އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ފައިދާކުރާނެ ޛިކުރް އެހައި ކުރުކޮށް، އެހައި ފަސޭހަކޮށްދެއްވެވީމާވެސް އެބަކުރެވޭތަ؟ ނުކޮށް ސުވަރުގެ އެދޭ މީހަކަށް ވެވޭނެތަ؟

އެންމެ ފައިދާކުރާނެ ޛިކުރް އެހައި ކުރުކޮށް، އެހައި ފަސޭހަކޮށްދެއްވެވީމާވެސް އެބަކުރެވޭތަ؟ ނުކޮށް ސުވަރުގެ އެދޭ މީހަކަށް ވެވޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ޛިކުރުތަކުގެ ތެރެއިން އެންމެ ފައިދާކުރާނެ ޛިކުރްތައް ބައިވަރެވެ. އަދި ކޮންމެ ޛިކުރަކީވެސް ފައިދާކުރާނެ ޛިކުރެކެވެ. އެހެންކަމާއިއެކުވެސް އަހުރެން އެންމެ ފައިދާކުރާނެ ކަމުގައި މިތަނުގައި މިފާހަގަކުރާ ޛިކުރަކީ އެންމެ ކުރުވެސް ޛިކުރެވެ. މިދައްކަނީ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ކިޔަން އޮތް ޛިކުރުގެ ވާހަކައެވެ.   

އެއީ އަސްތަގްފިރުﷲ އެވެ. ބޭނުމަކީ ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިދެންނެވުމެވެ. އަސްތަޣްފާރުކުރުމަކީ ޛިކުރުކުރުމުގެ ތެރެއިންވެސްވާ ކަމެކެވެ. އަދި ދުޢާއެއްވެސްމެއެވެ. ކޮންމެ މާނައެއް ބޭނުންކުރި ނަމަވެސް މިކުރެވޭ ކަމަކީ ތިމާގެ ހުރި ނިކަމެތިކަން ބަޔާންކުރުމާއި ތިމާއަށް ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސްދެންނެވުމެވެ.   

ވިސްނާށެވެ! ނަރަކައިން ސަލާމަތްވެވެން އޮތީ އެމީހަކަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމުންނެވެ. ސުވަރުގެ ވަދެވެން އޮތީވެސް އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވެވުމުންނެވެ.  

ދެން ނިކަން ބުނެބަލާށެވެ! އެއަށްވުރެ ބޮޑަށް ފައިދާކުރާނެ ދެންނެވުމަކީ ކޮބައިހެއްޔެވެ؟ އެހެންކަމާއިއެކުވެސް ކިހައި ކުރުހެއްޔެވެ؟ އެންމެ 2 ކަލިމައެވެ. އަސްތަޣްފިރު ﷲ އެވެ. ކިޔަން މިއޮތީ އެއްކަލިމައެއްގެގޮތަށެވެ. އެހައިވެސް އެވަނީ ލުއިފަސޭކޮށްދެއްވަވައިފައެވެ.  

ސުވާލަކީ މިހައިފަސޭހައިން ކިޔައިލެވެން އޮތްއިރުވެސް އެބަކިޔޭ ހެއްޔެވެ؟ ގިނަގިނައިން ނުކިޔޭނަމަ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދެންނެވޭކަމަށްވާނެ ހެއްޔެވެ؟ ނުދެންނެވޭނަމަ އެމީހަކީ ފާފަތައް ފުއްސަވައިދެއްވަވައި ސުވަރުގެ ވައްދަވައި ދެއްވެވުމަށް އެދޭ މީހަކަށް ވެވޭނެހެއްޔެވެ؟ މިހުރީ ކޮންމެ މުސްލިމަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި ކޮށްލުން މުހިންމު ސުވާލުތަކެވެ.   

ވީމާ އަހުރެންގެ އާދޭހަކީ އެންމެ މަދުވެގެން ދުވާލަކު 100 ފަހަރު އަސްތަޣްފިރުﷲ ކިޔުމެވެ. އަދި ވީވަރަކުން އިތުރުކުރުމެވެ. ސުވަރުގެ އެދިގެން މަސައްކަތްކުރާ މީހަކަށްވެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް