އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ މަޖަލުގަ މީރުކޮށް އެއްރޭ ރެސްޓޯރަންޓަކުން ކާލަން ތިއަހޭދަކުރާވަރު ﷲ ގެ މަގުގަ ހޭދަކޮށްގެން ސުވަރުގޭގެ އެންމެ މައްޗަށް އަރަން މަސައްކަތްކުރަންވީނު!: ޝައިޚް މުޙައްމަދު އަލް-ނަޤްވީ

ތިބާ މަޖަލުގަ މީރުކޮށް އެއްރޭ ރެސްޓޯރަންޓަކުން ކާލަން ތިއަހޭދަކުރާވަރު ﷲ ގެ މަގުގަ ހޭދަކޮށްގެން ސުވަރުގޭގެ އެންމެ މައްޗަށް އަރަން މަސައްކަތްކުރަންވީނު!: ޝައިޚް މުޙައްމަދު އަލް-ނަޤްވީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

އަހުރެން ކުރިން މިކިޔައިދިނީ ޔަތީމުންގެ މުދައު ނުޙައްޤުން ބޭނުންކުރާ މީހުންނަށް ދުނިޔޭގައިވެސް ކުރިމަތިވަމުން އަންނަ ބޮޑެތި މުޞީބާތްތަކާއި ލިބޭ ބޮޑެތި ގެއްލުމުގެ ވާހަކައެވެ. ދެން މިކިޔައިދެނީ ޔަތީމުންނަށް އަޅާލައި އެހީތެރިވާ މީހުންނަށް ލިބެން އޮތް ބޮޑު ނިޢްމަތުގެ ވާހަކައެވެ.

އެނިޢްމަތަކީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނިޢްމަތްކަމަށްވެސް ބުނެވިދާނެއެވެ. އެހެނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިއަހުގައި ސުވަރުގޭގައި ލެއްވެވުމަށްވުރެ ބޮޑު ނިޢްމަތެއް ނެތްކަމަށް އަހުރެންނަށް ޤަބޫލުކުރެވޭތީއެވެ.

The Holy Prophet Muhammad, peace and blessings of Allah be upon him, said:

“I will be like this in Jannah with the person who takes care of an orphan.”

The Holy Prophet Muhammad, peace and blessings of Allah be upon him, raised his forefinger and middle finger by way of illustration.

(Sahih al-Bukhari, Kitab al-Adab) 

ޔަތީމުންނަށް އެހީތެރިވެދީ ބަލަހައްޓައިދޭ މީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާނެ މަތިވެރި ދަރަޖަ ބަޔާންކުރައްވަވައި އެމީހަކު ސުވަރުގޭގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހުގައިވާނެކަން ބަޔާންކުރައްވަވައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްކެވީ އަތްޕުޅުގެ ދެ އިނގިލިފުޅެވެ. ބަޔާންކުރެއްވެވީ އެހައިވެސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހުގައި ސުވަރުގޭގައި ވާނެކަމެވެ.  

މިވަރުގެ މަތިވެރި ނިޢްމަތެއް ލިބިގަންނަން މިއަދަކު މާބޮޑު ޚަރަދެއް ކުރާކަށްވެސް ނުޖެހެއެވެ. އެއްރޭ ރެސްޓޯރަންޓަކުން ކާން ހޭދަކުރާނެހައި ކުޑަކުޑަ މިންވަރެއް ޔަތީމްޚާނާއަކަށް ހޭދަކުރުމުން ކުއްޖަކަށް ކާންދީ އަދި ކިޔަވައިވެސް ދެވެއެވެ. ވީމާ ސުވަރުގެ އެދިގެން އެކަން ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ސުވަރުގެއިން ލިބެން އޮތް މި މަތިވެރި ދަރަޖަ އެކަމަށް ހޭދަނުކުރަންވީ ކީއްވެގެން ހެއްޔެވެ؟   

ދުޢާއަކީ ﷲ ތަޢާލާގެ މަގުގައި ހެޔޮ ޢަމަލުކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. މިފަދަ މަތިވެރި ޢަމަލުތައް ކުރުމުގެ ހެޔޮ ވިސްނުން މިންވަރުކުރެއްވެވުމެވެ. ޢާމީން

- ޝައިޚް މުޙައްމަދު އަލް-ނަޤްވީގެ ދަރުސަކުން  

 

މިދަރުސްގައި ޝައިޚް ފާހަގަކުރައްވަވާފައި އެވާ ކަންތަކަށް މިގޮތަށް ވިސްނަވައިލައްވާށެވެ. އާދައިގެ ގޮތަކަށް ތަނަކަށް ކާންދިއަޔައް 1000،2000،3000 ރުފިޔާވެސް އެބަ އަރައެވެ. މިއަދު މަހަކު 1000 ރުފިޔާއަށްވުރެ މަދުން ޞަދަޤާތްކުރިޔަސް ޔަތީމް ކުއްޖެއްގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައި، ކާންބޯންދީ އަދި ކިޔަވައިދޭ ޔަތީމްޚާނާތައް އެބަހުއްޓެވެ. ޔަޠީމް ކުއްޖަކަށް އެހީތެރިވެދީ ބަލަހައްޓާނަމަ އެމީހަކު ޤިޔާމަތްދުވަހު ސުވަރުގޭގައި ވާހުށީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް