އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިފުޅު ދުޢާ އިން ހިލައަށްވުރެ ހިތްހަރު، ދަނގަނޑަށްވުރެ ބޯހަރު، ދުވަހަކު ގޮތް ދޫނުކުރާ ބައްޕައެއްގެ އެންމެ ބޮޑު ނިންމުން އޭނާގެ ހިތާ ދެކޮޅަށް ނިންމި ގޮތުގެ ވާހަކަ-

ދަރިފުޅު ދުޢާ އިން ހިލައަށްވުރެ ހިތްހަރު، ދަނގަނޑަށްވުރެ ބޯހަރު، ދުވަހަކު ގޮތް ދޫނުކުރާ ބައްޕައެއްގެ އެންމެ ބޮޑު ނިންމުން އޭނާގެ ހިތާ ދެކޮޅަށް ނިންމި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 12 ސިކުންތު

އަޅުގަނޑު މަތީ ތަޢްލީމް ޙާޞިލްކުރީ މެލޭސިޔާއިންނެވެ. ކިޔަވައި ނިމިގެން އައިސް ވަޒީފާއަދާކުރަން ފެށީ ބައްޕަގެ އޮފީހުގައެވެ. ތަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންގެ ސަމާލުކަން އަޅުގަނޑަށް ހުއްޓިފައިވާކަން އެނގެއެވެ. އެއިގެ ތެރޭގައި އެންމެ އިސް  މަޤާމްތަކުގައި މަސައްކަތްކުރާ މުވައްޒިފުންވެސް ހިމެނެއެވެ.  

އެހެންކަމާއިއެކުވެސް އަޅުގަނޑަށް އެންމެ ކަމުދިއައީ ވަރަށް އާދައިގެ މަޤާމެއްގައި މަސައްކަތްކުރާ މުވައްޒިފެކެވެ. އެހެންވެ މަޑުމަޑުން ގުޅުން އުފައްދަމުން ގޮސް އޭނާއާއި ބަދަހިގުޅުމެއް އުފެއްދީމެވެ. އޭނާ އަބަދުވެސް ބުނެއެވެ. "އެކުވެރިކަމަށްވުރެ މައްޗަށް މިގުޅުން ނުގެންދާށެވެ. އަހަރެންނަކީ ވަރަށް ފަޤީރު ޢާއިލާއެއްގެ ކުއްޖަކީމެވެ. މަޤާމަކީވެސް ވަރަށް ދަށް މަޤާމެކެވެ. މަތީ މަޤާމަކަށް ދެވޭނެ ފެންވަރެއްވެސް ނެތެވެ. މަތީ ތަޢްލީމް ޙާޞިލްކުރުމުގެ ފުރުޞަތުވެސް ލިބިފައި ނެތުމުންނެވެ."

އެއަޑުތަކަށް އަހުރެންނަށް ދެވުނީ ބީރު ކަންފަތެކެވެ. މަޑުމަޑުން ދެމީހުންގެ ގުޅުން ކުރިއަރަމުން އައިސް ދެމީހުންނަކީ ލޯބިވެރިނަކްމުގައިވެއްޖެއެވެ. ބައްޕައަށް އެނގިއްޖެނަމަ ކަންކަން ކުރާނެ ގޮތް ނުވެސް އެނގޭތީ ވަރަށް ބޮޑަށް ސިއްރުކޮށްގެން އުޅެނިކޮށްވެސް ބައްޕައަށް ޝައްކުވެގެން ސުވާލުކުރިދުވަހެވެ.

އަޅުގަނޑުގެ މަންމަ އަޅުގަނޑު ތަރުބިއްޔަތުކޮށްފައި ހުރީ އަތުން މިލިއަނެއް ގެއްލުނަސް ދޮގު ނުބުނުމަށެވެ. އެހެންވެ އެއްވެސް ފޮރުވުމެއް ނެތި ބައްޕައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އެކަމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ އަޅުގަނޑަށްކަމާއި އޭނާގެ އެއްވެސް ކުށެއް ނެތަކަމަށް ބުނީމެވެ.

ބައްޕަ ބޭނުންވާނީ ވަޤުތުން އެކަން ހުއްޓާލަންކަމާއި އަޅުގަނޑުގެ ކައިވެނިކުރުވަން ބޭނުންވާނީ ކޮން ފެންވަރެއްގެ މީހަކާއިކަންވެސް ރަނގަޅަށް އެނގިހުރެއެވެ. ހުރިހާ ކަމެއް އަޅުގަނޑު ވަކީލްކުރީ ﷲ އަށެވެ. ބައްޕަގެ ޖަވާބަކަށްވީ އެރޭ އޭނާ ގެއަށް ގެންދިއުމެވެ. ރޭގަނޑުގެ ކެއުމަށެވެ. ކޮންމެ ގޮތަކަށް ކަންކަން ބައްޕަ ނިންމި ނަމަވެސް އެއީވެސް ހަމަ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލުކޮށްގެން ހުރެ އޭނާއަށް ގެއަށް ދަޢުވަތުދިނީމެވެ.

އޭނާއަށް އަޅުގަނޑުގެ މަންމަ އާއި ބައްޕަ މަރުޙަބާ ކިޔެވެ. އެންމެން އެކުގައި ކައިނިމިގެން ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ. ތިއައިނީ މީނާ ވަޒީފާއިން ވަކިކޮށްފާނެތީ ވަރަށް ބިރުން ނޫންހެއްޔެވެ؟ ދަރިފުޅުގެ ކައިވެންޏަށް ދަރިފުޅާއި އެއްފެންވަރުގެ ޒުވާނަކު ބައްޕަ ހޯދާފައި ހުރިކަން ދަރިފުޅަށް ރަނގަޅަށް އެނގޭނެއެވެ. އަދި ބައްޕައަކީ ބައްޕަގެ ނިންމުން ބަދަލުކުރާނެ މީހެއް ނޫންކަންވެސް އެނގޭނެއެވެ.

އެކަމަކުވެސް ބުނަން ހެއްޔެވެ؟ ދަރިފުޅު ބޭނުންވި ގޮތަށް ބައްޕަ ދީލާލައިފީމެވެ. މާދަމާ ފޯމުލާށެވެ! ކައިވެނިކޮށްދޭނަމެވެ."

ބައްޕަ އެހެން ބުނާއިރަށް އެންމެންނަށްވެސް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އެންމެން ތިބީ ކަޅި ހުއްޓިފައެވެ. ބަސްވެސް ހުއްޓިފައެވެ. ނަމަވެސް ބައްޕަ އާއި އިތުރަށް ސުވާލެއް ކުރަން މަންމައަށްވެސް ނުކެރުނެވެ. އެހެން ތިއްބައި ބައްޕަ ބުންޏެވެ. "ދެދަރިންނޭވެ! ބައްޕައަކީ ކޮންމެ މިޒާޖެއްގެ މީހެއް ނަމަވެސް މިފަހަރު މިގޮތަށް ކަންތައް މިކުރި ސަބަބު ބުނާނަމެވެ. އެއީ ބައްޕައަށް 3 ރޭ މަތިން ފެނުނު ހުވަފެނެކެވެ. 3 ރޭވެސް ފެނުނީ އެއް ހުވަފެނެކެވެ. ބައްޕަ ކަންކަން މިނިންމީ ހުވަފެނުގައި ފެނުނު މީހާ ބައްޕަގާތުގައި ބުނި ގޮތަށެވެ. އުންމީދުކުރަނީ މިއީ ރަނގަޅު ނިންމުމަކަށްވާނެ ކަމަށެވެ."  

ކޮންމެއަކަސް ކައިވެނިކުރެވުނެވެ. ކައިވެނީގައި 10 އަހަރުވެސް ވެއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ. ދިރިއުޅުން ހަމަ ވަރަށް ކާމިޔާބެވެ.

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. އެއީ އަހަރެމެން ދެމީހުން އިންތިހާއަށް ލޯބިވެގެން އެއް އޮފީހުގައި 2 އަހަރަށްވުރެ ގިނަ ދުވަހު އެކުގައި މަސައްކަތްކޮށްފައި ކައިވެނިކުރިއިރުވެސް ކައިވެނި ޢަޤުދްކުރެވުމުގެ ކުރިން ދެމީހުން އެންމެ ކުޑަމިނުން ގައިގައި ބީހިލާފައިވެސް ނުވާނެއެވެ. ދެމީހުންވެސް ނަމާދުތައް ކުރީމުއެވެ. ދަމުނަމާދުވެސް ކުރީމުއެވެ. ދުޢާވެސް ކުރީމުއެވެ.

އިތުރަށް ބުނާނެ އެއްޗެއް ނުއެނގެއެވެ. އުންމީދުކުރަނީ ދީނުގައި ޘާބިތުވެ ތިބެ ކުރަމުން އައި ދުޢާގެ ނަތީޖާ ކަމަށެވެ. އެހެން މިބުނަނީ އެންމެ ކުޑައިރުންސުރެ ބައްޕައަކީ ބައްޕަ ބޭނުންވާ ގޮތަކަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރާ މީހެއް ނޫނެވެ. ކަމަކަށް ބޭނުންވެގެން ކިތަންމެ ވަރަކަށް އާދޭސްކުރި ނަމަވެސް ބައްޕަގެ ނިންމުން ދުވަހަކުވެސް ބަދަލެއް ނުކުރާނެއެވެ. އެކަމަކު މިކަމުގައި ބައްޕަގެ ނިންމުން ބަދަލުކުރީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންކަމަށް ޔަޤީންކުރެވޭތީއެވެ.

އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ފިލާވަޅަކަސްވާނެ ކަމަށެވެ!  

 

- ޒަހުރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް