭނެތޯ ނުވަތަ ނޫންތޯ،މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ. ޙަންބަލީންނާއިޝާފިޢީންގެ ފަހުގެ ބަހުގައި ވާ ގޮތުން ގަޟާ ކުރެވޭނެއެވެ. ޙަނަފީންނާއިމާލިކީން އަދި ޝާފިޢީންގެ ކުރީގެ ގައުލަކީ ޟުޙާ ނަމާދު ގަޟާނުކުރެވޭނެކަމަށެވެ.
އަލްއިމާމް ނަވަވީ- ރަޙިމަހު ﷲ- އެކަލޭގެފާނުންގެ "އަލްމަޖްމޫޢޫ" އޭ ކިޔުނު ފޮތުގެ 3/532 ގައިވިދާޅުވެފައިވެއެވެ. " ސުންނަތް ނަމާދުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ވަގުތު ކަނޑައެޅިފައިނުވާ ނަމާދުތައް. މިޘާލަކަށް ކޭތަނަމާދު،އިސްތިސްގާ ނަމާދު، ތަޙިއްޔަތުލް މަސްޖިދް ފަދަ ސަބަބެއް މެދުވެރިވެގެންކުރެވޭނަމާދު ތައް، މިފަދަ ނަމާދު ތަކުގެ ވަގުތު ފާއިތުވެއްޖެނަމަ ގަޟާއެއް ނުކުރެވޭނެއެވެ.
ސުންނަތް ނަމާދުގެ ދެވަނަ ވައްތަރަކީ: ވަގުތުކަނޑައެޅިފައިވާ ނަމާދު ތަކެވެ. މިޘާލަކަށް ޢީދުނަމާދު، ޟުޙާ ނަމާދު،ފަރްޟު ނަމާދު ތަކުގެ އިހުގައްޔާއި ފަހުގައި ކުރެވޭ ރަވާތިބު ސުންނަތްތައް،މިފަދަ ނަމާދުތައް ވަގުތު ފާއިތުވުމުން ގަޟާ ކުރުމާއި މެދު ތިންގޮތަކަށްވާހަކަ ދެކެވިފައިވެއެވެ. އެއީ:
1. ގަޟާ ކުރުމަކީ އެދެވިގެންވާކަމެއް ކަމުގައި ވިދާޅުވާ ބޭކަލުން. އަލްގާޟީ އަބުއްޠައްޔިބު-ރަޙިމަހު ﷲ- ވިިދާޅުވިއެވެ. "މިއީ މަޛްހަބުގެ (ޝާފިޢީ މޛްހަބުގެ) އެންމެފަހުގެ ގޮތެވެ.
2. ގަޟާ ނުކުރެވޭނެކަން، މިއީ ޝާފިޢީން ގެ ކުރީގެ ގައުލެވެ. އަދި ޙަނަފީންގެވެސް ގައުލެވެ.
3. ޢީދު ނަމާދާއި ޟުޙާ ނަމާދު ފަދަ އެހެންނަމާދަކާއި ނުވަަތަ އަޅުކަމަކާއިގުޅިފައިނުވާ ސުންނަތް ތައް ގަޟާ ކުރެވޭނެކަމަށާއި، އެހެންއަޅުކަމަކާއިގުޅިފައިވާ ސުންނަތްތައް، މިޘާލަކަށް ރަވާތިބު ސުންނަތްތައް، ގަޟާނުކުރެވޭނެކަމަށް ބުނާ ބުނުން.
މީގެ ތެރެއިން އިމާމް ނަވަވީ- ރަޙިމަހު ﷲ - ބުރަވެވަޑައިގަންނަވަނީ ހުރިހާ ސުންނަތް ނަމާދަކީ ވެސް ގަޟާކުރެވޭ ނަމާދު ތަކެއް ކަމަށެވެ.
ސުންނަތް ނަމާދު ގަޟާ ކުރެވޭނެ ކަމުގެ ދަލީލުތައް:
1.ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْنَامَعَنْصَلَاةٍأَوْنَسِيَهَافَلْيُصَلِّهَاإِذَاذَكَرَهَا ) މާނައަކީ: "ނިދިގެން ނުވަތަ ހަނދާންނެތިގެން ނަމާދެއް ދޫކޮށްލެވިއްޖެމީހާހަނދާވިއިރަކުން ކުރާށެވެ"،
2.އަބޫ ގަތާދާ-ރަޟިޔަﷲ ޢަންހު- ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ( أَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَفَاتَهُالصُّبْحَفِيْالسَّفَرِحَتَّىطَلَعَتِالشَّمْسُفَتَوَضَّأَثُمَّصَلَّىسَجْدَتَيْنِثُمَّأُقِيْمَتِالصَّلَاةُفَصَلَّىالْغَدَاةَ)
މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްފަތިސްނަމާދަށް ހޭފުޅުނުލެއްވި އިރުއަރަންދެއް އެެއް ދުވަހަކު އޮވެވުނެވެ. އެކަލޭގެފާނަށް ހޭފުޅުލެއްވުމުން ތެދުވެވަޑައިގެން ވުޟޫ ކުރައްވާ، ފަތިސްނަމާދުގެ އިހުސުންނަތް ކުރެއްވިއެވެ. އެއަށްފަހު ފަތިސްނަމާދަށް ގަމަތްދެވުނެވެ. އަދި ފަތިސްނަމާދު ކުރެއްވިއެވެ".
3.އުންމުސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ.
(أَنَّالنَّبِيَّصَلَّىاللهُعَلَيْهِوَسَلَّمَصَلَّىرَكْعَتَيْنِبَعْدَالْعَصْرِفَسَأَلَتْهُعَنْذَلِكَفَقَالَ : ( إِنَّهُأَتَانِيْنَاسٌمِّنْعَبْدِالْقَيْسِبِالْإِسْلَامِمِنْقَوْمِهِمْفَشَغَلُوْنِيْعَنْالرَّكْعَتَيْنِاللَّتَيْنِبَعْدَالظُّهْرِفَهُمَاهَاتَانِالرَّكْعَتَانِبَعْدَالْعَصْرِ)
މާނައަކީ: "ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ޢަޞްރުފަހުން ދެރަކްޢަތް ކުރައްވާތީ ފެނިވަޑައިގެން އުންމުސަލަމާ ސުވާލުކުރެއްވުމުން ޙަދީޘް ކުރެއްވިއެވެ. "ޢަބްދުގައިސް ގެ ގައުމުގެމީހުން އިސްލާމްދީނާއިގެން ތިމަންކަލޭގެފާނު ގާތަށް އައުމުންމެންދުރުނަމާދު ފަހުގެ ދެރަކްޢަތަށް މަޝްޣޫލުވެވުނީއެވެ. އެހެންކަމުންޢަޞްރުފަހުން އެދެރަކްޢަތް ކުރީއެވެ".
4.އަބޫހުރައިރާ- ރަޟިޔަﷲޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ- ޞައްލަﷲ ޢަލައިހިވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْلَّمْيُصَلِّرَكْعَتَيْالْفَجْرِحَتَّىتَطْلُعَالشَّمْسُفَلْيُصَلِّهِمَا)
މާނައަކީ: "ފަތިހުގެ ސުންނަތުގެ ދެރަކްޢަތް ނުކޮށް ހުއްޓާ އިރުއެރިނަމަވެސް އެދެރަކްޢަތް ކުރާށެވެ".
5.އަބޫސަޢީދުލް ޚުދްރީ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْنَامَعَنْوِتْرِهِأَوْنَسِيَهُفَلْيُصَلِّإِذَاذَكَرَهُ) މާނައަކީ: "ނިދިގެން ނުވަތަ ހަނދާން ނެތިގެން ވިތްރިނުކުރެވިއްޖެނަމަ ހަނދާންވި އިރަކުން ކުރާހުށިކަމެވެ".
6.ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ.
(أنالنبيصلىاللهعليهوسلم كانإذافاتتهالصلاةمنالليلمنوجعأوغيرهصلىمنالنهارثنتيعشرةركعة)
މާނައަކީ: "ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާލާސްވެގެން ނުވަތަ އެނޫންވެސް ގޮތަކުން ރޭގަޑުގެ ނަމާދުތައް ނުކުރެވިއްޖެނަމަ، ދުވާލުގަޑީގައި ބާރަ ރަކްޢަތް ކުރައްވައެވެ".
އިތުރު 3 ސުވާލު:
ފަރުޟުނަމާދު ފަހުގައި ދުއާކުރާއިރު އަތްއުފުލަންޖެހޭނެތޯ ނޫންނަމް އަތްއުފުލާ ދުއާކުރަން ޖެހެނީ ކޮންގޮތަކަށް ދުއާކުރާއިރުގަތޯ؟
2) ފަރުޟުނަމާދު ނުވަތަ އެހެންވެސް ފަހަރަކު ދުއާކުރާއިރު ފޮތްފޮތުގަ އަރަބިން ލިޔެފަހުންނަ ދުއާ އަދިދ ިވެހިންވެސް ދުއާކުރާއިރު 3 ފަށްކޮށް ދުއާކިޔަންޖެހޭތޯ؟
1. ފަރްޟު ނަމާދުގެ ފަހުގައި ފިޔަވާ އެހެން ކޮންމެ ތަނެއްގައިވެސް ދުޢާ ކުރާ އިރު ދެއަތް އުފުލުމަކީ ދުޢާ ކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
2. ދުޢާ ކުރުމުގައި ތަކްރާރުކޮށް ދެންނެވުމަކީވެސް ރަގަޅު ކަމެކެވެ. واللهأعلم.
ނަމާދު ފަހުއައްތަހިއްޔާތުގެ ބައެއް މިއޮއްހާ ދުވަހު 4 ތަންކޮޅެއް ކިޔެނީ ނުބައިކޮންކަން އެނގުނީދާދިފަހުން ފޮތެއް ބެލުމުން. އެހެންކަމުން މިއޮއްހާދުވަހު ކުރެވުނު ނަމާދުތައް ކަމުދާނެތޯ؟ އަދިމިކަންއ ިނގުނުފަހުން އެތަންދަސްކޮށް ރަނގަޅަށް ކިޔޭތޯ މަސައްކަތްކުރަން. އެކަމަކު އެހާގިނަދުވަހު ހޭނިފަހުރި ގޮތުގައި ވާތީވެ އަދިވެސް ބައެއްފަހަރު އެތަންތަންކޮޅުރ ަނގަޅުކުރަން ހަނދާނެއް ނުހުރެއެވެ. އަދި ހަނދާންނެތި ނަމާދު އަދި ސުންނަތް ނިންމާލާފަހުން ހަނދާންވަނީ. ނަމަވެސް ހަނދާންހުންނަފަހަރު ރަނގަޅަށް ކިޔަން. މިނަމާދުތައް އަލުން ކުރަންޖެހޭނެތޯ؟
ނޭނގުމުގެ ތެރޭގައި ކުރެވޭ ކަންތައްތަކަކީ ﷲ ތަޢާލާ މާފް ކުރައްވާ ކަންތަކެވެ. ވީމާ، ފާއިތުވީނަމާދުތައް އަލުން ކުރާކަށް ނުޖެހޭނެއެވެ. ރަގަޅުގޮތް ދަސްކޮށްގެން ރަގަޅަށް ކުރެވޭތޯ ބަލާށެވެ. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
Advertisement
25 މެއި 2025