އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަންހެނަކަށް މޮޅަށް ނުކިޔެވުނަސް މަސައްކަތްކުރަންކެރިފަ ތެދުވެރިނަމަ އުފާވެރި ދިރިއުޅުމެއް ލިބޭނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އަންހެނަކަށް މޮޅަށް ނުކިޔެވުނަސް މަސައްކަތްކުރަންކެރިފަ ތެދުވެރިނަމަ އުފާވެރި ދިރިއުޅުމެއް ލިބޭނެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 25 ސިކުންތު

ކުރާނެ ކޮންމެވެސް މަސައްކަތެއް ލިބޭތޯ މަގުތަކުގައި ހިނގަމުން ދިއަ އަންހެން ކުއްޖެކެވެ. ކުޑަވަރެއްގެ އޮފީހެއް ފެނުމުން އެތަނަށް ވަދެ ބުންޏެވެ. "އަޅުގަނޑު މިހިނގަނީ ކުރާނެ މަސައްކަތެއް ލިބޭތޯއެވެ؟ އެއްވެސް ވަޒީފާއެއްގެ ފުރުޞަތު އެބައޮތްތޯ؟އެވެ.  

އެތެރޭގައި ހުރި މޭޒެއްގައި އިން މީހަކަށް އެއަޑު އިވުމުން ގޮވައި ގެންގޮސް ސުވާލުކުރިއެވެ. "ތަޢުލީމީ ފެންވަރަކީ ކޮބައިހެއްޔެވެ؟" ޖަވާބުގައި ބުންޏެވެ. "ކަންތައް ދިމާވި ގޮތުން ކިޔެވިފައެއް ނެތެވެ. ކިޔެވުނީ ގްރޭޑް 9 އަކާއި ހަމައަށެވެ. ނަމަވެސް އަންހެނަކު ކުރަންޖެހޭނެ ހުރިހާ މަސައްކަތެއް ކުރަން އެނގެއެވެ."  

އޭނާ ބުންޏެވެ. "މިއޮފީހަކު ދޭނެ ވަޒީފާއެއް ނެތެވެ. ނަމަވެސް ބޭނުންނަމަ ގެއިން މަސައްކަތެއް ދީފާނަމެވެ. އެއީ ދަރިފުޅު ބަލަން އަނބިމީހާއަށް އެހީތެރިވުމުގެ ވަޒީފާއެވެ. މަސައްކަތުގައި އިޚްލާޞްތެރިނަމަ މަހަކު 6000 ރުފިޔާ ދޭނަމެވެ. ބޭނުމިއްޔާ ގޭގައި ހުރެވޭނެއެވެ. ނިދާނެ ކޮޓަރިއެއްވެސް ދޭނަމެވެ."  

އަންހެން ކުއްޖާ އެމަސައްކަތް ކުރަން އެއްބަސްވިއެވެ. އެއީ އޭނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހުންނަ ގެއަށް މަހަކު ދައްކަންޖެހޭ 3000 ރުފިޔާ ދައްކަން ނުލިބުން ކަމަށްވާތީއެވެ." 

އެގޭގައި އަންހެންކުއްޖާ ގެންގުޅެން ފެށުމުން އަނބިމީހާ ފުރަތަމަ ކުރީ ޝައްކެވެ. ފިރިމީހާއާއި ގުޅުމެއް އޮތްކަމާއިމެދުގައެވެ. އެހެންވެ ވަރަށް ފާރަލިއެވެ. ނަމަވެސް ޝައްކުކުރެވިދާނެ އެއްވެސް ކަމެއް ނުފެނުމުން އިނީ ހަމަޖެހިލައިގެންނެވެ.  

އެގޭގައި އަންހެންކުއްޖާ ގެންގުޅޭތާ 2 އަހަރުވީތަނާހެން އެއްރޭ ވެރިމީހާ ނުގަޑިއެއްގައި ގެއަށްދިއައިރު އަންހެން ކުއްޖާ އިނީ ސިޓިން ރޫމްގައި ރޯށެވެ. ސުވާލުކޮށްކޮށްވެސް ބަހެއް ނުބުނުމުން އަނބިމީހާ އާއި ސުވާލުކުރުމުގެ ބޭނުމުގައި ބާރަށް ގޮސް ކޮޓަރީގެ ދޮރުގައި ހިފިއިރު ހުރީ ތަޅުލައިފައެވެ. ތަޅުދަނޑި ނަގައިގނެ ދޮރުހުޅުވަން އުޅުމުން އެކަމެއްވެސް ނުވިއެވެ. ހުރީ އެތެރެއިން ތަންޑުއަޅުވައިފައެވެ."  

ގޯހެއް ހިނގައިފިކަން ފިރިމީހާއަށް ވިސްނުމުން އައި ރުޅީގައި ފައިކުރުކޮށްފައި ދޮރުފަތުގައި 2،3 ފަހަރު ޖެހިތަނާ ތަންޑު ނެއްޓި ދޮރުހުޅުވިއްޖެއެވެ. އަނބިމީހާ ބުނީ ތަންޑުއެޅުވުނީ ޤަބްދުގައި ނޫން ކަމަށާއި ދަރިފުޅު ގޮވައިގެން އޮއްވައި ނިދުނީ ކަމަށެވެ. ފިރިމީހާ ޖަވާބެއް ނުދެއެވެ. ކޮޓަރިތެރެ ހޯދަމުން ގޮސް ހެދުން އަޅުވާ ބޮޑު އަލަމާރި ހުޅުވުމުން އަނބިމީހާގެ ލޯބިވެރިޔާ ފޮރުވާފައި ހުއްޓާ ފެނުނެވެ.  

ފިރިމީހާ ވަޤުތުން ޙުކުމް އިއްވިއެވެ. "ދަރިފުޅުގެ ގައިގައި އަތްވެސް ލައިގެންނުވާނެއެވެ. ދެމީހުން އެކުގައި ހަމަމިހާރު ގެއިން ނުކުމެގެންދާށެވެ. މައްސަލަ ނިންމާނީ ކޯޓުންނެވެ." އަނބިމީހާ ދެވަނަ ފުރުޞަތަކަށް އެދި އާދޭސްކުރުމުންވެސް ޤަބޫލުނުކޮށް ދެމީހުން އެކުގައި ގެއިން ނެރެލީއެވެ.  

ދެމީހުން ގެއިން ނެރެލާފައި ގޮސް ކޮޓަރިއަށް ވަދެ ފެންވަރާލައި ތާޒާވެލައިގެންގޮސް އިށީނުމުން އަންހެން ކުއްޖާ ކާންހަދައިދިނެވެ. އެއީ 2 އަހަރުވީއިރުވެސް އަންހެން ކުއްޖާއަށް ކުރިން ކޮށްދޭންޖެހުނު ކަމެއް ނޫނެވެ. އަނބިމީހާ ކުރަމުން އައި ކަމެކެވެ.  

ކައިނިމިގެން ގޮސް ސޯފާގައި އިށީނދެލާފައި އަންހެން ކުއްޖާއަށް ގޮވައި ގެންގޮސް ސުވާލުކުރިއެވެ. "މިއީ ހިނގާތާ ކިހައި ދުވަހެއްވީ ކަމެއް ހެއްޔެވެ؟" ޖަވާބުގައި ބުންޏެވެ. "އަޅުގަނޑަކަށް ނުއެނގެއެވެ. މިގެއަށް އައިއިރުވެސް އެކަމެއް ހިނގައެވެ." ފިރިމީހާއަށް ބުނެވުނެވެ. އެހެންވީމާ ދަރިފުޅުގެ ޙަޤީޤަތްވެސް އެނގޭނީ ޑީއެންއޭ ހެދީމައިތާއެވެ. އެކަމަކު ނުހަދާނަމެވެ. އެދަރިފުޅު ގެއްލޭކަށް ބޭނުމެއް ނޫނެވެ."  

އެއިގެ 3 މަސް ފަހެވެ. ވެރިމީހާ އަންހެންކުއްޖާގެ ކިބައިން ކައިވެންޏަށް އެދުމުން ބުންޏެވެ. "މިހުރީ ރުހިގެންނެވެ. ނަމަވެސް ކައިވެނިކުރެވެންވާނީ ޢިއްޒަތާއިއެކުގައެވެ." މާނައަކީ ކައިވެނީގެ ކުރިން އެއްވެސް ގުޅުމެއް ނުހިންގައެވެ. އަންހެން ކުއްޖާ އެދުނުފަދައިން އޭނާ ކަންކަން ކުރިއެވެ.  

މިހާރު އެކައިވެންޏަށް 12 އަހަރެވެ. ދެމަފިރިންގެ 4 ދަރިން އެބަތިއްބެވެ. ދިރިއުޅެމުން އަންނަނީ އުފަލުގައެވެ.  

މިކިޔައިދިނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ މަރީއަށް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކައެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ. ވިސްނައިފި މީހަކަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- ސަންފަ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް