އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދުކުރިޔަސް، ނަމާދުގެ ކޮންމެ ރަކްއަތެއްގަ 2 ސަޖިދަ ކުރިޔަސް އެކަމުގެ ފައިދާ ނުކުރާ ސަބަބު!: މުފްތީ މެންކް

ނަމާދުކުރިޔަސް، ނަމާދުގެ ކޮންމެ ރަކްއަތެއްގަ 2 ސަޖިދަ ކުރިޔަސް އެކަމުގެ ފައިދާ ނުކުރާ ސަބަބު!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ނަމާދުކުރިޔަސް ތަޤްވާވެރިކަން އިތުރުނުވާ މީހުންނާއި ބެހޭގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންވެ މިގެނެސްދެނީ އެކަން މެދުވެރިވާ ގޮތް އެނގިލައްވާނެ ލިޔުމެކެވެ.

މީސްތަކުންނޭވެ! ނަމާދުކުރާ މީހުންގެ ތެރޭގައިވެސް މިއަދު ގިނައީ ހިތް ބިންމަތީގައި ނުޖައްސައި ބޯ ނުވަތަ ނިތްކުރި ބުންމަތީގައި ޖައްސައިގެން ސަޖިދަކުރާ މީހުންނެވެ. ސަޖިދައިން ކުރަންވާ ފައިދާ އެމީހުންނަށް ނުކުރަނީ އެހެންވެގެންނެވެ.

ރަނގަޅަށް ހަނދާންކުރާށެވެ! ނިތްކުރި ބިންމަތީގައި ޖައްސަނީ ހަމަ ރަމްޒީކަމަކަށެވެ. ސަޖިދައިގައި އެންމެ މުހިންމީ ހިތް ބިންމަތީގައި ޖެއްސުވުމެވެ. އެއިގެ މާނައަކީ މޭމަތި ބިންމަތީގައި ކޭއްތުމެއް ނޫނެވެ. އެއިގެ މާނައަކީ ސަޖިދަކުރާއިރު ތިމާއަށް މިކުރެވެނީ ކޮންކަމެއްކަމާއިމެދު ވިސްނައި ﷲ ތަޢާލާއަށް ހިތް ޚާލިޞްކޮށް ކިޔަމަންތެރިކަމާއިއެކު ސަޖިދަކުރުމެވެ.

އެހެންވެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ ސަޖިދައކުރަން ނިތްކުރި ބިންމަތީގައި ޖެއްސުމުގެ ކުރިން ހިތް ، ދެރަވެ، ރޮއި ކުރަނައަޅަމުން ބިންމަތީގައި ނުޖައްސުވާނަމަ އެއީ ސަޖިދަ ނުކުރެވެނީ ކަމަށެވެ.

ﷲ ތައާލާ އަންގަވާފައިވަނީ 7 ގުނަވަން މަތީގަ ސަޖިދަކުރުމަށެވެ. އެއީ ނިތްކުރިއާއި (ނޭފަތުގެ ކޮޅުޖެހޭގޮތަށް) ދެއަތްތިލައާއި ދެ ކަކުލާއި ދެފައިތިލައިގެ އިނގިލިތަކުގެ ކޮޅު ޖައްސައިގެން ސަޖިދަކުރުމެވެ.

މިފަދައިން ސަޖިދައިގައިގައި އޮންނަވަގުތުގެ އެންމެ ޚާއްޞަކަމަކީ އެވަގުތަކީ އެމީހަކާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ. އެވަގުތުގައި ވަރަށް ޚާއްޞަ ޞިއްޙީ ކަމެއްވެސް އެކުލެވިގެންވެއެވެ. އެހެނީ އެވަގުތަކީ ސިކުނޑިއަށް ލޭފޮނުވައިދޭން ހިތަށް އެންމެ ފަސޭހަވަގުތުކަމުގައިވެގެންދާތީއެވެ.

ޢާންމުގޮތެއްގައި އޮށޯވެ އޮންނަނީ ބޯދަށަށް އެއްޗެއް ލައިގެންނެވެ. ވީމާ ބޯ އޮންނާނީ ހިތަށްވުރެ މަތީގައެވެ. އަދި ކޮޅަށްހުންނައިރުވެސްމެއެވެ. ނަމަވެސް ސަޖިދައިގައި އޮންނައިރު ބޯއޮންނާނީ ހިތަށްވުރެ ތިރީގައެވެ. އެކަމުގެ ސަބަބުން ހިތުން ސިކުނޑިއަށް ލޭފޮނުވައިދިނުން ފަސޭހަވެގންދެއެވެ. މިހިރީ ވެސް ސަޖިދައިގައި ފޮރުވިގެންވާ ޞިއްޙީ ފައިދާތަކެވެ.

ސަޖިދައިގެ މަޤާމު ނޫން ހުރިހާ ޙާލަތެއްގައިވެސް އަބަދުވެސް އެންމެ މަތީގައި ހުންނަ ތިމާގެ ބޯ ސަޖިދައިގައި އެންމެ ތިރިކޮށް ބިންމަތީގައި މިޖައްސަނީ ކީއްކުރަންހެއްޔެވެ؟ "ޔާ ﷲ! މިއަޅާއަށް އިނބަ ﷲ ދެއްވެވި ދަރަޖައެއް ފިޔަވައި އެއްވެސް މަތިވެރިކަމެއް ލިބިގެން ނުވާކަން" ބަޔާންކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިވެގަތުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެފަދައިން ގިނަގިނައިން ނިކަމެތިކަން ބަޔާންކުރުމަކީ އެމީހެއްގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި އުފުއްލަވައިދެއްވަވާ ކަމެކެވެ. އިން ޝާ ﷲ

ވީމާ ސަޖިދަކުރަން އަންގަވާފައިވާ ގޮތަށް ގިނަގިނައިން ސަޖިދަކުރާށެވެ! އެކަމުން ލިބެން އޮތް ފައިދާ އެންމެ ބޮޑަށް ލިބިގަންނާށެވެ! ސަޖިދައިގައި ދުޢާކުރުން ގިނަކުރާށެވެ! ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރާ ހާލުގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް